Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެފްއެސްއެމްގެ ބާޖެއް ފަރަށް އެރުން

އެފްއެސްއެމްގެ ބާޖެއް ފަރަށް އެރުން: ލިބުނު ގެއްލުން އަދިވެސް ނުބެލޭ

ބާޖު ފަރަށް އަރާފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޖެނުއަރީ 2022 | އާދީއްތަ 07:31
ފަރަށް އެރި ބާޖު

ފަރަށް އެރި ބާޖު

އެފްއެސްއެމްގެ ބާޖެއް ކ.ރަންނާޅި ރިސޯޓު ކައިރިން ފަރަށް އެރި ހާދިސާގައި ފަރަށް ލިބުނު ގެއްލުން ބަލަން އަދިވެސް ނުފަށާ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖެއް ފަރަށް އަރާފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. ބާޖު ފަރަށް އެރިއިރު އޭގައި 90،000 ލީޓަރު ޑީސަލާއި 8000 ލީޓަރު ޕެޓްރޯލް ހުރި ކަމަށް އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވެފައިވެއެވެ. ބާޖު ފަރަށް އެރުމުން އޭގައި ހުރި ތެލާއި ޕެޓްރޯލް ވަނީ އެހެން ބޯޓަކަށް ބަދަލުކޮށްފައެވެ.

މި ބާޖު ފުންކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއީ ބާޖު ފަރަށް އެރިފަހުން 4 ވަނަ ދުވަސް ވެފައިވާއިރު ފަރަށް ލިބުނު ގެއްލުން ބަލަން ފަށާފައިވޭތޯ ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުން ބަލަން ފަށާފައިނުވާކަމަށެވެ. މިއީ ވަރަށް ގިނަ ތައްޔާރީތަކަކާއެކު ފަށަންޖެހޭ މަސައްކަތެއް ކަމަށް ނައީމް ވިދާޅުވިއެވެ. އަދި ފަރަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއްކަން ބުނަންވެސް ދަތިކަމަށް ވަނީ ވިދާޅުވެފައެވެ.

ފަރަށް އެރި އެފްއެސްއެމްގެ ބާޖަކީ 24 މީޓަރުގެ ދިގު ބާޖެކެވެ. މި ބާޖުން މޫދަށް ތެޔޮ ލީކުވެފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް މި ބާޖުވަނީ ފަރަކަށް އަރާފައެވެ. އެފަހަރު ފަރަށް އެރިއިރު 100،000 ލީޓަރުގެ ޑީސަލާއި 15،000 ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އީޕީއޭއިން ގެންދަނީ މިފަދަ ހާދިސާތަކުގައި ފަރަށް ލިބޭ ގެއްލުން ބަލައި، ވެރިފަރާތް ޖޫރިމަނާކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ކ. ރަސްފަރީ ހުޅަނގު ފަރާތު ފަރަށް ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ އާގު ބޯޓެއް ވަނީ އަރާފައެވެ. މި ބޯޓު ފުންކުރެވުމާއެކު އީޕީއޭއިން ވަނީ ހާދިސާ ހިނގި ގޮތާއި ފަރަށް ލިބުނު ގެއްލުން ބަލާފައެވެ. އަދި 10 މިލިއަން ޑޮލަރުން ބޯޓުގެ ވެރިފަރާތް ޖޫރިމަނާކޮށްފައެވެ.

މި ބޯޓު ފަރަށް އެރުމުގައި ބޯތުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމަށް ތަހުގީގުން އެނގިފައިވެއެވެ. އަދި އަންގަންޖެހޭ ފަރާތްތަކަށް ކުރީބައިގައި އަންގާފައެއް ނުވެއެވެ. ކ. ރަސްފަރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދިވެފައިވާ، އަދި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑަޔާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

އެފްއެސްއެމްއެމްއެންޑީއެފްއީޕީއޭ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު