Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ޑޯޓްމުންޑުން ފަހަތުން އަރައި ފްރެންކްފަޓް ބަލިކޮށްފި

9 ޖެނުއަރީ 2022 | އާދީއްތަ 04:30

ތާވަލުގެ ދެވަނައިގައި ޑޯޓްމުންޑް އޮތީ 37 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖެނުއަރީ 2022 | އާދީއްތަ 04:30
ފްރެންކްފަޓާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންކްފަޓާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑުން ފަހަތުން އަރައި އެއިންޓްރެކްޓް ފްރެންކްފަޓް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ފްރެންކްފަޓް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ފްރެންކްފަޓުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރަފައެލް ސަންޓޯސް ބޮރޭ ވަނީ ފްރެންކްފަޓަށް ލީޑު ނަގައިދީފައެވެ. އަދި ނުވަ މިނެޓު ފަހުން ފްރެންކްފަޓުން ލީޑު ފުޅާކުރިއިރު، މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޮރޭއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޑޯޓްމުންޑުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 71 ވަނަ މިނެޓުގައި ތޯގަން ހަޒާޑް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ފަހުން ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމެވެ. އަދި އޭގެ ދެ މިނެޓު ފަހުން މަހްމޫދު ދާއޫދު ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި، މި މެޗުން ޑޯޓްމުންޑް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ޑޯޓްމުންޑް އޮތީ ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް 18 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނާއި ޑޯޓްމުންޑާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޖަރުމަން ލީގުބޮރޫޝިއާ ޑޯޓްމަންޑް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
01 މާރިޗު 2025

ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި

01 މާރިޗު 2025
ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި
16 ފެބުރުއަރީ 2025

ލެވަކޫސަން ކައިރިން ބަޔާން އެއްވަރު

16 ފެބުރުއަރީ 2025
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
03 ފެބުރުއަރީ 2025

ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

03 ފެބުރުއަރީ 2025
ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި
02 ފެބުރުއަރީ 2025

ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

02 ފެބުރުއަރީ 2025
ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް
15 ޑިސެމްބަރު 2024

މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި

15 ޑިސެމްބަރު 2024
މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް