Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަޒަކްސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން

ކަޒަކްސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

ކަރީމް މާސިމޯވަކީ އިންޓެލިޖެންސް އިދާރާގެ ވެރިޔާގެ އިތުރުން ދެފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2022 | އާދީއްތަ 03:57
ކަޒަކްސްތާނުގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކަރީމް މާސިމޯވް

ކަޒަކްސްތާނުގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކަރީމް މާސިމޯވް

ކަޒަކްސްތާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތުގައި އެގައުމުގެ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ކަޒަކްސްތާނުގެ ސެކިޔުރިޓީ އެޖެންސީން ބުނެފައިވަނީ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިޔާ ކަރީމް މާސިމޯވް ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ހަމަނުޖެހުންތައް ފެށުނުފަހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަޒަކްސްތާނުގެ ރައީސް ގާސިމްއެވެ.

ކަޒަކްސްތާނުގެ ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް ވަނީ ރަޝިޔާގެ ރައީސް ޕުޓިންއާ ފޯނުން ގުޅުއްވާ ގައުމުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. އަދި ޓެރަރިސްޓުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިޔަށްދާކަމަށާއި ޓެރަރިސްޓުން ނައްތާލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ވަނީ ވިދާޅުވެފައެވެ.

ތެލުގެ އަގު ބޮޑުކަމަށް ބުނެ ކަޒަކްސްތާނުގައި ފެށި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ މުޅި ގައުމަށް ފެތުރިފައެވެ. މުޒާހަރާ ކޮންޓްރޯލުން ނެއްޓިގެން ދިޔުމާއެކު ރައީސް ވަނީ އެންމެފަހުން ޓެރަރިސްޓުންނާއި ގާނޫނާއި ޚިލާފު އަމަލުކުރަމުންދާ މީހުންގެ ގަޔަށް ބަޑިޖެހުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ.

ހުކުރުދުވަހު ކަޒަކްސްތާނުގެ ރައީސް ވިދާޅުވެފައިވަނީ ހަމަނުޖެހުންތައް ހިންގުމުގެ ކަންކަން ރާވަމުންދިޔައިރު ކަމާބެހޭ ފަރާތްތަކުން ތިބީ ނިދާފައިކަމަށެވެ. ކަރީމް މާސިމޯވަކީ އިންޓެލިޖެންސް އިދާރާގެ ވެރިޔާގެ އިތުރުން އެގައުމުގައި ދެ ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކަޒަކްސްތާނުގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ނޫރްސުލްތާން އާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. 2019 ވަނަ އަހަރު ނޫރްސުލްތާން މިހާރުގެ ރައީސް ގާސިމްއާ ވެރިކަން ހަވާލުކުރެއްވީއެވެ.

ކަރީމްއާ ދެކޮޅަށް ކުރަނީ ކޮން ތުހުމަތުތަކެއްކަން އަދި ހާމަކޮށްފައެއްނުވެއެވެ. ސެކިޔުރިޓީ ސަރވިސް އިން ބުނެފައިވާ ގޮތުގައި އިތުރު އޮފިޝަލުންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުންގެ ނަންތަކެއް ހާމައެއްނުކުރެއެވެ.

ހުކުރުދުވަހު ސަރުކާރަށް ތާއީދުކުރާ ސިޔާސީ ފަރާތަކުން ޓީވީގައި ބުނެފައިވަނީ އެގައުމުގެ އަލްމާޓީ އެއަރޕޯޓް ދޫކޮށް ސެކިޔުރިޓީ ބާރުތަކުން ގޮސްފައިވާކަމަށެވެ. އަދި މުޒާހަރާ ކުރާ ފަރާތްތަކަށް އެއަރޕޯޓް ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެކަން ކަށަވަރު ނުވާކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއަރޕޯޓް ވަނީ ކަޒަކްސްތާނުގެ ސެކިޔުރިޓީ ފަރާތްތަކާއި ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ކަޒަކްސްތާނުގެ އިންޓީރިޔާ މިނިސްޓްރީން ބުނާގޮތުގައި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 4،400 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގައި އިންޓަރނެޓް ކަނޑާލާފައިވައިރު މިހާރުވެސް އިންޓަރނެޓްގެ ޚިދުމަތް ރަނގަޅަށް ނުލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޒަކިސްތާނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

27 މާރިޗު 2023
ކަޒަކިސްތާނުގެ ވެރިރަށް ނޫރް ސުލްތާންގެ ނަން އަސްތާނާއަށް ބަދަލު ކުރަނީ

ކަޒަކިސްތާނުގެ ވެރިރަށް ނޫރް ސުލްތާންގެ ނަން އަސްތާނާއަށް ބަދަލު ކުރަނީ

14 ސެޕްޓެމްބަރު 2022
 ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

09 މެއި 2022
ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ

ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ

09 މެއި 2022
ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް

ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް

16 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު