Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަޒަކިސްތާނުގެ ވެރިރަށުގެ ނަން ބަދަލު ކުރަނީ

ކަޒަކިސްތާނުގެ ވެރިރަށް ނޫރް ސުލްތާންގެ ނަން އަސްތާނާއަށް ބަދަލު ކުރަނީ

ނުރް ސުލްތާންއަށް ނަން ދީފައިވަނީ ކުރީގެ ރައީސްގެ ޝަރަފުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 08:30
ކަޒަކިސްތާނުގެ ވެރިރަށް، ނޫރް-ސުލްތާން

ކަޒަކިސްތާނުގެ ވެރިރަށް، ނޫރް-ސުލްތާން

ކަޒަކިސްތާނުގެ ވެރިރަށް، ނޫރް-ސުލްތާނުގެ ނަން ކުރީގެ ނަމަށް ބަދަލު ކުރަންް އެ ޤައުމުގެ ރައީސް ކާސިމް ޖޮމަރޓް ޓޯކަޔެވް އެއްބަސްވެވަޑައިގެންފިއެވެ.

އެ ޤައުމުގެ ވެރިރަށަށް ކުރިން ކިޔަނީ "އަސްތާނާ" އެވެ. އެ ސިޓީގެ ނަން ނޫރް-ސުލްތާނަށް ބަދަލުކޮށްފައިވަނީ ކާސިމްގެ ކުރިން ވެރިކަމުގައި ހުންނެވި ނޫރްސުލްތާން ނަޒަރްބަޔެވް ގެ ޝަރަފުގައެވެ. މި ވަދަލުގެންނެވީ ކާސިމް އަމިއްލަފުޅަށެވެ.

ކަޒަކިސްތާނުގެ ރައީސްގެ ތަރުޖަމާނު ބޭރުގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރުންތަކެއް ހުށަހެޅުން ގަބޫލު ކުރައްވައި ވެރިރަށުގެ ނަން އަލުން އަސްތާނާއަށް ހެއްދުމަށް އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.

ކަޒަކިސްތާނުގެ ކުރީގެ ރައީސް ނޫރްސުލްތާނަކީ 30 އަހަރު ވަންދެން އެ ޤައުމު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ. އެއީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރާއި މިނިވަންކަން ލިބުމަށްފަހުއެވެ. އެ ޤައުމަށް މިނިވަންކަން ލިބުމަށްފަހު ނޫރްސުލްތާން ވަނީ އޭރުގެ ވެރިރަށް އަލްމަޓީއިން އަސްތާނާ ވެރިރަށުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މި ބަދަލު ގެނައުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ.

ކުރިން އަސްތާނާއަކީ ކުރިން ތަރައްގީވެފައި އޮތް ސިޓީއަކަށް ނުވި ނަމަވެސް ވެރިރަށުގެ ގޮތުގައި އެ ސިޓީ ކަނޑައެޅުއްވުމަށްފަހު އެކި ދާއިރާތަކުން އެ ސިޓީ ވަނީ ތަރައްގީ ކޮށްފައެވެ. އެ ސިޓީއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ރީތި އާކިޓެކްޗަރތައް ފެންނަ އެއް ސިޓީއެވެ.

ވެރިކަމާ ދުރުވުމަށްފަހުވެސް ނޫރްސުލްތާނުގެ ނުފޫޒު ސަރުކާރުގައި ވަރުގަދައަށް އޮތެވެ. އެއީ ވެރިކަން ކުރާ ޕާޓީގެ ލީޑަރު ކަމާއި ސެކިއުރިޓީ ކައުންސުލްގެ އިސް ފަރާތުގެ ގޮތުގައި އެމަނިކުފާނު ހުންނެވުމުންނެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ކަޒަކިސްތާނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ މަގާމުތައް އެމަނިކުފާނުގެ އަތްޕުޅުން، މިހާރުގެ ރައީސް ކާސިމް ވަނީ ނަންގަވާފައެވެ.

ކަޒަކިސްތާނު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

27 މާރިޗު 2023
 ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

09 މެއި 2022
ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ

ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ

09 މެއި 2022
ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް

ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް

16 ޖެނުއަރީ 2022
ކަޒަކްސްތާނުގައި ހިނގާ ހަމަނުޖެހުންތަކުގައި 160ށްވުރެ ގިނަ މީހުން މަރުވެއްޖެ

ކަޒަކްސްތާނުގައި ހިނގާ ހަމަނުޖެހުންތަކުގައި 160ށްވުރެ ގިނަ މީހުން މަރުވެއްޖެ

10 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު