Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަޒަކްސްތާންގައި ހިނގާ ހަމަނުޖެހުން

ކަޒަކްސްތާނުގައި ހިނގާ ހަމަނުޖެހުންތަކުގައި 160ށްވުރެ ގިނަ މީހުން މަރުވެއްޖެ

ކަޒަކްސްތާނުގެ މައި ސިޓީ އަލްމާޓީގައި މަރުވި މީހުންގެ އަދަދު 103ށް ވަނީ އަރާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޖެނުއަރީ 2022 | ހޯމަ 02:02
ކަޒްކްސްތާންގައި ހިނގާ ހަމަނުޖެހުމުގައި ފުލުހުން މީހަކު ގެންދަނީ

ކަޒްކްސްތާންގައި ހިނގާ ހަމަނުޖެހުމުގައި ފުލުހުން މީހަކު ގެންދަނީ

ކަޒަކްސްތާނުގައި ހިނގާ ހަމަ ނުޖެހުމުގައި ފާއިތުވި ހަފްތާގައި 160ށްވުރެ ގިނަ މީހުން މަރުވެ 5000ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

އެ ގައުމުގެ އިންޓީރިއަރ މިނިސްޓްރީއާ ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި މުދަލަށް ލިބުނު ގެއްލުމުގެ އަގު މިހާރު ވަނީ 175 މިލިއަން ޔޫރޯއިން މައްޗަށް އަރާފައެވެ. ބޭންކުތަކަށާއި އާއްމުންގެ މުދަލަށް ގެއްލުން ވެފައިވާއިރު، 100ށްވުރެ ގިނަ ވިޔަފާރިއަށްވަނީ ހަމަލާ ދީފައެވެ. އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ، 400ށްވުރެ ގިނަ ވެހިކަލް ހަލާކުވެފައިވާ ކަމަށެވެ.

ހަމަނުޖެހުން ތަކުގައި 164 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

ކަޒަކްސްތާނުގެ މައި ސިޓީ އަލްމާޓީގައި މަރުވި މީހުންގެ އަދަދު 103ށް އަރާކަމަށްވަނީ ރިޕޯޓް ކޮށްފައެވެ. އެ ސިޓީއަކީ ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގި ސިޓީއެވެ. މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ތެލުގެ އަގު ބޮޑުކަމަށް ބުނެ ކަޒަކްސްތާނުގައި ފެށި މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ މުޅި ގައުމަށް ފެތުރިފައެވެ. މުޒާހަރާ ކޮންޓްރޯލުން ނެއްޓިގެން ދިއުމާއެކު ރައީސް ވަނީ އެންމެފަހުން ޓެރަރިސްޓުންނާއި ގާނޫނާއި ޚިލާފު އަމަލުކުރަމުންދާ މީހުންގެ ގަޔަށް ބަޑިޖެހުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ.

ކަޒަކިސްތާނު

އިތުރަށް ކިޔާލަން

27 މާރިޗު 2023

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

27 މާރިޗު 2023
ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި
14 ސެޕްޓެމްބަރު 2022

ކަޒަކިސްތާނުގެ ވެރިރަށް ނޫރް ސުލްތާންގެ ނަން އަސްތާނާއަށް ބަދަލު ކުރަނީ

14 ސެޕްޓެމްބަރު 2022
ކަޒަކިސްތާނުގެ ވެރިރަށް ނޫރް ސުލްތާންގެ ނަން އަސްތާނާއަށް ބަދަލު ކުރަނީ
09 މެއި 2022

ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

09 މެއި 2022
 ރާއްޖެއާއި ކަޒަކިސްތާންގައި އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
09 މެއި 2022

ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ

09 މެއި 2022
ކުރިން ވިސާ ނެގުމެއް ނެތި، ދިވެހިންނަށް ދެން ކަޒްކްސްތާނަށް ދަތުރުކުރެވޭނެ
16 ޖެނުއަރީ 2022

ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް

16 ޖެނުއަރީ 2022
ކަޒަކްސްތާނުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 225ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު