Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިންޑިޔާގެ ހާލަތު

ހަފްތާއެއްގެ ތެރޭގައި އިންޑިޔާއިން ފެންނަ ކޮވިޑްގެ ކޭސްތައް ފަސްގުނަ މަތިވެއްޖެ

އިންޑިޔާގައި ހުކުރު ދުވަހު 117،100 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓު ކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2022 | ހޮނިހިރު 05:15
އިންޑިޔާގެ އަހުމަދު އާބާދުގައި ރިކްޝާ ދުއްވާ މީހެއްގެ މޫނުގައި ސިއްހީ މަސައްކަތްތެރިއަކު މާސްކު އަޅުވަނީ

އިންޑިޔާގެ އަހުމަދު އާބާދުގައި ރިކްޝާ ދުއްވާ މީހެއްގެ މޫނުގައި ސިއްހީ މަސައްކަތްތެރިއަކު މާސްކު އަޅުވަނީ

އިންޑިޔާއިން ފެންނަމުންދާ ކޮވިޑް-19ގެ ކޭސްތައް ހަފްތާއެއްގެ ތެރޭގައި ފަސް ގުނަ އިތުރުވެއްޖެއެވެ.

އިންޑިޔާގައި ހުކުރު ދުވަހު 117،100 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން އެގައުމުގައި އެއްދުވަހާ އެހާ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަސްވެސް މެއެވެ. އިންޑިޔާގައި މީގެކުރިން ހަލުވިކަމާއެކު ފެތުރެމުންދިޔަ ޑެލްޓާ ވޭރިއަންޓުގެ ބަދަލުގައި މިހާރު ގިނަ ސިޓީތަކުގައި ފެތުރެމުން އަންނަނީ އޮމިކްރޯން ވޭރިއަންޓެވެ.

އޮމިކްރޯން ވޭރިއަންޓާއެކު އެގައުމަށް މިހާރު ވަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް ކުރިމަތިވެފައެވެ. މިއާއެކު ގިނަ ބަޔަކަށް ބިރުވެރިކަން އިހުސާސް ވެފައިވަނީ އިންޑިޔާއަށް މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ދެވަނަ ރާޅުގައި ދިމާވި ހިތްދަތި ކަންތައްތަކުގެ ސަބަބުންނެވެ.

އެހެންކަމުން އިންޑިޔާގައި ހާލަތު ގޯސްވަމުންދާ ސަރަހައްދު ތަކުގައި މިހާރުވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ރޭގަނޑު ކާފިއު ހިންގަމުން ގެންދާއިރު، ހަފްތާ ބަންދުގައި މީހުން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމުގެ ފިޔަވަޅުތައް އަންނަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ކޮންމެހެން އޮފީހަށް ނިކުންނަށް ނުޖެހޭ މީހުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މިހާރު ވަނީ އަންގާފައެވެ.

މީގެއިތުރުން ޓެކް ހަބްގެ ގޮތުގައި ބެލެވޭ ބެންގަލޫރުގައިވެސް ކާފިއު ހިންގަމުން އަންނައިރު ވިޔަފާރީގެ މައި ހަބްގެ ގޮތުގައި ބެލެވޭ މުމްބާއީގައިވެސް ވަނީ ރޭގަނޑު ގަޑީގައި ކާފިއު އިއުލާނު ކޮށްފައެވެ.

އޭއެފްޕީ އާ ވާހަކަ ދެއްކި އިންޑިޔާގެ ނަރުހުންނާއި ޑޮކްޓަރުން ބުނެފައިވަނީ މިހާތަނަށް އަދި ފެނިފައިވާ ކޭސްތަކުގެ ތެރެއިން ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މަދުކަމަށެވެ. އަދި ކުރިން ތަޖުރިބާކުރި ކަންކަމުގެ އަލީގައި މިފަހަރު މިކަމަށް ރަނގަޅަށް ތައްޔާރުވެވިފައި ވާކަމަށް އެމީހުން ބުނެފައިވެއެވެ. މިދިޔަ އަހަރު ކޮވިޑްގެ ދެ ވަނަ ރާޅާ ކުރިމަތި ވިއިރު، ނަފްސާނީ ގޮތުންވެސް ތިބީ އެކަމަށް އެހާ ބޮޑަށް ތައްޔާރުވެފައި ނޫންކަމަށާއި ނަމަވެސް މިހާރު އޭރަށްވުރެ ބޮޑަށް މިއީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ކަމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ވަނީ ބުނެފައެވެ.

އިންޑިޔާއަށް ކޮވިޑްގެ ދެވަނަ ރާޅު ކުރިމަތިވިއިރު އޮކްސިޖަން ލިބުމުގައި ދިމާވި ދަތިތަކާއި އެކަށީގެންވާރަށް ފަރުވާ ނުދެވި ބަލި މީހުންނައިގެން ހޮސްޕިޓަލްތައް ފުރިގެން ދިޔުމާއެކު އެތައް ބަޔަކު ދިޔައީ މަރުވަމުންނެވެ. އެގޮތުން ދެތިން ހަފްތާތެރޭގައި ދެ ލައްކަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް މިފަހަރު އެއަށްވުރެ ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެގައުމުން އަންނަނީ ބުނަމުންނެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހު 302 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށެވެ. މިއާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 483،178ށް އަރާފައެވެ. އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 35.23 މިލިއަނަށް އަރާފައެވެ.

އިންޑިއާކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު