Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް

ރަށާއި އަތޮޅާއި މުޅި ރާއްޖެ، ޒުވާނުން ބޭނުންވާ ގޮތަކަށް ތަރައްޤީ ކުރުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވިފައި: ރައީސް

ނުކުޅެދުންތެރިކަން ހުންނަ 31 މީހަކު މިހާރުވެސް އެމްޓީސީސީ ގެ ވަޒީފާތަކުގައި އެބަތިބި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 19:54
އެމްޓީސީސީއަށް 41 ވަނަ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ

އެމްޓީސީސީއަށް 41 ވަނަ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ

ޒުވާނުންގެ ރަށާއި އަތޮޅާއި މުޅި ރާއްޖެވެސް ޒުވާނުން ބޭނުންވާ ގޮތަކަށް ތަރައްގީކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅިގެން ވަޒީފާގެ ބައިވަރު ފުރުސަތުތައް ސަރުހައްދުތަކުގައި އުފެދިގެންދާނެކަމަށެވެ. ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ސަރުކާރުން ބޭނުންވަނީ ދިވެހިންކަމަށް ރައީސް ވިދާޅުވިއެވެ. އެވަޒީފާތަކަށް ބޭނުންވަނީ ހުނަރުވެރި ކެރޭ ދިވެހި ޒުވާނުންކަމަށާއި މިއީ ސްކޫލްތަކުން ނުކުންނަ ދަރިވަރުންވެސް، އަދި ބެލެނިވެރިންވެސް މިހާރަށްވުރެ ބޮޑަށް ވިސްނަންވީ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ހިފާ، ޤައުމީ ތަރައްޤީގައި ބައިވެރިވުމަށް ރައީސް ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި އެމްޓީސީސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އިޖުތިމާއީ ޒިންމާގެ ދަށުން ކުންފުނީގެ ޙަރަކާތްތައް ރާވާލާފައި އޮތީ، މުޖުތަމަޢަށް ވަރަށް ފައިދާހުރި ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުންފުނީގެ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ޢާންމު ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ޚިދުމަތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުންފުންޏަކީ އެމްޓީސީސީ ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ރައްޔިތުންނަށް މަގުފަހިކޮށްދިނުމުގައި އެމްޓީސީސީން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޞިނާޢަތަށް އައި އިންޖީނުގެ އިންޤިލާބަށްފަހު، ދިވެހި މަސްވެރިކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. މަސްދޯނި ފަހަރުގެ އިންޖީނުން ފެށިގެން، ކުދިކުދި ސްޕެއަރޕާޓްސް އާއި އެހެން ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއްނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޓީސީސީރައީސް ސޯލިހުމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާދަމް ޢާޒިމްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު