Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޓީސީސީގެ ކުރިމަގު

އެމްޓީސީސީން ކުރިއަށް އޮތްތަނުގައި ބްރިޖާއި ޑޮކްޔާޑު އަޅާނެ: އާޒިމް

94 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއްފަހަރާ 64 މަޝްރޫއެއް އެއްވަގުތެއްގައި ހިންގަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 20:00
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް،

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް،

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށް އޮތްތަނުގައި ބްރިޖާއި ޑޮކްޔާޑު އަޅާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރާއެކު ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ގެއްލުމާއެކު ހިންގި ކުންފުނިން މިސަރުކާރުގެ ތިން އަހަރު ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ 2018ގެ ކުރިން އެމްޓީސީސީއަށް ހިންގަފައިވަނީ އެއްފަހަރާ ގާތްގަނޑަކަށް 25ށް މަޝްރޫއު ކަމަށެވެ. ނަމަވެސް މިއަދު އެއްފަހަރާ 94 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއްފަހަރާ 64 މަޝްރޫއެއް އެއްވަގުތެއްގައި ހިންގަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މީގެ ކުރިން އެ ކުންފުންޏަށް ބަނދަރެއް ހެދެނީ ތިން އަހަރުން ކަމަށާއި، މިހާރު އެސްޕީޑް އެއް އަހަރަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ހިމަންދޫ ބަނދަރު ހުޅުވިގެން ދިޔައީ އެއްއަހަރު ދުވަހުގެ މަސައްކަތުންކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މީގެ ކުރިން އެއަރޕޯޓެއް އަޅަން ތިން އަހަރު ނަގާއިރު، މިއަދު ބިމެއް ހިއްކައިގެން އެއާޕޯޓު އެޅުމަށް ހޭދަވަނީ 18 ވަރަކަށް މަސް ދުވަސް ކަމަށެވެ.

އެމްޓީސީސީގެ މުސްތަގުބަލަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިހާރު މިދާ ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައް ހިންގޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އެފަދަ ގާބިލް ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާނެ ކަމަށާއި، ކުންފުނިން އަމާޒު ހިފާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒައާމަތުގައި އެހިސާބަށް ވާސިލްވުމަށް ކަމަށެވެ.

އެގޮތުން ބްރިޖާއި ޑޮކްޔާޑު އަޅާނެ ކަމަށާއި، ހައި ސްޕީޑް ފެރީތައް ގާއިމްކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ފެންވަރުގެ ގާބިލް މުއައްޒަފުން ވެސް ބިނާކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާ ކުރެވިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކުންފުނީގެ މުއައްޒަފުންނަކީ މަސައްކަތްތެރި ބައެއް ކަމަށާއި، މަސައްކަތުގެ ވަގުތު ކޮފީ މޭޒުން ނުފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމާތޯ ބެލުމާއި، މުއައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މުއައްޒަފުން ގާބިލް ބަޔަކަށް ހެދުމަށާއި، ފަހި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުންފުނީގެ ހުރިހާ މުއައްޒަފުން ކަސްޓަމާސަވިސްގެ ރޮނގުން ތަމްރީންވާން ޖެހޭ އުސޫލެއް ގާއިމްކުރެވި ހިނގަމުންދާ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ކުރިއަށް އޮތީ ކުންފުންޏަށް ފަހި ދުވަސްތަކެއް ކަމަށެވެ. 2020 އަހަރު ރެކޯޑް މިންވަރަށް ފައިދާވެފައިވާއިރު، 2021 ވަނަ އަހަރުގެ މިހާތަނަށް ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ ފައިދާއަށްވުރެ އިތުރުވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު