Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސައޫދީ ރަސްކަން

ސައޫދީ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ ސަލްމާންގެ ދަރިކަލުން މުހައްމަދުތަ؟

ސައޫދީ ވިޝަން 2030ގައި އިސްލާމްދީނާ ބީރައްޓެހި ގިނަ ކަންކަން ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 14:33
ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން

ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން

ސައުދީ އަރަބިއާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރުމަށް ސަލްމާން ރަސްގެފާނު ތައްޔާރުވެ ވަޑައިގަންނަވާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. 2017 ވަނަ އަހަރުން ފެށިގެން މިވާހަކަ ފެންމަތިވަމުން ދިޔަ ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައިނުވެއެވެ. ނަމަވެސް ރަސްކަން ހަވާލުކުރުމާބެހޭ ޚިތާބެއް ސަލްމާން ރަސްގެފާނު ލައްވައި ރެކޯޑްކޮށް ނިމިފައިވާކަމަށް ސައޫދީގެ އެތެރޭގައާއި ބޭރުގައި ވަރަށް ބޮޑަށް ފެންމަތިވެގެންދިޔައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިދުވަސްވަރު 36 އަހަރުގެ ދަރިކަލުން މުހައްމަދު ގައުމުތަކުގެ ރައީސުންނާއެކު ހަފްތާތަކުގައި ބައިވެރިވެވަޑައިގަންނަވާ، ސިއްރު ބައްދަލުވުންތައް ބާއްވަވަމުން ގެންދަވަނީ ރަސްކަމުގެ ކަންކަމާ ހަވާލުވެވަޑައިގެންނެވުމުގެ ތައްޔާރީތައް ކުރިއަށް ދާތީއެވެ. ސައޫދީ ބާރުގަދަ މީހާގެ ނަމުން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މަގުބޫލުވެފައިވާއިރު، ވަރަށް އަވަހަށް ރަސްކަމާއި ހަވާލުވެވަޑައިގަންނާވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ 2017 ވަނަ އަހަރުގެ ތެރޭގައި ވޯޓަކާ ނުލާ ވަލީއަހުދުގެ މަގާމަށް އައްޔަންކޮށްފައިވާތީއެވެ. ސައޫދީ ޝާހީ ޚާންދާނުގެ މަސްލަހަތު ގެއްލުނު ކަމުގައިވީ ނަމަވެސް ރަސްކަން ހަވާލުކުރައްވާނެ ކަމަށްވެއެވެ. އަދި ސަލްމާން ބިން އަބްދުލް އަޒީޒްގެ އުމުރުފުޅުން 86 އަހަރު ފުރިފައިވާއިރު، އެންމެ ގާތުން މަސައްކަތްތައް ބައްލަވަމުން ގެންދަވަނީ ވެސް ދަރިކަލުން މުހައްމަދު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައޫދީ މަސްރަހާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، ގިނަބައެއްގެ ސަމާލުކަން ލިބިފައިވަނީ ދަރިކަލުން މުހައްމަދަށެވެ. އެއީ މުހައްމަދު ގެންގުޅުއްވާ ސިޔާސަތުތަކެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ މުހައްމަދު އިސްކޮށް ހުންނަވައިގެން އިއުލާން ކުރައްވާފައިވާ "ސައޫދީ ވިޝަން 2030"ށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ. އެއީ އެސިޔާސަތުގައި މިއިން އަހަރެއްގައި ވެސް ސައޫދީ ސަރުކާރުން ކޮށްފައިނުވާ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާތީއެވެ. އެސިޔާސަތުތަކަށް ބައެއް ޝައިޚުން ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެއްދެވި ނަމަވެސް އެކަން ކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާ އެސިޔާސަތުތައް ޕްރޮމޯޓް ކުރައްވަމުން ގެންދެވިއެވެ. އޭގައި ކޮންމެވެސް ވަރަކަށް މިޔުޒިކް ހުއްދަކުރުމާއި ސައޫދީ ގައި ސިނަމާތަކާއި މުނިފޫހި ފިލުވުމުގެ މަރުކަޒުތައް ގާއިމް ކުރުން ހިމެނެއެވެ. އެހެންކަމުން މުހައްމަދަކީ މެދުމިނުގެ ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ބޭއްވި ގަލްފް ކޯޕަރޭޝަންގެ ބައްދަލުވުމުގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންއާ މުހައްމަދު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް މި ބައްދަކުރެއްވުމުގައި ސަލްމާން ބައިވެރިވެވަޑައިނުގަންނަވައެވެ. އެ ބައްދަލުކުރެއްވުން ވެސް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފާއިރު، ސަލްމާންގެ ހާލުކޮޅާއި ބެހޭ ގޮތުން ސުވާލު އުފެއްދިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ރަސްގެފާނު ސަލްމާން ދިރިއުޅުއްވަމުން ގެންދަވަނީ ސައުދީގައި އަލަށް ހަދާ މެގަ ސިޓީ ނިއޯމް ގައެވެ. ރަސްގެފާނު ސަލްމާންގެ ހާލުކޮޅާއި ބެހޭ ގޮތުން ސައުދީ ގަވަރމެންޓް އެޑްވައިޒަރު އަލީ ޝިހާބީ ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށާއި، ބޭރުތެރެއަށް ނުކުމެ ނޫޅުއްވަނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. އެއީ މީހުންނާއި ބައްދަލުކުރައްވައި، ސަލާމް ކުރެއްވުމަކީ ރަސްގެފާނުގެ ގައިކޮޅުގައި ހަރުލާފައިވާ ސިފަފުޅަކަށްވާތީ މިދުވަސްވަރު ބޭރަށް ނުކުމެ އުޅުއްވުމަށް އުޒުވެރިވަނީ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އެމަނިކުފާނުގެ އެންމެފަހުން ގައުމުން ބޭރަށް ދަތުރުފުޅެއް ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ ގާތްބޭފުޅެއް އަވަހާރަވުމާއި ގުޅިގެން ކުރެއްވި އިހުތިރާމްގެ ޒިޔާރަތެކެވެ.

ރަސްގެފާނު ސަލްމާންގެ ހާލުކޮޅު ރަނގަޅު ނަމަވެސް ގިނަ ދުވަސްތަކަށް އާއްމުންނަށް ނުފެނި އުޅުއްވަނީ ދަރިކަލުން މުހައްމަދު ރަސްކަމަށް ނެރުއްވުމުގެ މަގުސަދުގައި ކަމަށްވެއެވެ. ނަމަވެސް މުހައްމަދު ރަސްކަމާއި ހަވާލުވެވަޑައިގެންފި ނަމަ ސައޫދީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެއެވެ. އެއީ މިހާރު ވެސް މުހައްމަދު އިސްކޮށް ހުންނަވައި އަންހެނުންނަށް އުޅަނދު ދުއްވޭ ގޮތަށް ގާނޫނު ބަދަލުކުރުމާއި، އަދި އަންހެނުންނަށް ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި، އިތުރު މަސައްކަތްކޮށް އާމްދަނީ ހޯދަން ހުއްދަ ދިނުމުގެ އިތުރުން އަންހެނުންނަށް ކުޅިވަރުގެ އެކި މަރުކަޒުތައް މިހާރު ހުޅުވަމުންދާތީ އެވެ. މީގެ އިތުރުން ސައޫދީ ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ބޭރުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރަން ހުޅުވާލުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެސް ސައޫދީ ރަސްރަސްކަލުންގެ ފަރާތުން ނުފެންނަ ސިފަފުޅުތައް މުހައްމަދުގެ ފަރާތްފުޅުން ދަނީ ފެންނަމުންނެވެ. އެގޮތުން ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލާ ގާތް ގުޅުމެއް ބާއްވަވާ ޑީލްތައް ހައްދަވަމުން ގެންދަވައެވެ. އޭގެ ހެއްކެއްގެ ގޮތުގައި އިސްރާއީލްގެ ކޮމާޝަލް އެއަރކްރާފްޓްތަކަށް ސައޫދީ ވައިގެ މަގުން ދަތުރު ކުރަން ހުއްދަ ދިނުން ހިމެނެއެވެ.

އިސްލާމްދީނާ ބީރައްޓެހި ކަންކަން ކުރެއްވުމާއި، އިސްލާމީ ގައުމުތަކާއި ދެކޮޅު އަނިޔާވެރިވާ ގައުމުތަކާއި ގުޅުން ބަދަހި ކުރުމަކީ އިސްލާމީ ގައުމުތަކުން ނުރުހޭ ކަމެއް ނަމަވެސް ގައުމުތަކުން މުހައްމަދާއި ޑީލް ކުރަން ޖެހެލުންވެއެވެ. އެއީ ސައޫދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ސައޫދީ އަރަބިޔާގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީގެ މަރުގެ މައްސަލައާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ނެރުނު ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން މި މަރުގައި ވަލީއަހުދު މުހައްމަދުގެ ފުރިހަމަ ބައިވެރިވުން އެބައޮތެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެގައުމުގެ ސެކިއުރިޓީ އަދި އިންޓެލިޖެންސް މުއައްސަސާތަކުން އައީ ޚާޝަގްޖީ މެރުމަށް ރާވަމުން ކަމަށް ބުނެފައިވެއެވެ.

ސައުދީ ރަސްކަމާއި ވަލީއަހުދު މުހައްމަދުގެ ހަވާލުވެވަޑައިގެންފިނަމަ ސައުދީގައި އިސްލާމް ދީނާ ބީރައްޓެހި، ހަރާމް އެތައް ކަމަކަށް ހުއްދަދެވިގެންދާނެ ކަމަށް އެގައުމުގެ ޝައިޚުން ވިދާޅުވަމުން ގެންދަވައެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ބޭފުޅަކަށް ވަލީއަހުދު މުހައްމަދާއި ދެކޮޅަށް ނުކުންނަވާކަށް ނުކުރެއެވެ.

ޖަމާލް ޚާޝަގްޖީގެ މަރާއި ގުޅިގެން ރަސްކަމުގެ އަގު ވެއްޓިގެން ދިޔަ ނަމަވެސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވަލީއަހުދު މުހައްމަދުގެ މަގުބޫލުކަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަދި ސައޫދީގެ އެތެރޭގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަނީ އެމެރިކާގެ ރުހުން ހޯދުމުގެ ގޮތުންނެވެ. ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސައޫދީ އަކީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާ ވާ ގައުމަކަށްވާއިރު، އެނޫން ގޮތަކަށް ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެހެންކަމުން ވަލީއަހުދު މުހައްމަދާއި ރަސްކަން ހަވާލުކުރުން ވަރަށް ގާތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި

17 މެއި 2024

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު