Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސްޕްލާންޓް ހުޅުވުން

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވަނީ

10 ޑިސެމްބަރު 2021 | ހުކުރު 08:12

އައިސްޕްލާންޓްގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޑިސެމްބަރު 2021 | ހުކުރު 08:12
މަސްދޯންޏަކަށް އައިސް އަރުވަނީ: އައިސް ލިބުމުގައި ހުރި ދަތިކަން ފިލުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

މަސްދޯންޏަކަށް އައިސް އަރުވަނީ: އައިސް ލިބުމުގައި ހުރި ދަތިކަން ފިލުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން 4 ރަށެއްގައި އައިސްޕްލާންޓް ހުޅުވަން ސަރުކާރުން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްްޓްރީން ބުނީ ހުކުރު ދުވަހު މި ހަތަރު އައިސްޕްލާންޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ރ. މަޑުއްވަރި، ކ. ގާފަރު، ހއ. ހޯރަފުށީގެ އިތުރުން ފެލިވަރުގައި ކަަމަށެވެ. މިނިސްޓްރީން ބުނީ ކ. ގާފަރާއި ރ. މަޑުއްވަރީގައި ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސްޕްލާންޓެއް ކަމަށެވެ. ފެލިވަރުގައި ހުޅުވަނީ 50 ޓަނުގެ އައިސްޕްލާންޓެކެވެ. ހޯރަފުށީގައި 25 ޓަނެވެ.

Advertisement - newsAdvertisement

ސަރުކާރުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްދާ ކަމަށެވެ. މި ހަތަރު އައިސްޕްލާންޓްގެ އިތުރުންވެސް އެހެން 15 އައިސްޕްލާންޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުތައް ނިމޭއިރު މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބިމުގެ މައްސަލައަށް ހައްލެއް ލިބި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި ރަނގަޅަށް ސްޓޯރ ކުރުމުގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ކޮލެޓީ ދެމެހެއްޓުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިންގެ ފޯރަމެއް ވެސް ވަރަށް ފަހުން ބާއްފާފައެވެ. މި ފޯރަމްގައި އައިސް ޕްލާންޓް ނެތުމުގެ މައްސަލަޔާއި މަސްވެރިންނަށް ދިމާވާ އެނޫންވެސް އެކި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުން ތަކަށެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގައި ހުރި ގޮންޖެހުންތަކަށާއި، މަތީ އަގު ލިބޭ ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ. މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށް ކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީ އަގު ލިބޭ ގޮތަށް ޕްރޮސެސްނުކޮށް، ރޯ މެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، ފޯރަމްގައި މަޝްވަރާ ކުރެވުނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖޫން 2017

ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް

27 ޖޫން 2017
ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް
25 ޖޫން 2017

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު

25 ޖޫން 2017
އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު
06 ޖޫން 2017

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި

06 ޖޫން 2017
ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި ހަމައަށް 15000 މީހުން ޒަކާތް ދައްކައިފި
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް