Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސާ ފޭރުން

އެކި ބޭނުންތަކަށް މާލެ އަންނަ މީހުންނަށް ފޭރޭ މީހުން ޓާގެޓް ކުރޭ: ފުލުހުން

9 ޑިސެމްބަރު 2021 | ބުރާސްފަތި 18:53

ފާއިތުވެދިޔަ ދުވަސްތަކުގައި ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މިންވަރު ވަނީ އިތުރުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 18:53
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފައިސާ ފޭރުމުގެ އަމަލު ހިންގާ މީހުން އެކި އެކި ބޭނުންތަކަށް މާލެ އަންނަ މީހުންނަށް ޓާގެޓް ކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާއު ވިދާޅުވީ ފައިސާ ފޭރުމުގައި އުމުރުން ދުވަސްވީ މިހުންނަށް ޓާގެޓް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކި އެކި ބޭނުންތަކަށް މާލެ އަންނަ މީހުންގެ އިތުރުން މަސްވެރިންނަށާއި މަސްދޯނި ފަހަރުތަކުގައި އަދި މުދާ އުފުލާ ދޯނިތަކުގައި ހަރަކާތްވާ މީހުންނަށް ޓާގެޓް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިޒާތުގެ ކުށްކުށަށް އަރައިގަތުމުގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރި ކުރާކަން ވަނީ ފާހަގަކުރެވިފައި ކަމަށާއި މިކަންތައްތަކަށް އާންމުން އިތުރަށް ހޭލުންތެރިވާން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 2:35ގައި 15 މީހުންގެ ގްރޫޕަކުން ހުއްދަ ނޫން ގޮތުގައި ބަޔަކު ހިފަހައްޓައި، އޭގެ ތެރެއިން ދެ މީހަކު ނުރުހުމުގައި ކާރަކަށް އަރުވައިގެން ގެންގޮސް އެ ފަރާތްތަކަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް، 21 އަހަރާއި 36 އަހަރާ ދެމެދުގެ ހަތަރު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު ދަމަހައްޓައި، 36 އަހަރުގެ މީހާ ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގުމާއި ފޭރުމާއި މަސްތިވާތަކެތީގެ ރެކޯޑު ވެސް އޮންނަ މީހުންކަން ލަތީފް ފާހަގަ ކުރެއްވިއެވެ.

ރަހީނުކޮށް ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލަތަކުގައި ބިދޭސިން އިސްވެ ތިބެ ހިންގާ ގެސްޓްހައުސްތަކަށް މީހުން ގެންގޮސް އެފަދަ އަމަލުތައް ހިންގާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތައް ގިނައިން ހިނގިޔަސް ރިޕޯޓް ކުރާ މިންވަރު މަދު ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް