Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮތަރު ކޮށި ޖަލްސާއަށް ތައްޔާރުވުން

ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ!

8 ޑިސެމްބަރު 2021 | ބުދަ 18:19

އެސަރަހައްދުގައި ބެރިކޭޑް ޖަހައި، ވަނީ ބަންދުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2021 | ބުދަ 18:19
ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށައިފިއެވެ.

އެސަރަހައްދުގައި ފުލުހުން ފޯރިމަރަން ފަށާފައި މިވަނީ، ހުއްދަނެތި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި "ކޮތަރު ކޮށި" ޖަލްސާ ބޭއްވުމަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:00 ހާއިރު، ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން އެސަރަހައްދަށް ގޮސް، ދިދަ ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ފުލުހުން އެސަރަހައްދުގައި ފޯރިމަރަން ފަށާފައިވާއިރު، އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭ ގޮތަށް ބެރިކޭޑް ޖަހައި، ވަނީ ބަންދުކޮށްފައެވެ.

ފުލުހުން ފޯރިމަރަން ފަށާއިރު، އެކަމާގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއްގައި ސިޔާސީ ޕާޓީ އަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ގާނޫނީ ގޮތުން ޖަވާބުދާރީކުރުވާނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އުފެދިފައިވާ މައްސަލަ އިތުރަށް ހޫނުވެފައިވާއިރު، މި ޖަލްސާއާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ, ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ "ކޮތަރުކޮށި" ޖަލްސާ ބާއްވަން ހުއްދަ ހޯދަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އިވެންޓެއް ބޭއްވުމުގެ ހުއްދަ ހޯދަން ޖެހެނީ، އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ކަމަށް އެޗްޑީސީން ބުނެއެވެ. ޕީޕީއެމުން ބުނީ، ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން މިހާރު ހޯދާފައިވާ ކަމަށާއި، ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމުން، އެކަމަށް ހުއްދަ ހޯދަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ޕީޕީއެމްގެ ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ހުޅުމާލޭގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި "ކޮތަރުކޮށި" ނަމުގައި ބޭއްވުމަށް އެދިފައިވާ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލުކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ހުޅުމާލޭގައި ބާއްވާ އެކި އިވެންޓްތަކަކީ ދުރާލައި އެޗްޑީސީން ހުއްދަ ނަގައިގެން ބާއްވާ އިވެންޓުތަކެއް ކަމަށާއި، ހުއްދައަށް އެދިފައި ނުވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެކަމުގެ މައުލޫމާތު އެޗްޑީސީއަށް ލިބުނީވެސް މީޑިއާއިން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބާއްވާ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނާއި، އެކޯލިޝަންގެ އިސްބޭފުޅުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލާ އެޗްޑީސީއާއިމެދު މިހާރުވެސް ހުޅުމާލޭގެ އިޚްތިސާސްއާ ގުޅޭގޮތުން ދެބަސްވުންތަކެއް އޮވެއެވެ. ގާނޫނުގައި ބުނާގޮތުން ހުޅުމާލޭގެ އެންމެހައި ކަންކަން ބަލަހައްޓަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގެ އިޚްތިސާސް އޮންނަނީ އަދިވެސް އެޗްޑީސީއަށް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް