Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފައިސާ ޗާޕް ކުރުން

އޯވަރޑްރޯ ކުރުމުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރު ކޮށްދީފި

ރިޕޯޓް ފާސްކުރީ 42 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 09:45
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކުން އިސްތިސްނާ ވުމަށް ރައްޔިތުންގެ މަޖިީހުން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް، މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހެޅި އިސްލާހާއެކު، އޯވަރޑްރޯ ކުރުމުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.

މިއާއެކު ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)އާއި، (ރ)އާއި، (ބ)ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުން ފަސްކުރުމުގެ މުއްދަތު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުވެގެންދިޔައީއެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓަށް ވޯޓަށް އިސްލާހު ހުށަހެޅުއްވީ، މިކަމުގައި ވަކި ގޮތަކަށް އަމަލުކުރަން މަރުކަޒީ ބޭންކަށް އަންގައި، އެގޮތަށް ފާސް ނުކުރުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވުމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އިސްތިސްނާ ދިނުމަށް ނިންމުމަށްފަހު، އެކަން ހިންގާނެ ގޮތް ކަނޑައަޅާނީ، އެމްއެމްއާއި ފިނޭންސުން ކަމަށެވެ. އެހެންނަމަވެސް މިހާރު އޮތް ކޮމިޓީ ރިޕޯޓުގައި އެކަން ނިންމުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުން އަރުވާ ލަފައެއްގެ ގޮތުގައި ހިމަނަން ޖެހޭ ކަމަށެވެ.

މި އިސްލާހާއެކު ރިޕޯޓް ފާސްކުރީ 42 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

ނާޝިޒު އިސްލާހު ހުށަހެޅުއްވީ ކޮމިޓީ ރިޕޯޓުގެ ނިންމުމުގެ 5.2 އަަދި 5.3ށެވެ. އިސްލާހަށް ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ނާޝިޒު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯވެފައި ހުންނަ މިންވަރު ސެކިއުރިޓައިޒްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒިންގ ބޮންޑަކަށް ބަދަލުކުރުމަށާއި، އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް 2.5 (ދޭއް ޕޮއިންޓް ފަހެއް) ޕަސަންޓް ކަމުގައި ކަނޑައެޅުމަށް ނިންމި ކަމަށް ބުނާ ބުނުން އެއީކޮމިޓީން ދޭ ލަފައެއްގެ ގޮތުގައި ބަދަލު ކުރުމަށެވެ.

އަދި 5.2ގައި، 2202 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހާއި ހަމައަށް، ޕަބްލިކް ބޭންކް އޯވަރޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 (ދޭއް ޕޮއިންޓް ފަހެއް) ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅި ކަމަށް ބުނާ ބުނުގެ ބަދަލުގައި، އެއީ ކޮމިޓީން އަރުވާ ލަފައެއް ކަމަށާއި، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯވެފައި ހުންނަ ކޮންމެ ދުވަހަކު، އޯވަރޑްރޯވެފައިވާ ބެލަންސުން އަހަރަކަށް 0.1 (ސުމެއް ޕޮއިންޓް އެކެއް) ޕަސަންޓްގެ ރޭޓުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންޓްރެސްޓް ޗާޖުކުރާގޮތަށް ހަމަޖެއްސުމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ބުނާ ބުނުންވެސް އެއީ ކޮމިޓީގެ ލަފައެއްގެ ގޮތުގައި ބަދަލު ކުރުމަށެވެ.

މެމްބަރު ނާޝިޒްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު