Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ ފްލެޓް

އެކަނި ނިންމާ ނިންމުމެއް ނަމަ ހިޔާ ފްލެޓްތައް ތަޅާލީމުސް - އަސްލަމް

ޖެހި ޖެހިގެން 25 ބުރީގެ ހަތް ހާސް ފްލެޓް އަޅަން ކޮށްފައި އޮތް ޕްލޭނަކީ ގޯސް ޕްލޭނެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 05:26
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ - މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ - މުހައްމަދު އަސްލަމް

އެކަނި ނިންމާ ނިންމުމެއް ނަމަ, ހިޔާ ފްލެޓްތައް ތަޅާލައި، އަލުން އާ ތަންތަން ހެދުމަށް މަސައްކަތް ފެއްޓެވީސް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، ހިޔާ ފްލެޓްގައި އިޖުތިމާއީ މައްސަލަތައް ނުކުންނަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރަށް އަމާޒުކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކުޑަ ތަންކޮޅެއްގައި ޖެހިޖެހިގެން 25 ބުރީގެ 7000 ފްލެޓް އަޅަން ކޮށްފައި އޮތް ޕްލޭނަކީ ގޯސް ޕްލޭނެއް ކަމަށެވެ. އައްޑޫ ސިޓީގެ އާބާދީއަށްވުރެ ބޮޑު އާބާދީއެއް، ކުޑަ ތަނަކަށް ޖަމާކުރުން އެއީ ގޯސް ނިންމުމެއް ކަމަށާއި، މި ސަރުކާރަށް އައިއިރު އެތަނުގެ މަަސައްކަތް އޮތީ ނުހުއްޓޭ ހިސާބުގައި ކަމަށެވެ. އެމަނިކުފާނު އެތަން ތަޅާލުމަށް ނިންމެވި ކަމަށާއި، އެކަނި ނިންމަވާ ނިންމެވުމެއް ނަަމަ ތަޅާލެއްވީސް ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ، މިވެރިކަމުގައި އެތަން ބެލުމަށްފަހު އެހާ ބޮޑު އާބާދީއަކަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށެވެ. ސަރުކާރުން ތަކުރާރުކޮށް އެހެން ބުނި ނަމަވެސް އެތަން ހަވާލު ނުކުރުމުގެ ޝަކުވާއާއެކު ސަރުކާރުން އެތަން ހަވާލުކުރަން ނިންމައި، މިހާރު އެހެރީ ހަވާލު ކޮށްފައި ކަމަށެވެ. މިހާރު އެތަނުން އެ ފެންނަނީ ކުޑަ ތަންކޮޅަކަށް މީހުން އެއް ކުރުމުގެ ނަތީޖާ ކަމަށެވެ. ގޯސް ނިންމުމަކަށް ބިނާވެފައި އޮތް ކަމެއް ކަަމަށާއި، އެތަނުގައި ދެން އޮތީ އެތަން ބެލެހެއްޓުން ކަމަށެވެ. އެއީ މި ސަރުކާރުން ވިޔަސް އަދި އަންނަ ސަރުކާރަކުން ވިޔަސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ކުށްތަކަށް ފުލުހުން ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް ކަމަށެވެ.

އެއް ކޮޓަރީގެ ފްލެޓް ފެނިއްޖެތޯ ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް އެއް ކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ދިވެހިންނަކީ އުމުރު ދުވަހަށް ބޯހިޔާވަހިކަން ހޯދާ ބައެއް ކަމަށާއި، ގެދޮރުވެރި ވުމަށް އެއްކޮޓަރިއަކީ ހައްލެއް ކަމަށް ދިވެހިން ނުދެކޭ ކަމަށެވެ. އަދި މެމްބަަރަށް އެނގިވަޑައިގަންނަވާ ކަންތަކުގައި އިތުރު ސުވާލުކުރައްވަނީ ވަކި މަންޒަރެއް ދެއްކުމަށް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު