Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ޑޯޓްމުންޑުން ބަޔާނާ ޕޮއިންޓަކާ ގާތަށް

20 ނޮވެމްބަރު 2021 | ހޮނިހިރު 20:54

ތާވަލުގެ ދެވަނައިގައި ޑޯޓްމުންޑް އޮތީ 27 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ނޮވެމްބަރު 2021 | ހޮނިހިރު 20:54
ޑޯޓްމުންޑާއި ސްޓުޓްގާޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޑޯޓްމުންޑާއި ސްޓުޓްގާޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޓުޓްގާޓް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ޕޮއިންޓަކާ ގާތަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ސްޓުޓްގާޓް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޑޯޓްމުންޑުންނެވެ. މި ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަނިއެލް މާލެންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ރަފައެލް ގުއެރެއިރޯ ދިން ޕާހަކުންނެވެ.

މި މެޗުގައި ސްޓުޓްގާޓުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ މަސިމޯއެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކެޕްޓަން މާކޯ ރޮއިސް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑް މި މެޗުން މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ޑޯޓްމުންޑުން ބަޔާނާ ޕޮއިންޓަކާ ގާތަށް ޖެހިލިއިރު، ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޑޯޓްމުންޑަށް 12 މެޗުން ވަނީ 27 ޕޮއިންޓް ލިބިފައެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ސްޓުޓްގާޓް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 12 މެޗުން 10 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބޮރޫޝިއާ ޑޯޓްމަންޑް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
01 މާރިޗު 2025

ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި

01 މާރިޗު 2025
ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި
16 ފެބުރުއަރީ 2025

ލެވަކޫސަން ކައިރިން ބަޔާން އެއްވަރު

16 ފެބުރުއަރީ 2025
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
03 ފެބުރުއަރީ 2025

ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

03 ފެބުރުއަރީ 2025
ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި
02 ފެބުރުއަރީ 2025

ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

02 ފެބުރުއަރީ 2025
ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް
15 ޑިސެމްބަރު 2024

މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި

15 ޑިސެމްބަރު 2024
މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް