Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިހާނުގެ ކޮރަޕްޝަން މައްސަލަ

ނިހާނުގެ ކޮރަޕްޝަން މައްސަލަ: ދައުލަތުން ދިނީ ފަރުދާގެ ފުރަގަހުގައި ވަކީލުންނާ މަޝްވަރާ ނުކުރާ ކަމުގެ ޔަޤީންކަން

ހެކި ހާމަކޮށްދިނުމަށް އެދި ފޯމެއް ހުށައަޅާފައި ވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2021 | ބުދަ 05:03
ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ވާރޗުއަލްކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ތާވަލު ކުރެވިފައި އޮތީ ދެފަރާތުން ހެކި ހުށަހެޅުމެވެ.

Advertisement - newsAdvertisement

ނަމަވެސް ނިހާނުގެ ވަކީލު ވަނީ ހެކި ހާމަކޮށްދިނުމަށް އެދި ފޯމެއް ހުށައަޅާފައި ވާނެކަމަށާއި، ދިފާއު ބިނާ ކުރުމަށްޓަކައި ހެއްކާ ގުޅޭ މައުލޫމާތުތައް އެނގެން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން، މައްސަލައިގެ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ސައިމަން ނަމަކަށް ކިޔާ މީހެއްގެ އެއްވެސް މައުލޫމާތެއް ފެންނަން ނެތްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެއީ ޚިޔާލީ މީހެއްތޯވެސް ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައުލޫމާތުތައް ނެތި ދިފާއަށްވެސް ހެކި ހާމަ ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ދަަތިވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެކި ހާމަކޮށްދިނުން އެދި ހުށައެޅި ކަމަށްބުނާ ފޯމު ދައުލަތަށް ލިބިފައި ނުވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށަހެޅުމެއްގެ ގޮތުގައި ހެކި ހުށަހެޅިދާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ. ވީމާ އެ ފުރުސަތު އޮންނާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ނިހާނުގެ ދިފާއީ ވަކީލު ވަނީ ކޯޓަށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާކަންވެސް ފާހަގަ ކުރައްވާފައެވެ. ދިފާއީ ވަކީލު ވަނީ ދައުލަތުގެ ވަކީލުން އޮންލައިންކޮށް ޝަރީއަތް ކުރިއަށްދާއިރު، އެހެން ވަކީލުންނާއި މަޝްވަރާކޮށް، އިރުޝާދު ހޯދާކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ދައުލަތުގެ ވަކީލު ވަނީ "ފަރުދާގެ ފުރަގަހުން" އެއްވެސް އިތުރު ފަރާތެއް ޝަރީއަތުގައި ބައިވެރިނުވާ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިބްތިދާއީ މަރުޙަލާގައި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވުމުގެ އިހުތިޔާރު ޤާނޫނުން ދައުލަތަށް ލިއްބައިދޭކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުލަތުންވެސް ދައުވާލިބޭ ފަރާތުންވެސް އެހެން ފަރާތްތަކާ މަޝްވަރާ ކުރުމުގެ އިހްތިމާލު އޮންނާނެ ކަމަށާއި، ޝައްކުތައް އުފެދޭ ކަންކަމުން ދުރުވުން ބުއްދިވެރި ކަމަށެވެ. ވީމާ ޝަރީއަތަށް ހާޒިރުވެގެން އަޑުއެހުން ކުރިއަށް ގެންދިއުމަށް ގާޒީ އަލީ އާދަމް ނިންމެވިއެވެ. އަދި ދެފަރާތުން ހެކި ހުށަހެޅުން އޮންނާނީ ޝަރީއަތަށް ހާޒިރުވެގެންކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އެއާއެކު ބުދަ ދުވަހުގެ އަޑު އެހުމުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތަށް ހާޒިރުވެގެންނެވެ.

މި މައްސަލައިގައި ބުދަ ދުވަހު ޝަރީއަތަށް ހާޒިރުވެ ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ ހެކި ހުށައަޅާފައެވެ. އަދި ދިފާއުން ހެކި ހާމަ ކުރުމަށް އެދިފައިވާތީ އެކަމާ ގުޅޭ ފޯމު ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ދައުލަތުން އެއަށް 10 ދުވަހުގެ ތެރޭގައި ލިއުމުން ޖަވާބު ދިނުމަށްވެސް ވަނީ އަންގާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 28 ދުވަސް ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ވަކިވަކިން މި މައްސަލައިގައި ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވަވައި، ދައުވާ ހުށައަޅުއްވާ ސަބަބާއި، އަދަބުތައް ކިޔާދެއްވާފައެވެ.

މި މައްސަލައިގައި ނިހާނުގެ މައްޗަށް އުފުލާފައިވަނީ 6 ދައުވާއެކެވެ. މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. 

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލުތައް:

1- މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް

2- އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ

3- 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

4- އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.

5- މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

6- އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.

ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

އަހުމަދު ނިޙާންޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު