Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަފްރަތުގެ ބިލް

ނަފްރަތުގެ ބިލް ފާސްކޮށްފި

ކުފުރުވުމާއި މުރުތައްދުވުން މާނަކުރުމަށްވެސް ވަނީ ބަދަލު ގެނެސްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 08:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ނަފްރަތުގެ ބިލް ޖުޑިޝަރީ ކޮމިޓީން ދެވަނަ ފަހަރަށް ދިރާސާކޮށް ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން, ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާއަތްކޮށް، އެ ބިލު އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އަންގާރަ ދުވަހުއެވެ.

ބިލު ހުށަހެޅުމާއެކު ގިނަބައެއްގެ ކަންބޮޑުވުން ހުށަހެޅިގެންދިޔައެވެ. ބިލު ފުރަތަމަ ދިރާސާ ކުރި މަރުހަލާގައިވެސް، ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން، އާއްމުންގެ ޚިޔާލުތައްވެސް ހޯދާފައެވެ.

ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެންމެ ފުރަތަމަ ހުށަހެޅި ރިޕޯޓަށް ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ މެދުވެރިކޮށް އިސްލާހުތަކެއް ހުށަހެޅިއެވެ. އެއާއެކު ބިލު އަނެއްކާވެސް ކޮމިޓީއަށް ފޮނުވީ، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ދެވަނަ ފަހަރަށް ކޮމިޓީން ބިލު ދިރާސާކުރިއިރު، އިސްލާމިކް މިނިސްޓްރީއާއި އެޓަރނީ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކޮށް، ލިޔުމުން ޚިޔާލު ހޯދާފައިވާ ކަމަށް، ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން، ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ޚިޔާލަށް ރިއާޔަތްކޮށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، ސުންނީ ޖަމާއަތުގެ މުއުތަބަރު ރައުޔަކާ ހިލާފުނުވާ ގޮތަށް، މީހަކު ފާޅުކުރާ ޝުއޫރަކުން، އެ މީހަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ އާންމުތަނެއްގައި ބުނުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބިލުގެ 124ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ މުއުތަބަރު ރައުޔަކާ ޚިލާފުނުވާގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، އާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ކުށެކެވެ.

އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ކުށެކެވެ.

މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް، ނުވަތަ ބަހެއް ފާޅުނުކުރާ ހިނދަކު އެ މީހަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ އާންމުތަނެއްގައި ސިފަކުރުމަކީ ކުށެއް ކަމަށްވެސް ކަނޑައަޅައި ބިލަށް އިސްލާހު ގެނެސްފައިވެއެވެ.

ހަމަމިއާއެކު މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމާއި ކުލައަށް ބަަލައި، ނުވަތަ ސިޔާސީ ވިސްނުމަކަށް، ނުވަތަ ދީނަށް ބަލައި މީހަކަށް އަނިޔާއެއް ދިނުން، ނުވަތަ ދޭން ގޮވައިލުން ވެސް ކުށެއް ކަމަށް ކަނޑައަޅައި ބިލު ވަނީ އިސްލާހުކޮށްފައެވެ.

މީގެ އިތުރުން، އެކި ކަންކަމާމެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް ހުރަސްނޭޅޭ ގޮތަށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

ޙިސާން ހުށަހެޅުއްވި ދެވަނަ ބިލުގައި ޤާނޫނުލްޢުޤޫބާތުގެ 617 މާއްދާއަށް އަކުރެއް އިތުރުކުރަން ހިމަނާފައިވާއިރު، ދެބިލު އެއް ބިލެއްގެ ގޮތުގައި ދިރާސާކޮށް ނިންމިއިރު، ކޮމިޓީން ވަނީ އެއަށް މާއްދާއެއް އިތުރުކުރަން ނިންމާފައެވެ.

ޤާނޫނުލްޢުޤޫބާތަށް އިތުރުކުރަން ނިންމި ދެ މާއްދާގައި ބުނެފައިވަނީ، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، މާތްﷲއަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމަށެވެ. އަދި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތްﷲ އާމެދު ނުވަތަ ކީރިތި ގުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމަކީ ވެސް ކުށެއް ކަމަށެވެ.

ބިލު ދެވަނަ ފަހަރަށް ދިރާސާކޮށް ކޮމިޓީ ރިޕޯޓް އެކުލަވާލިއިރު، ކުފުރުވުމާއި މުރުތައްދުވުން މާނަކުރުމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ކަމަށް މާނަކޮށްފައިވަނީ އަހްލުއްސުއްނަތު ވަލް ޖަމާޢަތުގެ ދީނީ އިލްމުވެރިންގެ މެދުގައި، ވަކި އަމަލަކީ ކުފުރުގެ އަމަލެއްކަމާމެދު، ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއްކަމާމެދު ޚިލާފެއް ނެތް އަމަލަށާއި ބަހަށް ކަމަށެވެ.

މުރުތައްދުވެފައިވާ މީހެއް ކަމަށް ބުނެވޭނީ އަހްލުއްސުއްނަތު ވަލް ޖަމާޢަތުގެ ދީނީ އިލްމުވެރިންގެ މެދުގައި، އެ އަމަލަކީ މުރުތައްދުވުމުގެ އަމަލެއްކަމާމެދު ޚިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފިކަމުގައި ކަނޑައެޅުމަށް، އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުން، ކަމާބެހޭ ޝަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތުގައި ކަމަށް ވަނީ ބިލުގައި ބަޔާން ކޮށްފައެެވެ.

ރައްޔިތުންގެ މަޖިލިސްތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިންޖުޑިޝަރީ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު