Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފައިސާ ފޭރުން

މިފަހަރުގެ ޓާގެޓަކީ ބޯ ތަލަ މީހުން

އެމީހުން ގިނަ ބަޔަކަށް އޮޅުވާލައިގެން ފައިސާ ފޭރެމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 11:08
މަކަރާއި ހީލަތުން ފައިސާ ފޭރެމުންދާ ބައެއް

މަކަރާއި ހީލަތުން ފައިސާ ފޭރެމުންދާ ބައެއް

މަކަރާއި ހީލަތުން، އޮޅުވާލައިގެންނާއި، އަދިވެސް މިނޫން ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މިކަން ހައްލުނުވެ މިހެން ދަމުންގޮސް، ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މިކަން ކުރާ ގޮތަށް ނުވަތަ އެކަން ކުރާ މީހުން ގެންގުޅޭ އުކުޅުތަކަށްވެސް ބަދަލުތައް އަންނަމުންދެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިކަން ކުރަމުންދެއެވެ. އަދި އޮޅުވާލައިގެން ތަކެތި ވިއްކައިގެން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލަމުން ދެއެވެ.

މިގޮތުން މި ފަހަކުން ފާހަގަކޮށްލެވުނު ކަމަކީ ބޮލުގައި އިސްތަށި ނުފަޅާ މީހުން ނުވަތަ ބޯ ތަލަވެފައި ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާ އަތުލަން އުޅުނު މައްސަލައެވެ. މިކަމުގައި ހަރަކާތްތެރިވަމުންދަނީ ގްރޫޕަކުންނެވެ. އެމީހުން މިކަން ކުރަމުންދާގޮތަކީ ބޮލުގައި އިސްތަށި ފަޅުވާ ބޭހެއް އެމީހުންގެ ރައްޓެއްސަކު ވިއްކާ ކަމަށްބުނެ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގެންނެވެ. އަދި ބައެއް ފަހަރު ކަންމަތީ ފިހާރައަކުން ތެޔޮފުޅިއެއް ގަތުމަށްފަހު 4،000ރ. އަށްވުރެ ބޮޑު އަގަކަށް އެ ތެޔޮފުޅި ވިއްކާލަނީއެވެ.

މި މީހުންނާ ދިމާވެފައިވާ އެކި މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިކަމުގައި މަގުމަތީގައި ހަރަކާތްތެރިވަމުންދަނީ ދެ ބިދޭސީއެކެވެ. އެ ދެމީހުން އެންމެ ގިނައިން އުޅެނީ އެމްއެމްއޭ ސަރަހައްދުގައެވެ. އެމީހުން ވަނީ އެ ސަރަހައްދުގައި އުޅުނު ފަތުރުވެރިއެއްގެ އަތުންވެސް ފައިސާ ފޭރިގަނެފައެވެ. މިހެންގޮސް އެމީހުން ގެންދަނީ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ފޭރެމުންނެވެ.

އެމްއެމްއޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކަތްތެރިވާ ސަރަހައްދެކެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް ފުލުހުންނަށްވެސް މިކަން ހުއްޓުވިފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ އައު ކަމެއް ނޫނެވެ. އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މީހުންގެ އަތުން ފައިސާ ފޭރެމުންދާއިރު، މިހާތަނަށް އެންމެ ބޮޑެތި އަދަދުތަކުން މީހުންގެ އަތުން ފޭރިގަނެފައިވަނީ އެއީ ބީއެމްއެލް ކަމަށް ބުނެއެވެ. މިއީވެސް މިހާތަނަށް އައިރުވެސް ހައްލު ނުވި ކަމެކެވެ. އެހެންނަމަވެސް މިހާރު ގިނަ މީހުންނަކީ މިކަންކަމަށް އަހުލުވެރި މީހުންނެވެ.

އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވިޔަސް އެމީހުން އެކަން ކުރެއެވެ. މީހުންގެ އަތުން ފައިސާ ފޭރެއެވެ. ބައެއް ފަހަރު މީހުންގެ ހަމްދަރުދީ ލިބޭނެފަދަ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޖަހައިގެންނެވެ. މިގޮތަށް ފައިސާ ހޯދުމަށް އެމީހުން ބޭނުންކުރަނީ މީސްމީހުން ބޭސްފަރުވާއަށް އެހީ ހޯދުމަށްއެދި ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓުތަކެވެ. އެހެންނަމަވެސް އަސްލު ޕޯސްޓުގައި ޖަހާފައި އިންނަ އެކައުންޓު ނަމްބަރާ އެމީހުން ބޭނުންކުރާ އެކައުންޓް ނަންބަރު ތަފާތެވެ. އަދި އެމީހުންގެ ހުރިހާ ޕޯސްޓެއްގައިވެސް އެއް އެކައުންޓު ނަންބަރެއް ބޭނުންކުރާތީ މިކަންވެސް ރައްޔިތުންގެ ސަމާލުކަމަށް އައީއެވެ. މިހާރު ސޯޝަލް މީޑިއާއިން މިފަދަ ޕޯސްޓުތައް ވަރަށް ނުފެނެއެވެ.

މިހާތަނަށް އައިރު އެނގުނު އެއް ކަމަކީ އެމީހުން ބޭނުންކުރާ އެއް އުކުޅު 'ފެއިލް' ވެއްޖެނަމަ އެހެން އުކުޅެއް ބޭނުންކުރާކަމެވެ. ފައިސާ ފޭރެން އިތުރު ގޮތްތަކެއް ހޯދައެވެ. މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. މި ކަންކަމަށް ރައްޔިތުންގެ ލޯތައް ހުޅުވި، އެކަންކަން ހުއްޓޭއިރު އޮންނަނީ. ގިނަ ބައެއްގެ އަތުން ފައިސާ ފޭރިފައެވެ. އެއް ބަޔަކު އުމުރު ދުވަހު ކުރި މަސައްކަތް ފެނަށް ދެއެވެ.

މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުމަކީ ރަށުތެރޭގައި ހިނގާ މިފަދަ ކަންކަން ހުއްޓުވަން ތިބޭ ފުލުހުންގެ ފަރާތުން އެދެވޭ ފިޔަވަޅެއް ނާޅާ ކަމެވެ. މިކަން ކުރާ ފަރާތްތައް ދެނެގަނެ އެމީހުންނަށް ދޭންޖެހޭ އަދަބު ނުދެވޭކަމެވެ. މިއީ ހަމަގައިމުވެސް އާދައިގެ މައްސަލައެއް ނޫނެވެ. މިފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލު ނުކުރެވި ދިގުލައިގެންދާކަމީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

ފޭރުންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު