Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ބަޖެޓް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 7 މިލިން ރުފިޔާ އިތުރުކުރަން ކޮމިޓީން ފާސްކޮށްފި

މިއީ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ނޮވެމްބަރު 2021 | ހުކުރު 07:00
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރަން ބަޖެޓު ކޮމިޓީއަށް ހުށަހަޅަން އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ބަޖެޓު ކޮމިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓާ ބެހޭގޮތުން މަޝްވަރާކުުރުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ ނާއިބު މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ ބަޖެޓުގައި ހިމަނަން މަޖިލީހުގެ ފަރާތުން ހުށަހެޅި އަދަދު ފިނޭންސް މިނިސްޓްރީން އެޕްރޫވްކުރި ނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވިދާޅުވީ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި ހިމެނޭ ކަންކަމަކީ ވަރަށް މުހިންމު ކަންކަން ކަމަށެވެ. އެގޮތުން މިވަގުތު މަޖިލީހުގެ އިމާރާތުގައި ލިފްޓުގެ ދަތިކަން ހުރުމާއި، ކޮމިޓީ ރޫމްތަކުގައި އިދާރީ ބޭނުމަށް ބޭނުންވާ ވަސީލަތްތައް ވެސް އެންމެ އެކަށީގެންވާވަރަށް ނެތްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީ އާއި މަޖިލީހުގެ ޖަލްސާތައް އެކުއެކީގައި ހިނގަމުން އަންނައިރު ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ޖަލްސާތަކުގައި ހިނގާ ކަންކަން އެނގޭނެ ގޮތެއް ނެތުމުން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަނިކަމުގައި ވިދާޅުވިއެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި އަދަދަކީ އެކަންކަން ހައްލުކުރުމަށް ހުށަހެޅި ބަޖެޓެއްކަމަށާއި، އެ އަދަދު މަޖިލީހުގެ ބަޖެޓައް އިތުރުކޮށްދެއްވުމަށް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ލިބުމުން ކޮމިޓީގެ އަޣުލަބިއްޔަތުންވަނީ އެ ހުށަހެޅުން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައެޅީ 191 މިލިއަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލިސްބަޖެޓް 2022

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު