Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމު ދަތުރުފަތުރުގެ ގާނޫނު

ގަރާޖެއް ނެތި އުޅަނދު ރަޖިސްޓްރީ ކޮށްދޭ އިސްލާހު ފާސްނުކުރަން ކޮމިޓީން ނިންމައިފި

އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ނޮވެމްބަރު 2021 | ހުކުރު 04:42
މާލެ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކިންގ ޒޯނެއް

މާލެ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކިންގ ޒޯނެއް

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްނުކުރަން ކޮމިޓީން ނިންމައިފިއެވެ.

ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ. އެ އިސްލާހު ފާސް ނުކުރަން ނިންމައި، މިހާރު ޕާކްކުރުމަށް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށްދިނުމަށާއި، އެކަމުގައި ހުރި މާލީ އުދަގޫތައް ފިލުވައިދިނުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން އިންތިޒާމުތަކެއް ހަމަޖައްސަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި ނިންމުތަކާއެކު މިހާރު ވަނީ ކޮމިޓީ ރިޕޯޓް އެކުލަވާލާފައެވެ.

ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމެއް ނޫން ކަމަށެވެ.

މި އިސްލާހާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޚިޔާލު ވެސް ކޮމިޓީން ވަނީ ހޯދާފައެވެ. ކޮމިޓީއަށް ވަޑައިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ގަރާޖު ހުންނަން ޖެހޭ ކަމަށް އޮންނަ މާއްދާ އުވާލައިފިނަމަ, އެއްވެސް ކޮންޓްރޯލެއް ނެތި ވެހިކަލްތައް މާލޭގައި އިތުރުވެގެންދާނެ ކަމަށެވެ. މުޢިއްޒު ވިދާޅުވީ، ވެހިކަލެއް ގެނެސް އެ ބާއްވާނެތަން ނެތި ދޫކޮށްލައިފިނަމަ އިތުރަށް މާލެ ތޮއްޖެހެން މަގުފަހިވާނެ ކަމަށެވެ. އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިހާރުވެސް ނައްތާލަން ޖެހޭ ވެހިކަލްތައް ވެސް މާލެތެރޭގައި އެކި ތަންތަނުގައި ޕާކްކޮށްފައި ހުރިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

ގަރާޖު ހުއްދަ ދިނުމާއި ގަރާޖުގެ ފެންވަރު ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލަށް މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަވާލުކޮށްފައެވެ.

މާލެއަށް އެތެރެކުރެވޭ ވެހިކަލްގެ އަދަދު ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޓްރާންސްޕޯޓުން އެ މައުލޫމާތު މިހާރު ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށާއި, އެހެންކަމުން ވެހިކަލްތައް އެތެރެ ކުރެވޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް ކޮމިޓީގައި މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގައި ވެހިކަލްތައް ޕާކް ކުރާނެ ޖާގަ އިތުރުކޮށް, ޕާކިންގ ސްލޮޓް ދިނުމަށް ކައުންސިލުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިހާރުވެސް މާލެ ސިޓީގައި ގަރާޖެއް ނުލިބި, ރަޖިސްޓްރީ ނުކުރެވި 400އާ ގާތްކުރާ އަދަދަކަށް ވެހިކަލް އެބަހުރި ކަމަށާއި، މިފަދަ އިސްލާހެއް ގެނެސްފިނަމަ އެއްވެސް ކޮންޓްރޯލެއް ނޯންނާނެ ކަމަށް ކޮމިޓީއަށް ވަޑައިގެން ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީން މީގެކުރިން ވަނީ އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ނިންމާފައެވެ. އެކަމަކު މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ހިމެނޭ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ދެކޮޅު ހެއްދެވުމުން އިސްލާހު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ އޭޕްރީލް 29 ވަނަ ދުވަހުއެވެ.

ޕަރކިންމާލެ ސިޓީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
18 އޮކްޓޯބަރު 2025

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

18 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
03 އޮކްޓޯބަރު 2025

ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި

03 އޮކްޓޯބަރު 2025
ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު