Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްގަމު ދަތުރުފަތުރުގެ ގާނޫނު

ގަރާޖު ސިޓީ އުވާލާ އިސްލާހަށް، މާލެ ސިޓީ ކައުންސިލުން ދެކޮޅު

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 11:45
މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިންގ ޒޯނެއް

މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިންގ ޒޯނެއް

ގަރާޖު ހުންނަން ޖެހޭ ކަމަށް އޮންނަ މާއްދާ އުވާލައިފިނަމަ, އެއްވެސް ކޮންޓްރޯލެއް ނެތި ވެހިކަލްތައް މާލޭގައި އިތުރުވެގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިހެން ވިދާޅުވީ، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި, އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ޚިޔާލު ހޯދުމަށް ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ބުނެފައިވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށައަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށައެޅުން ލާޒިމު ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ، ވެހިކަލެއް ގެނެސް އެ  ބާއްވާނެތަން ނެތި ދޫކޮށްލައިފިނަމަ އިތުރަށް މާލެ ތޮއްޖެހެން މަގުފަހިވާނެ ކަމަށެވެ. އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. ގަރާޖު ސިޓީ މިހާރުވެސް ހޯދަނީ ރަޖިސްޓްރީ ކުރަން ކޮންމެހެން ހޯދަން ބޭނުންވާ ލިޔުމަކަށްވާތީ ކަމަށާއި، ގަރާޖު އެހެން ތަންތަނަށް ބަދަލު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ. މިހެން މިކަން އޮންނައިރު ގަރާޖު ސިޓީ ބޭނުން ނުވާގޮތަށް ކަނޑައެޅިއްޖެނަމަ އެއްވެސް ކޮންޓްރޯލެއް ނެތި ވެހިކަލްތައް އިތުރުވަމުންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިހާރުވެސް ނައްތާލަން ޖެހޭ ވެހިކަލްތައްވެސް މާލެތެރޭގައި އެކި ތަންތަނުގައި ޕާކްކޮށްފައި ހުރިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

ގަރާޖު ހުއްދަ ދިނުމާއި ގަރާޖުގެ ފެންވަރު ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލަށް މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަވާލުކޮށްފައެވެ.

މާލެއަށް އެތެރެކުރެވޭ ވެހިކަލްގެ އަދަދު ކަނޑައެޅުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޓްރާންސްޕޯޓުން އެ މައުލޫމާތު މިހާރު ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށާއި, އެހެންކަމުން ވެހިކަލްތައް އެތެރެ ކުރެވޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގައި ވެހިކަލްތައް ޕާކް ކުރާނެ ޖާގަ އިތުރުކޮށް, ޕާކިންގ ސްލޮޓް ދިނުމަށް ކައުންސިލުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިހާރުވެސް މާލެ ސިޓީގައި ގަރާޖެއް ނުލިބި, ރަޖިސްޓްރީ ނުކުރެވި 400އާ ގާތްކުރާ އަދަދަކަށް ވެހިކަލް އެބަހުރި ކަމަށާއި، މިފަދަ އިސްލާހެއް ގެނެސްފިނަމަ އެއްވެސް ކޮންޓްރޯލެއް ނޯންނާނެ ކަމަށް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ. މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުންއަންނަ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

މާލޭ ސިޓީ ކައުންސިލްވެހިކަލްހުޅުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު