Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭ ސަރވޭއެއް އެޗްއާރްސީއެމުން ހަދަނީ

2008 ވަނަ އަހަރު ގޯތިގެދޮރުގެ ދަތިކަން އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ހެދި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 06:53
މާލެ މަގުމަތި- މި ދިރާސާގެ އަލީގައި މާލެ ސަރަޙައްދުގައި އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބެން ހުރިތޯ ކަށަވަރު ކުރާނެ

މާލެ މަގުމަތި- މި ދިރާސާގެ އަލީގައި މާލެ ސަރަޙައްދުގައި އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބެން ހުރިތޯ ކަށަވަރު ކުރާނެ

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭ ސަރވޭއެއް ހެދުމަށް ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ރާއްޖެއަށް ލިބެމުންދިޔަ ނަމަވެސް، އެކަށީގެންވާ ބޯހިޔާވަހިކަން ނުވަތަ ގޯތިގެދޮރުގެ ހައްގު ލިއްބައިދިނުމުގައި ބޮޑެތި ދަތިތަކަކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ތާރީޚުގައި ބޯހިޔާވަހިކަމުގެ ހައްގާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށައެޅިފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ، 2008 ވަނަ އަހަރު "ރެޕިޑް އެސެސްމަންޓްއޮފް ދަ ހައުސިން ސިޗުއޭޝަން އިން ދަ މޯލްޑިވްސް" ގެނަމުގައި ދިވެހިރާއްޖޭގެ ގޯތިގެދޮރުގެ ދަތިކަން އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއްވެސް ކޮށްފައިވާ ކަމަށެވެ.

މި ދިރާސާގައި ރާއްޖޭގެ ގޯތިގެދޮރުގެ ހާލަތު ދެނެގަތުމަށާއި، އެކަމުގެ ފެށުން ދެނެގަތުމަށާއި، އިންސާނީ ހައްގުތަކާ ބެހޭ އޮނިގަނޑެއްގެ ތެރޭގައި މިފަދަ މައްސަލަތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލާފައިވެއެވެ.

ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަމުގެ މައްސަލަކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ، އިޖްތިމާއީ އޮނިގަޑަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަތަކުގެ ތެރޭގައި، ދުވަހެއް ދުވަހަކަށް މާލޭގައި އިތުރުވަމުން އަންނަ އާބާދީއާއި، ގޯތި ދޫކުރަން އޮންނަ ބިން މަދުވުމާއި، ބިމުގެ އަގު ބޮޑުވަމުން ދިއުމާއި، ގެދޮރުގެ އަގު މައްޗަށް އުފުލެމުންދިއުމުގެ ސަބަބުން ދިރިއުޅޭނެ ތަނެއް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި، ބައިބޯވުމާއި، ޒުވާން އާއިލާތަކަށް ގޯތިދެވޭނެ ގޮތެއް ނެތުމާއި މިނޫންވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮންޖެހުންތައް ހިމެނޭ ކަމަށެވެ،

އޭގެ އިތުރުން، 2008 ވަނަ އަހަރު ހަދާފައިވާ ދިރާސާގެ އަލީގައި މާލެއާއި އަތޮޅުތަކުގައި ގެދޮރުގެ ދަތިކަމާއި، ތަރައްގީވެފައިވާ ސަރަހައްދުތަކަށް ހިޖުރަކުރުމަށް ދިމާވާ ސަބަބުތަކާއި، ގޯތިގެދޮރުގެ ހައްގުތަކަށް އަމާޒުކޮށްގެން ހެދިފައިވާ ގާނޫނުތަކާއި ސިޔާސަތުތަކުން ފާހަގަވާ ކަންތައްތައް ހޯދައި ބަދަލު ގެންނަން ޖެހޭކަންތައްތައް ދަޢުލަތުގެ ވުޒާރާތަކަށް ހުށައެޅިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މި މައްސަލަތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅެމުން ނުދާކަން އޭގެއެތައް އަހަރެއް ފަހުންވެސް ކޮމިޝަނަށް ހުށަހެޅެމުންދާ މައްސަލަތަކުން ފާހަގަވަމުންދާކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދެއެވެ.

ކޮމިޝަނުން ވަނީ ހައުސިން އެސެސްމެންޓް ސާރވޭއެއް އަނެއްކާވެސް ހެދުމަށް ނިންމައި، މި ސާރވޭގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ހިއުމަން ރައިޓްސް ކޮމިޝަނަށް އަންދާސީ ހިސާބު ހުށައެޅުމަށްވެސް އެދިފައިވެއެވެ.

މި ދިރާސާގެ އަލީގައި މާލެ ސަރަޙައްދުގައި އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބެން ހުރިތޯ ކަށަވަރު ކުރުމާއި، ސޯޝަލް އަދި ޕްރައިވެޓް ހައުސިން އަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ދެނެގަތުން ހިމެނެއެވެ.

އެޗްއާރްސީއެމްބޯހިޔާވަހިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު