Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް26

ތިމާވެށީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރެވެން ހުރިކަންކަން ރައްޔިތުންނަށް ބުނެދީ އެކަމަށް ބާރުއަޅަން ޖެހޭ: ޝާހިދު

ގްލަސްގޯއިން ފުރަނީ ނުހަނު ގިނަ އުއްމީދުތަކާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 11:12
އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮޕް26 އިން 1.5 ގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވެންހުރި ކަންކަން ބުނެދީ އެކަމަށް މަސައްކަތްކުރުމަށް ރައްޔިތުންނަށް ބާރުއަޅަން ޖެހޭ ކަމަށް އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގްލާސްގޯގައި ބޭއްވި ކޮޕް-26 ކްލައިމެޓް ކޮންފަރެންސަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަބްދުﷲ ޝާހިދު މިހާރު ވަނީ އެނބުރި ނިއުޔޯކަށް ވަޑައިގެންފައެވެ. ޝާހިދު ވިދާޅުވީ ގްލަސްގޯއިން ފުރަނީ ނުހަނު ގިނަ އުއްމީދުތަކާއެކު ކަމަށެވެ. އަދި ކޮޕް26 އިން 1.5 ގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވެންހުރި ކަންކަން ބުނެދީ އެކަމަށް މަސައްކަތްކުރުމަށް ރައްޔިތުންނަށް ބާރުއަޅަން އެބަޖެހޭ ކަމަށާއި މިކަން ވީހާވެސް އަވަހަށް ކުރަންޖެހޭކަން ބުނެދީ އަދި މިކަމަށް ސާފު މަގެއް، ޓައިމްލައިނެއް އޮތްކަން ބުނެދޭން އެބަޖެހޭ ކަމަށެވެ. އެކަންކަން ހާސިލްވާކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ޑީފޮރެސްޓޭޝަން ނިމުމަކަށް ގެނައުމަށް އިއުލާނު ކުރުމާއި، މާލީ އެހީތެރިކަމާއި އެޑެޕްޓޭޝަންއާއި ނެޓް ޒީރޯ ޓާގެޓްފަދަ ކަންކަމަކީ މިކުރާ މަސައްކަތް ކުރިއަށް ދާކަމުގެ ހެކިތައް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮޕް26 ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިންސާނިއްޔަތަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ޖެނެރަލް އެސެމްބްލީ ހައި-ލެވެލް ޑައިލޮގް އޮން ޑެލިވަރިންގ ކްލައިމެޓް އެކްޝަންގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައްވެސް ކޮޕް-26 ގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ އެހީތެރިކަން ހޯދުމާއި، ޓެކްނޯލޮޖީ ބަދަލުކުރުމާއި، އެޑަޕްޓޭޝަނަށް އިތުބާރުހުރި ވަޞީލަތްތައް ހޯދުމަށް މެންބަރު ގައުމުތަކުން ގޮވާލެއްވިއެވެ.

ކޮޕް26 ގެ 2 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވޯލްޑް ލީޑަރސް ސަމިޓްގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. ޝާހިދުވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ބަންގްލަދޭޝް، ބަލްގޭރިއާ، ބާބެޑޯސް، ބުރޫނާއީ، ކެނެޑާ، ކޮމޮރޯސް، މިސްރު، ފިޖީ، ގިނީ ބިސާ، އިންޑިއާ، ކުވައިތު، މަލާވީ، ދިވެހިރާއްޖެ، ނެމީބިއާ، ޕަލާއު، ސައޮ ޓޯމެ އެންޑް ޕްރިންސިޕޭ، ސީޝެލްސް، ސްރީލަންކާ، ޓެންޒޭނިއާ، ތައިލެންޑް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޓުވާލޫ، ޔޫ.އޭ.އީ އަދި ޔޫރަޕިއަން ކޮމިޝަންގެ އިސްވެރިންނާއި މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން، ޝާހިދު ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ޒުވާނުންނާއެކު ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވަވާފައެވެ. އަދި ޝާހިދުވަނީ ޔޫ.އޭ.އީ އާއި ދިވެހިރާއްޖޭގެ ޒުވާނުންގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަގްވާމީ ޕެނަލްގެ އަންހެން ސައިންޓިސްޓުންނާ ބައްދަލުކުރައްވާ މޫސުމީ ސައިންސާއި ސިޔާސަތުތައް ކަނޑާއެޅުމުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކޮޕް26

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވާނެކަމުގެ ޔަގީންކަން ކޮޕް ބައްދަލުވުމުން ލިބިފައިނުވާތީ، މިނިސްޓަރގެ ކަންބޮޑުވުން

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިނުވާނެކަމުގެ ޔަގީންކަން ކޮޕް ބައްދަލުވުމުން ލިބިފައިނުވާތީ، މިނިސްޓަރގެ ކަންބޮޑުވުން

15 ނޮވެމްބަރު 2021
ދުނިޔެ ސަލާމަތްކުރުމަށް ގްލާސްގޯގައި ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް؟

ދުނިޔެ ސަލާމަތްކުރުމަށް ގްލާސްގޯގައި ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް؟

14 ނޮވެމްބަރު 2021
ކޮޕް26: ފަހުވަގުތު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް މަޢާފަށް އެދިވަޑައިގެންފި

ކޮޕް26: ފަހުވަގުތު އެއްބަސްވުމަށް ބަދަލުތަކެއް ގެންނަންޖެހުމުން ކޮޕް26ގެ ރައީސް މަޢާފަށް އެދިވަޑައިގެންފި

14 ނޮވެމްބަރު 2021
ކޮޕް26: ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އެއްބަހެއް ނުވެވުނު

ކޮޕް26: ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓާލުމަށް އެއްބަހެއް ނުވެވުނު

13 ނޮވެމްބަރު 2021
ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ނިންމާލައިފި

ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ނިންމާލައިފި

13 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު