Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެށީގެ ނުރައްކާ

ރައީސްގެ ހިތަށް ބިރުވެރިކަން، ރައްޔިތުން ވިސްނާކަށް ނުވޭތަ؟

އެގައުމިއްޔަތު ރައްކާތެރިކޮށް ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ ވެސް، އެގައުމެއް ބިންމަތީގައި ވުޖޫދުވެ އޮވެގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 02:50
ކޮޕް26 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަގުރީރު ކުރައްވަނީ،

ކޮޕް26 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަގުރީރު ކުރައްވަނީ،

''މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް މިހާރު ބިރުގަނޭ'' މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ބަސްފުޅެކެވެ. ގައުމީ ދުވަހުގެ ގައުމުގެ ރޫހުގައި ރައްޔިތުންނާ މުޚާތަބު ކުރައްވާ ވަރަށް އުންމީދީ އެތައް މެސެޖްތަކެއް ދެއްވި ނަމަވެސް އެބަސްފުޅުގެ މާނަ ވަރަށް ފުނެވެ. ތިމާވެށީގެ ހާލަތާ ގުޅިގެން އަބަދުވެސް ވަކާލާތުކުރައްވައި ރައީސް ޞާލިޙް، 06 އޮކްޓޫބަރު 2021 ވީ ބުދަ ދުވަހުގެ ރޭ ޖަލްސާގައި ދެއްކެވި ވާހަކަފުޅުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަވަގެންދިޔައެވެ. ތިމާވެށި ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި ހުރިހާ ރައްޔިތުން މަސައްކަތް ކުރަންޖެހިފައިވާކަން ވިސްނައިދޭ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާއިރު، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ނުރައްކާ ދިވެހި ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި އެމަނިކުފާނުގެ މިބަސްފުޅުން ފުދެއެއްނޫންތޯއެވެ.

އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ. ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެގައުމިއްޔަތު ރައްކާތެރިކޮށް ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ ވެސް، އެގައުމެއް ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށެވެ. މި ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް ބިރުގަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި، އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް ކަމަށެވެ.

ތެދެކެވެ! ތިމާވެށީގެ ކަންކަން ގާތުން ބައްލަވައި ރައީސް އެ ވިދާޅުވިހެން މިހާރު ތިމާވެއްޓަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ރާއްޖޭގެ ލޮނުގަނޑު އުފުލެމުންނެވެ. މީގެ ދިހަވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ރާއްޖެއަށް ވިއްސާރަކުރަމުންދިޔަ ގޮތާއި އުދައެރުމާއި ރަށްތައް ގިރުމާއި މިފަދަ ހުރިހާ ކަމަކަށް ބަދަލުތައް އަތުވެއްޖެއެވެ. އެލާޓްތައް ގިނަވެ، ވަށައިގެން ކަނޑުއޮތް ގައުމެއްގައި ކަނޑުމައްޗަށް ނޭރޭވަރަށް މޫސުން ގޯސްވެގެންދާ ދުވަސްތައް ގިނަވާން ފަށައިފިއެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް ކަމާމެދު ޝައްކެތްނެތެވެ. އެހެންކަމުން ދިވެހިން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންވާން ވެއްޖެއެވެ.

ގައުމުގެ ރައީސް ތިމާވެއްޓާ ގުޅިގެން އިންޒާރު ދެއްވިތާ މަހެއް ނުވެއެވެ. އޮކްޓޫބަރު މަހުގެ 28 ވީ ބުރާސްފަތި ދުވަހު ރާއްޖޭގެ ފަލަސުރުހީ ތަކަށް އެރީ ރިސޯޓަކުން ކަނޑަށް ކުނިގޯނިތަކަކާއި، ބޮޑެތި ކުނިކޮތަޅުތައް އުކާލައި، އެކުނިތައް ޑައިވްކުރާ މީހަކު ނަގައިގެން އެރިސޯޓުގެ ރިސެޕްޝަން އޭރިޔާގައި ބެހެއްޓި މައްސަލައެކެވެ. މިއާއެކު މި މައްސަލަ ފެންތިވެ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބަލަން ފެށިއެވެ. ނަމަވެސް ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނާ ވާހަކަ ދައްކާލުމުން އެނގިގެންދިޔައީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގަމުންދާ މަޝްހޫރު ބޮޑެތި ރިސޯޓުތަކުގައި އަދިވެސް ރަނގަޅު ގޮތުގައި ކުނިމެނޭޖް ކުރެވޭ ނިޒާމެއް ނެތް ކަމެވެ. ނެތިދާ ތަކެތި ކަނޑަށް އެޅި ނަމަވެސް ޕްލާސްޓިކާއި، މުރަކަތާއި ފަރުތަކަށް ގެއްލުންދޭ ކުނިތައް އެޅުމަކީ ގާނޫނުން މަނާ ކަމެއް ނަމަވެސް މިއަދާ ހަމައަށް އަމަލުކުރަމުން އައީ އެގޮތަށެވެ. އަދި އާއްމުކޮށް ރިސޯޓުތަކުން މިގޮތަށް ކުނި އުކާލަނީ ރޭގަނޑުގެ ވަގުތު ކަމަށް ވެސް މުވައްޒަފުން ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ރީތިކަން އިސްތިހާރުކޮށް، މަންފާ ހޯދަމުންދާ ސިނާއަތުގެ ހާލަތެވެ. މީގެ އިތުރުން ވެސް ބައެއް ދިވެހިންނާއި، މިގައުމުގައި ދިރިއުޅޭ ބައެއް މީހުން އަދިވެސް ދަނީ ވަކި ތަރުތީބެއް ނެތި ކުނި އަޅަމުންނެވެ. ގިނަ ރަށްރަށުގެ މަލަމަތި ހަޑިކޮށްލަނީ ވެސް މިބުނާ ކުނިތަކުންނެވެ. ގޮނޑުދޮށަށް ކުނި އެޅުމާއި، ގޮނޑުދޮށުން ވެލި ނެގުމަކަށް ބަދަލެއް ނާދެއެވެ. މަނާކޮށްފައި އޮތް ނަމަވެސް ސިއްރުން ވިޔަސް އެކަން ކުރާ މީހުން ކުރެއެވެ. އެކަމާ މާބޮޑަށް އަޅާލާ ބައެއް ވެސް ނޫޅެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ކުނި މޭނޭޖްކޮށް، ރަނގަޅު ގޮތުގައި ކުނި ނައްތާލުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކޭ މީހުން ވެސް ވަކި މަދެއް ނޫނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އޮފިޝަލެއް ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި މިފަހުން ރަށްރަށުން ރުށްގަސް ނަގާ މައްސަލަ ފެންމަތިވި ކަމަށާއި، އެމައްސަލަތައް ބެލި ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ރުށްގަސް ދޫކުރަމުންދަނީ ވިޔަފާރީގެ އުސޫލުންކަން ވެސް ފާހަގަކުރެވިގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުއްދަ ނުގަނާ ގެއްލުން ވާގޮތަށް އަމަލުކޮށްފައިވާ ކޭސްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިފަދަ ނޭއްގާނީ އެންމެހައި ކަންކަމުން ހާމަވެގެންދިޔައީ ވިޔާފާރިއާއި، ތިމާއަށް ލިބޭ ކުޑަ މަންފާއެއްގެ ބޭނުން ހިފުމަށްޓަކައި ގައުމު ނުރައްކަލަކަށް ހުށަހަޅާކަމެކެވެ. ތިމާވެއްޓަށް ވިސްނާލުމެއްނެތި ތިމާވެއްޓަށް ބޭނުން ގޮތެއް ހަދަމުންދާ ކަމެވެ.

ނަމަވެސް ތިމާވެށި ހިމާޔަތްކުރުމަށް ދުވަހަކު ވެސް މަސައްކަތް ނުކުރާ މިންވަރަށް މިސަރުކާރުގައި މިވަނީ މަސައްކަތް ފަށާފައެވެ. އެހެންކަމުން ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް, ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ހަދަން ޖެހެއެވެ. ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދު ވެސް އެމައްޗަށް ބިނާވެފައިވާއިރު، ރާއްޖޭގެ މާހައުލީ ނިޒާމު، އޭގެ ޠަބީޢީ ހާލަތަށް އިއާދަކޮށްދިނުމަށް، އާ އާޒުމަކާއެކު އެންމެން އެކުގައި ތެދުވަން ޖެހެއެވެ. އެހެން ނޫން ކަމަށްވާނަމަ ރައީސް ވިދާޅުވި ފަދައިން މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ!

ރައީސް ސޯލިހުކޮޕް26

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު