Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

ރައީސް ނަޝީދަށް ދިން ހަމަލާއާއެކު މަޖިލީހުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އައި: އަލީ އާޒިމް

ކޮވިޑާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ދިމާވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ނޮވެމްބަރު 2021 | އަންގާރަ 17:13
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް, ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހުމެއް އައި ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދިޔަގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން އާޒިމް ވިދާޅުވީ, މިއަހަރުތެެރޭގައި މަޖިލީހުގެ މަސައްކަތްތަކަށް އެކި ގޮންޖެހުންތައް ދިމާވި ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް, ދިން ހަމަލާއާއި ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރު ނިމުމަކާ ގާތަށް އައިސްފައިވާއިރު، އެކި ގޮންޖެހުންތަކާއެކުވެސް މަޖިލީހުން ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. މިގޮތުން އެމްޑީޕީން ފުރަތަމަ ދައުރުގައި 4 ގަރާރެއް ހުށަހަޅާފައިވާކަމަށާއި، އަދި ފުރަތަމަ ދައުރުގައި އެންމެ ގިނަ ކަންކަން ހުށަހެޅީ މަޖިލީހުގެ ރިޔާސަތުންކަން އާޒިމް ފާހަގަކުރެއްވިއެވެ.

އެގޮތުން މަޖިލީހުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މުހިންމު 2 ކަމެއް ނިންމުމުނުކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމާއި، ކޮމިއުނިކޭޝަން މިިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައި މިނިސްޓަރު މަގާމުން ވަކިކުރެވުން ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތަކުގައި ކޮވިޑާ ގުޅިގެން ކުރިމަތިލާންޖެހުނު ދަތިތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެއަށްފަހު ދެވަނަ ދައުރުގެ މަސައްކަތްތައް ފަށައިގަނެގެން ކުރިއަށްދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު މަޖިލީހުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދައުރުގައިވެސް މުހިންމު މަސައްކަތްތަކެއް ނިންމުނު ކަމަށާއި، އޭގެތެރޭގައި 2 ވަޒީރަކާ ސުވާލު ކުރެވި، ފަނޑިޔާރަކު މަގާމުން ވަކި ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ ތިންވަނަ ދައުރުގެ މިހާތަނަށް 34 ޖަލްސާއެއް ބާއްވާފައިވާއިރު، މި ދައުރުގައިވެސް ގިނަ މަސައްކަތްތަކެއް ނިންމިފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމައި، މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހެޅިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ އާޒިމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު