Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނުގެ ޖަލު ހުކުމް

ގައުމަށްޓަކައި ޔާމީނު ހުންނަވަންވާނީ އަބަދުމެ ޖަލުގައި!

ގައުމަށްޓަކައި ރައީސް ޔާމީނު ބަންދުގައި ބެހެއްޓުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ބައެއް މީހުން ބުނޭ

އ.މ.ޔ
އ.މ.ޔ, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 10:47
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ދެއަހަރު ކީއްކުރަންތޯއެވެ. ވިހި ފަންސަވީސް އަހަރު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބިހާ އެންމެން އެތިބީ ގައުމުގެ ހައްގުގައެވެ. ގައުމަށްޓަކައެވެ. މިނިވަންކަމުގެ ދިފާޢުގައެވެ. ހިތުން ރުހުމުން ޖަލުގައި ތިބޭ ހިތުންނެވެ. އެތަނުން ނިކުތުމަށް ލިބެން އޮތްހާ ފުރުސަތެއް ދޫކޮށްލައިގެނެވެ. އެމީހުން, މީހުން މަރާ ވައްކަންކޮށް ހެދީވެސް ގައުމަށް ޚިދުމަތް ކުރާހިތުން ލޮލަށް ނިދި ނައިސްގެނެވެ. އުމުރުގެ ބޮޑުބައި ޖަލުގައި ހޭދަކުރާ އެންމެންވެސް އެތިބީ ގައުމީ ޚިދުމަތުގައެވެ.

މާތްކަލާކޯއެވެ. ރައީސް ޔާމީނެއް ކަމަކު ތިޔަހެން ގައުމަށް ޚިދުމަތް ކުރައްވަން ނޫޅުއްވާށެވެ. މަނިކުފާނަށް ގައުމު ތިޔަ މުހިންމުވެ ވަޑައިގަންނަވަނީ މާވަރަކަށް ވިއްޔާއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ފަހުގެ ކެމްޕޭނުގައިވެސް މަނިކުފާނު ވިދާޅުވަމުން ގެންދެވީ މަގޭ ގައުމު ކަމަށް ވިއްޔާއެވެ. މަނިކުފާނު ހީފުޅު ތިޔަ ކުރައްވަނީ މުޅި ގައުމަކީ މަނިކުފާނު ކަމަށް ވިއްޔާއެވެ. ގައުމުގެ މާލާއި މުދަލަކީ މަނިކުފާނުގެ އަމިއްލަފުޅު މިލްކު ކަމަށް ވިއްޔާއެވެ. އެހެންވީމާ މަނިކުފާނު ޖަލުގައި ހުންނަވާނީ ގައުމަށްޓަކައި ކަންވެސް ވަރަށް ރަނގަޅަށް އެބަ އެނގެއެވެ.

މަނިކުފާނު އަދިވެސް ވިދާޅުވާ ކަހަލައެވެ. މަގޭ ގައުމުން މަށަށް ނުލިބޭ ހާދަ ބައިވަރެއް އަދިވެސް އެބަހުއްޓެވެ. މުޅިގައުމު އެކުގައި މަށަށް ލިބެންދެން ގައުމަށް ޚިދުމަތް ނުކޮށެއް ނުވާނެތާއެވެ. ވިއްކުނުހައި ފަޅުފަޅާއި ރަށްރަށުން މަށަށް ލިބުނީ ދާދި ކުޑަ މިންވަރެކެވެ. އިތުބާރުކުރި ބައެއް އައުވާނުން މަށަށް އޮޅުވާލައި ލައްކަބައިވަރު ފޮރުވައިފިއެވެ. އެބައިވަރުގަޑާއި ދެންވެސް ލިބެން އޮތް ހުރިހާ އެއްޗެއް މަށަށް ހޯދަން ޖެހެއެވެ. މަގޭ ގައުމުގައި އެހެން މީހެއްގެ އެއްޗެއް ނުއޮންނާނެއެވެ.

އާދޭހެވެ. އެއްބަހެވެ. މަނިކުފާނަށް ޕާޓީއަށްވުރެ ގައުމު މުހިންމު ވާނެއެވެ. ޕާޓީގައި ހިތްޕުޅު ހަމަޖެހޭ ވަރަށް ފަރިއްކުޅުއްވާނޭ މުދަލެއް ފައިސާއެއް ނުހުންނާނެއެވެ. ޚަރަދުވިއްޔާ ވާނީ ގާތުންނެވެ. ގައުމު އެހެނެއް ނުވާނެތާއެވެ. ގައުމުގެ ޚަޒާނާއާއި މުދާ ފަރިއްކުޅުއްވާނެ ވަރަކަށް ފަރިއްކުޅުއްވަން ހިތަކަށް އޮންނާނެތާއެވެ. ނުނިޔަތްލާ ކޮންމެ މީހަކު ހިފާހައްޔަރުކޮށް އަނދަގޮޑި ޖެއްސެވީމާ ނިމުނީތާއެވެ.

އަންތަރީހެއް ނުވާނެ ހެއްޔެވެ. މީސްމީހުން ޖަލަށްލަނީ ހަމަ ލޯބިން ހެއްޔެވެ. ޖަލުގައި ތިބޭ މީހުން އެތިބެނީ އެތާ ތިބޭ ހިތުން ހެއްޔެވެ. ޖަލުން ނިކުތުމަށް ލިބެން އޮންނަ ހަނި ފުރުސަތެއްވެސް ބޭނުން ނުކޮށް ދޫކޮށްލާނީ ކާކުހެއްޔެވެ. އަދުރޭމެންގެ މިއޮންނަނީ ހިޔަޅަށް މޭބިސްކަދުރު ނުބައިވާ އުސޫލެވެ. ލިބިވަޑައިގަންނަވާ ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެން ޖަލުން ނިކުމެވަޑައި ނުގަންނަވަނީ ރައީސް ޔާމީނު ނޫން ކޮން ލީޑަރެއްތޯ އަދުރޭ އެބަ ސުވާލުކުރެއެވެ.

ރައީސް ޔާމީނު ވެރިކަމުގައި ހައްގަކާ ނުލާ ހައްޔަރުކުރި ރާއްޖޭގެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކާއެކު ބައިނަލްއަގުވާމީ ގޮވާލުންތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. ރައީސް ޔާމީނަށް ޖަލު ހުކުމެއް އައުމާ ގުޅިގެން އެކަން ބޮޑުވެގެން އަޑު އުފުލީ އަދުރޭމެން ފިޔަވައި ކާކުތޯއެވެ. އެކަން ކުށްވެރިކުރީ ކޮންގައުމަކުން ކިހާވަރަކަށްތޯއެވެ. ބައިނަލްއަގުވާމީ ކޮން ޖަމާއަތަކުންތޯއެވެ. ހިމާޔަތްދީ ރައްކާތެރިކަން ދިނުމަށް ހުށަހެޅީ ކޮންގައުމަކުން ކޮން އިރަކުތޯއެވެ. ރައީސް ޔާމީނަށް އުފުލުނު ދައުވާގެ ހުކުމެއް ބޭ އިންސާފުކަމަށް ބުނީ ކޮން ކޯޓަކުންތޯއެވެ.

ބަލަގަ! ރައީސް ޔާމީނަށް ލިބިވަޑައި ގަންނަވާ އެއްވެސް ލުޔެއް ދޫނުކުރައްވާނެކަން ކަށަވަރެވެ. ޖަލުން ނިކުމެވަޑައިގަތުމަށް ކިތަންމެ ހަނި ފުރުސަތެއްވެސް ބޭނުންފުޅު ކުރައްވާނެކަން ޔަގީނެވެ. ތިޔަ ވިދާޅުވާ ގައުމަށްޓަކައި ފަޅިސިކުންތެއް ހާއިރުވެސް ޖަލުގައި ކެތް ނުކުރެއްވޭ ކަން ކިތަންމެ ހާވެސް ރަގަޅަށް އެގެއެވެ. އެހެން ނޫންނަމަ ކޮވިޑޭ ކިޔުއްވައިގެން ކީރިތި ކުރައްވާ އާދޭސް ކުރައްވައިގެން ގޭގައި ނުހުންނެވީހެވެ.

ކުރާނީ ކީއްހެއްޔެވެ. ރައީސް ޔަމީނު ޖަލުން ނެރެދޭނެ މީހަކުނެތެވެ. ރައީސް ޔާމީނު މިނިވަން ކުރުމަށް އޮތް އެއްވެސް ޕްރެޝަރެއްނެތެވެ. ގައުމަށްޓަކައި ރައީސް ޔާމީނު ބަންދުގައި ބެހެއްޓުމަށްވުރެ ރަނގަޅު އެއްވެސް ގޮތެއް ގައުމަކަށްވެސް ޔާމީނަކަށްވެސް ނެތެވެ. ޕީޕީއެމަށްވެސް އެންމެ ރަގަޅު ގޮތަކީ އެއީއެވެ. ހަމަ ރަގަޅަށެވެ. ވަގުންނާއި ޚާއިނުން ތިބެން ޖެހޭނީ ޖަލުގައެވެ. އެނގި ސާބިތުވާ ގޮތުން ޔާމީނަކީ ޚިޔާނާތްތެރިއެކެވެ. ގައުމަށްޓަކައި ޔާމީނު ހުންނަވަން ވާނީ އަބަދުމެ ޖަލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

27 ޖެނުއަރީ 2018
ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

23 ޖެނުއަރީ 2018
ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

23 ޖެނުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު