Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނގެތީގެ ހާލަތު

މަހުމޫދުގެ މަރު: ބަންދުކުރި ގިނަ ސަރަހައްދުތައް ހުޅުވާލައިފި، ނަމަވެސް ރަށުގައި އޮތީ ބިރުވެރިކަން!

އެރަށުގެ ގިނަ ބައެއްގެ ބަޔާން ވަނީ ނަގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 18:07
މަހްމޫދު މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ

މަހްމޫދު މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާގުޅިގެން އަދިވެސް އެރަށުގައި އޮތީ ބިރުވެރިކަން ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ; މިމަރާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ރަށުގައި ހަރަކާތްތެރިވަމުންދާއިރު، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މުއާވިޔަތު ވިދާޅުވީ ތަހުގީގާއި ގުޅިގެން ބަންދުކުރި ގިނަ ސަރަހައްދުތައް ހުޅުވާލާފައިވާ ކަމަށާއި، މިހާރު ބަންދުކޮށްފައިވަނީ ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅުނު ގެ ހުންނަ ގޯޅި އެކަނި ކަމަށެވެ.

Advertisement - newsAdvertisement

މުއާވިޔަތު ވިދާޅުވީ އެރަށުގެ ގިނަ ބައެއްގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަހުމޫދުގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނު މީހުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު އެރަށަށް ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތު ކުރި ދެމީހުން ދޫކޮށްލުމުން އެރަށުގެ ރައްޔިތުން ކަންބޮޑުވުންފާޅުކުރާކަން ފާހަގަކުރައްވައި މުއާވިޔަތު ވިދާޅުވީ, އެރަށުގައި އަދިވެސް އޮތީ ބިރުވެރިކަން ކަމަށެވެ. އަދި މަހުމޫދުގެ އާއިލާއަށް އިޝާރާތްކުރައްވައި މުއާވިޔަތު ވިދާޅުވީ, މަޑުމަޑުން އާއިލާގެ ހާލަތުވެސް ރަނގަޅުވަމުންދާ ކަމަށެވެ. ނަމަވެސް މަހުމޫދުގެ އަންހެނުން މުއުމިނާ އުމަރުގެ ހާލު ދެރަކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެންމެ ފަހުން ފުލުހުން ބުނެފައިވަނީ; ހައްޔަރުކޮށްފައިވާ ބިދޭސީއެއް ކަމަށްވާ ޝާ އަލޮމް ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ, ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދައި، ތަހުލީލު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަހްމޫދުގެ ފޯނާއި އައިޑީގެ ކާޑުގެ އިތުރުން މައްސަލައާ ގުޅިގެން ހުރި އިތުރު ހެކިތައް ހިމެނޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ގެޔާ ޖެހިގެން ހުރި ގެއެއްގައި, އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ މީހެކެވެ.

އޮކްޓޫބަރު މަހުގެ 14ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި, 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. މަހުމޫދު ވަޅުން ނެގި ވަގުތު ވަރަށް ގިނަ ލޭ ފޭބިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅުގެ ފުލުހުންގެ އިތުރުން, ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު