Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަފާލާތުގެ ދަށުން އާރްޔާން ޚާން ދޫކޮށްލުން

25 ދުވަހަށްފަހު، ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލައިފި

28 އޮކްޓޯބަރު 2021 | ބުރާސްފަތި 15:06

އާރްޔަން ދޫކޮށްލާފައިވަނީ ގައުމުން ބޭރަށް ދިޔުން މަނާކުރުމާއެކު، އިތުރު 13 ކަމަކަށް ޝަރުތުކުރުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 15:06
އާރްޔަން ޚާން

އާރްޔަން ޚާން

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ސުޕަރ ސްޓާރ ޝާޚުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން 25 ދުވަހަށްފަހު, ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ބޮމްބޭގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

އާރްޔަން ދޫކޮށްލުމުގެ ޝަރީޢަތުގެ އަޑުއެހުން ހައި ކޯޓުގައި ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. އެއަޑު އެހުމުގައި ބުރާސްފަތި ދުވަހު ނިންމާލާފައިވަނީ ކަފާލާތުގެ ދަށުން އާރްޔަންގެ އިތުރުން ދެން ހައްޔަރުކުރި އަރްބާޒްއާއި މުންމުންވެސް ދޫކޮށްލުމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ކުރީކޮޅު ކްރޫޒް ޝިޕެއްގައި, އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯ (އެންސީބީ)އިން ކުރިޔަށް ގެންދިޔަ ރެއިޑެއްގެ ތެރެއިންނެވެ.

މަސްތުވާތަކެތީގެ މައްސަލާގައި އާރްޔަން ބަންދުކޮށްފައި ހުންނަތާ 25 ދުވަސްފަހުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރި ނަމަވެސް އާރްޔަންއަށް އަދި ގެއަށްދެވޭނީ ހުކުރު ދުވަހުއެވެ. އާރްޔަންއާއެކު ދެން ހައްޔަރުކުރި ދެ މީހުން ބަންދުކޮށްފައިވަނީ މުމްބާއީގައި ހުންނަ އާރްތުރް ރޯޑް ޖަލުގައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އާރްޔަން ދޫކޮށްލާފައިވަނީ ގައުމުން ބޭރަށް ދިޔުން މަނާކުރުމުގެ އިތުރުން, 13 ކަމަކަށް ޝަރުތުކުރުމަށްފަހުއެވެ. އޭގެތެރޭގައި މިމައްސަލާގައި ދެން ޝާމިލްވާ އެއްވެސް މީހަކާ އެއްވެސް މުއާމަލާތެއް ނުކުރުމާއި, ކޮންމެ ހުކުރު ދުވަހަކު އެންސީބީ އޮފީހަށް ދިޔުމާއި, އެއްވެސް މީޑިޔާއަކަށް މިމައްސަލައާ ގުޅިގެން އެއްވެސް ބަޔާނެއް ނުދިނުން ހިމެނެއެވެ.

ހައި ކޯޓުން އާރްޔަން ދޫކޮށްލަން އަމުރުކޮށްފައިވަނީ އާޔްރަން ބަންދުގައި ބެހެއްޓުމަށް އެންސީބީން ދައްކާ ހުއްޖަތްތަކަކީ ވުޖޫދުގައި ނެތް ހާލަތެއްކަމަށާއި, އަމިއްލައަށް ހަދައިގެން އުޅޭ ހާލަތެއްކަމަށް ބުނެއެވެ. އާރްޔަންގެ މައްޗަށް އެންސީބީން އަންނަނީ ޑްރަގް ޓްރެފިކް ކުރާކަމުގެ ތުހުމަތުވެސް ކުރަމުންނެވެ. އާރްޔަންގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާއިރު އާރްޔަން ބަންދުގައި ބެހެއްޓުމަށް ކުރަމުންދިޔަ މަސައްކަތްތަކާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެންސީބީއަށް އަމާޒުވެފައެވެ. އެގޮތުން މިއީ ޝާހުގެ ދަރިއަކަށްވުމުން ކުރި ކަމެއްކަމަށް ބުނެވެސް ވާހަކަދައްކާފައިވެއެވެ.

އާރްޔަން ބަންދުކުރި ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ދެ ފަހަރެއްގެ މަތިން ކޯޓުގައި އަޑުއެހުންތައް މީގެކުރިން ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ނިންމާފައިވަނީ ބަންދުން ދޫނުކުރުމަށެވެ. ދަށު ކޯޓުގެ މިނިންމުން އެންމެ ފަހުން ހައި ކޯޓާ ހިސާބަށްގޮސް ކާމިޔާބުކޮށްފައިވާއިރު, މިމަހަކީ ޝާހުގެ އާއިލާއަށް މުހިންމު މުނާސަބަތުތަކެއް އައި މަހެއްވެސްމެއެވެ. އެގޮތުން އާރްޔަންގެ މަންމަ އަދި ޝާހުގެ އަނބިމީހާ ގޯރީ ޚާންގެ އުފަންދުވަސް އޮކްޓޯބަރ މަހު އައިސްފައިވާއިރު ޝާހު އާއި ގޯރީގެ ކައިވެންޏަށް 30 އަހަރު ފުރިފައިވަނީވެސް މިމަހުގެތެރޭގައެވެ.

އާރްޔަން ދޫކޮށްލާފައިމިވަނީ ޝާހުގެ އުފަންދުވަސް އަންނަން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. ޝާހުގެ އުފަންދުވަހަކީ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

10 އެޕްރީލު 2019

އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި

10 އެޕްރީލު 2019
އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި
07 ޑިސެމްބަރު 2018

މީކާ ސިންގް ހައްޔުރުކުރުމަށް ފަހު ދޫކޮށްލައިފި

07 ޑިސެމްބަރު 2018
މީކާ ސިންގް ހައްޔުރުކުރުމަށް ފަހު ދޫކޮށްލައިފި
26 ނޮވެމްބަރު 2018

ނޭހާ ދޫޕިއާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި

26 ނޮވެމްބަރު 2018
ނޭހާ ދޫޕިއާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި
15 އޮކްޓޯބަރު 2018

ސާޖިދު ޚާންގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ހައުސްފުލް 4 ދޫކޮށްލައިފި

15 އޮކްޓޯބަރު 2018
ސާޖިދު ޚާންގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ހައުސްފުލް 4 ދޫކޮށްލައިފި
01 ސެޕްޓެމްބަރު 2018

ހުޝީ އާއި އާރްޔަން ބޮލީވުޑަށް ތާއާރަފް ވަނީ ކަރަންގެ ފިލްމަކުން!

01 ސެޕްޓެމްބަރު 2018
ހުޝީ އާއި އާރްޔަން ބޮލީވުޑަށް ތާއާރަފް ވަނީ ކަރަންގެ ފިލްމަކުން!
07 އެޕްރީލު 2018

ކަފާލަތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި

07 އެޕްރީލު 2018
ކަފާލަތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި
27 ސެޕްޓެމްބަރު 2017

ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި

27 ސެޕްޓެމްބަރު 2017
ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި
08 ސެޕްޓެމްބަރު 2017

ސުޝާންތު "ރޯމިއޯ އަކްބަރު ވޯލްޓާ" ދޫކޮށްލައިފި

08 ސެޕްޓެމްބަރު 2017
ސުޝާންތު "ރޯމިއޯ އަކްބަރު ވޯލްޓާ" ދޫކޮށްލައިފި
18 މެއި 2017

އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި

18 މެއި 2017
އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި
17 މެއި 2017

ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި

17 މެއި 2017
ހިތްހަމަ ނުޖެހިގެން ޕްރީތަމް" ރާބްތާ" ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް