Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ މިނިވަންކަން

މިނިވަން ނުވެގެން އުޅެނީ ޔާމީނެވެ. ދިވެހިންނެއް ނޫނެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ހުރިހާ އެސެޓެއްހެން އޮތީ ވިއްކާ ހުސްކޮށްފައި

އ.މ.ޔ
އ.މ.ޔ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 10:07
ރައީސް ޔާމީން އާއި ޕީޕީއެމްގެ އެއްވުމެއް ދައްކައިދޭ ފޮޓޯއެއް

ރައީސް ޔާމީން އާއި ޕީޕީއެމްގެ އެއްވުމެއް ދައްކައިދޭ ފޮޓޯއެއް

ތާރީޚު ނުދެކޭވަރުގެ ދަރަނިވެރިކަމެއްގެ ތެރެއަށް ރާއްޖެ ވައްޓާލީ ވެރިކަމަށް އައިބަޔަކު އެމީހުންގެ އަމިއްލަ އެދުމުގައެވެ. ޔާމީނުގެ ވެރިކަން ނިމުނު އިރު ދުނިޔޭގެ މާލީ އިދާރާތަކާއި ގައުމުތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ނުދޭވަރަށް ގައުމުވަނީ ދަރަނި ވެރިކުރުވާފައެވެ. ނުވިތާކަށް ރާއްޖޭގެ ހުރިހާ އެސެޓެއްހެން އޮތީ ވިއްކާ ހުސްކޮށްފައެވެ. އަސާސީ ކަންކަން ކުރުމަށާއި ދަރަނި އަދާކުރަން ދަރަނި ވެރިވުންނޫން ގޮތެއް ރާއްޖެއަކަށް މިހާރަކުނެތެވެ. ރާއްޖެއަށް ދަރަންޏެއް ދޭނެވެސް ބަޔަކު ނެތެވެ. މި ނިކަމެތި ހާލަތަށް ގައުމުވައްޓާލާފައި ނިކުމެ ތިބެ ޔާމީނުގެ އައުވާނުން އިސްވެތިބެ މިނިވަން ކަމުގެ ވާހަކަ ދައްކާކަށް ލަދެއް ނުގަނެއެވެ.

ރާއްޖެއަކީ ފުރިހަމަ މިނިވަން ގައުމެކެވެ. ރާއްޖެއަކީ އދ ގެ ފުރިހަމަ މެންބަރެކެވެ. ރާއްޖެއަކީ އެކުވެރި ދައުލަތްތަކުގެ މަދަދާއި އެހީ އިންތިހާއަށް ލިބޭ ގައުމެކެވެ. ޔާމީނު ވެރިކަމުގައި ޖެއްސި ދަރަނީގެ ދަންތުރައިން ރާއްޖެ މިންޖުކޮށް ދިނުމަށް ރާއްޖޭގެ އަތުގައި ހިފައިގެން އޮތީ އެންމެ އެކުވެރި އިންޑިޔާއެވެ. އިންޑިޔާގެ ބިންކުޑަވެގެން ރާއްޖެ ހިފާކަށް އިންޑިޔާ ނޫޅެއެވެ. ޔާމީނުގެ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކޮށްދިނުމަށް އެހީތެރިވުމާއި ރާއްޖޭގެ ރައްޔިތުންނަށް ރާއްކާތެރިކަން ހޯދާދިނުން ނޫން ބޭނުމެއް އެމީހުންގެ ނެތެވެ. ރާއްޖެއިން އިންޑިޔާއަށް ކޮށްދޭހާވެސް ކަމަކީ އިންޑިޔާ ކަނޑުގެ ސަލާމަތާރައްކާތެރި ކަމަށްޓަކައި އިންޑިޔާއިން ކުރަމުން ގެންދާ ކަންކަމަށް އެހީތެރިކަން ފޯރު ކޮށްދިނުމެވެ. މިކަމުގައި އަޅުވެތިވުމެއް އަޅުވެތި ކުރުމެއްނެތެވެ.

އަންތަރީހެއް ނުވާނެ ހެއްޔެވެ. ޔާމީނޫއެވެ. ބަޔަކު އެއްކޮށްގެން ގައުމިއްޔަތާއި މިނިވަންކަމުގެ ނަމުގައި ޖަލުގެ ތޭރިތަކުގެ ފަހަތުން ނިކުންނަށް މަރުފަލި ނުޖަހާށެވެ. ގިނަ ދިވެހި ރައްޔިތުން ތިބީ ނިކަން ހޭލައެވެ. ފިތުނަ އުފައްދައިގެން ތިޔައުޅެނީ ކޮން މިނިވަންކަމެއް ހޯދަންހެއްޔެވެ.

ބަލަ! ވެރިކަމުގަ ތިބިއިރު ރައްޔިތުންނަށް ޖެއްސި ހާލު ހަދާންކޮށް ބަލާށެވެ. ސިޔާސީ ވާދަވެރިން ގޮޅިގޮޅިއަށް ފައްތާލާ އެތައް އާއިލާއެއް މަގުމަތިކޮށްލި ހަދާންވޭހެއްޔެވެ. ފުލުފުލުގައި ނޫސް މަޖައްލާތައް ލައްކައިން ލައްކައިން ޖުރުމަނާ ކުރި ހަދާން ނެތީ ހެއްޔެވެ. ފަނޑިޔާރުންގެ ބަނޑު ބިންމަތީގައި ޖެއްސީ އޮޅިގެން ހެއްޔެވެ. ރަށްރަށާ ފަޅުތައް ނުވިއްކަން ހެއްޔެވެ. ނިކަން ރަގަޅަށް މިނިވަން ކަމުގެ ވާހަކަ ދައްކާލަމާ ހިގާށެވެ.

ނުލިބިގެން ތިޔައުޅެނީ ކޮން މިނިވަން ކަމެއް ހެއްޔެވެ. ހާލަތުއް ޒުރޫރާގެ މިނިވަން ކަންހެއްޔެވެ. ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމުގެ މިނިވަން ކަންހެއްޔެވެ. ރާގޮޑި އުކާލާހެން މަޖިލީހުގެ ފާރުމަތިން މެންބަރުން އުކާލުމުގެ މިނިވަން ކަން ހެއްޔެވެ.

އާއެކެވެ. އެމްއެމްޕީއާރުސީ ދަވާލާ ރައްޓެހިނާ ގާތްމީހުނަށް ބަހާލުމުގެ މިނިވަންކަން ނެތީމާ ލައްކަ ހިތައް ތަދުވާނެއެވެ. މާފަރު އެއަރޕޯޓުން ހާސް ހާހުން ރުއް އުފުރައިގެން ގެނެސް އެމްސީއެލްގެ ނަމުގައި ބިލް ހަދައިގެން މިލިޔަނުން ރުފިޔާނަގާ އެ ފައިސާއާއި ރުއްތަކަށް ވީނުވީ އަންގާނުލާ ދިރުވާލުމުގެ މިނިވަންކަން ނެތިގެން އުޅޭކަން އެބަ އެގެއެވެ. މަގުހަނި ދެތިންގަޑު ޓިނަށް އެލާޖިކް ވެފައި ތިބި ވަގުންނަށް އެތައް މިލިޔަނުގެ އަގުހުރި ލަގްޒަރީ ފްލެޓްގަތުމުގެ މިނިވަންކަން ނެތިގެން އުޅޭނެތާއެވެ. އަތޮޅުތައް ހުރިގޮތަށް ވިއްކާލުމުގެ މިނިވަންކަން ގެއްލުނީމާ ފަޔަށް ހިނިއަރަނީތާއެވެ. އެތައް ރަށަކަށް ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި އެތައް މިލިޔަން ޑޮލަރެއް ކަޅާކޮށްލައި އެރަށްރަށަށުގެ ކަރަންޓު ތޯލާފުޅީގައި ދިނުމުގެ މިނިވަންކަން ނެތުމަކީ ހޭކެނޑޭވަރު ކަމަކަށް ވަނީތާއެވެ. ބުރިޖުގެ ލޯނުން ކޮއްކޯފުޅަށް ސިޓީ ހޮޓަލެއް އަޅާ ދިނުމުގެ މަސައްކަތުގައި ބުރަކި ޖެހުނީމާ އެމިނިވަންކަން ހޯދާން އުޅޭނެތާއެވެ. ދަރުމަވަންތަ ހޮޓަލުގެ ދެވަނަ ޓަވަރު އާޓިފިޝަލް ބީޗް ކުރިމަތީގައި ބިނާކުރަނިކޮށް ވެރިކަން ވެއްޓި އެބިނާ ހުރަގެއަކަށް ބަދަލުވީމާ އަސަރުފަށެއް ކުރާނެތާއެވެ.

މޮޔަނުވާށެވެ. ދިވެހީންގެ ގިނަބަޔަކަށް ވާނުވާ އެގެއެވެ. މިޒަމާނުގައި އެއްބަޔަކު އަނެއް ބަޔަކު އަޅުވެތި ކުރުމަކަށް ދުނިޔޭގައި ފުރުސަތެއްނެތެވެ. އެހެން ނޫނަސް ރަހުމަތްތެރިކަމާ ގާތް ކަމަކީ އަޅުވެތިކަން ކަމަށް ދެކޭ ބަޔަކީ ވިސްނުންކޮށި ބަލިބަޔެކެވެ. ޔާމީނުގެ ބައިވެރިން ތިޔަޖަހަން އުޅެނީ ކޮންސަކަރާތެއްކަން ނޭގިގެން އެބަ އުޅޭ ހެއްޔެވެ. ޔާމީނުގެ މިނިވަން ކަމަށްޓަކާ މަގުތަކަށް ނިކުންނާނެ މީހުން ނެތުމުން ހީލަތްތެރިކަމާއެކު މީހުން ނެރެން ތިއުޅޭ އުޅުމުން ފައިބާނީ ހުޅުބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު