Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިހިވެލި މައްސަލަ

ރިހިވެލި މައްސަލަ އަވަސްކޮށްދިނުމަށް ހައިކޯޓުގައި އެދިއްޖެ

ރިހިވެލި ރިސޯޓު، 15 ނޮވެމްބަރުގައި ހުޅުވާނެކަމަށް ވަނީ އިއުލާންކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޮކްޓޯބަރު 2021 | ހޯމަ 14:12
ރިހިވެލި ރިސޯޓް - ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން

ރިހިވެލި ރިސޯޓް - ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން

ރިހިވެލި ރިސޯޓުގެ މައްސަލަ ނުނިމެނީސް އެ ރިސޯޓް އަލުން ހުޅުވަން މަސައްކަތް ކުރަމުންދާތީ، ކޯޓުގައި އޮތް މައްސަލަ އަވަސްކޮށްދިނުމަށް އެދި ސޭވް ދަ ޑްރީމްސްގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.

ރިހިވެލި ދަ ޑްރީމްގެ ނަމުގައި ހިންގަމުން ދިޔަ ރިސޯޓުގެ ސަބް ލީސް އެއްބަސްވުން ބާތިލްކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އެ މައްސަލަ ކޯޓުން ބަލައި ނުނިމެނީސް, ރިހިވެލި ރިސޯޓު ހިންގުމާ އެހެން ކުންފުންޏަކުން ހަވާލުވެ އަލުން ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ޝަރީއަތުގެ މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާފުވެފައިވެއެވެ.

މި މައްސަލައާގުޅިގެން ސޭވް ދަ ޑްރީމްސްގެ ފަރާތުން ވަކާލު ކުރައްވާ ލިޓިޖެންޓްސް ލޯފަރމުން, ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ, ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ، ހައި ކޯޓުގެ ސޭވް ދަ ޑްރީމް ވ. މާހަލް ޓުއަރސްއާ ގުޅިގެން، 11 އޮކްޓޯބަރ 2021ގެ ސިޓީގައި ފާހަގަކޮށްފައިވާނޭ ފަދައިން، ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ހިމެނިވަޑައިގަންނަވާ ކުންފުންޏެއް ކަމުގައިވާ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ރިހިވެލި ރިސޯޓް މޯލްޑިވްސްގެ ނަމުގައި ބިޒްނަސް ނޭމް އެއް، 5 އޮކްޓޯބަރގައި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.

އަދި މި ބިޒްނަސް ނޭމްގެ ދަށުން ރިހިވެލި ރިސޯޓު، 15 ނޮވެމްބަރގައި ހުޅުވާނެކަމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. 11 އޮކްޓޯބަރ 2021ގައި އޮތް އަޑުއެހުމުގައި، ރިހިވެލި ރިސޯޓު އަލުން ހުޅުވަން އުޅޭ ކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން އިޢުތިރާފުވެފައިވާކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ

އެހެންކަމުން ވާޤިޢާތައް އެގޮތުގައި ހުރުމާއެކު، ވީހާވެސް އަވަހަށް މި މައްސަލައިގެ އަޑުއެހުން މި ހަފްތާގައި ބާއްވަވައި، ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއި ވަގުތީ އަމުރަށް ގޮތެއް ނިންމަވާ ދެއްވުން އެދިފައިވެއެވެ.

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ނިންމައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވެއެވެ.

ކ. މަހާނައެޅި ހުރާގައި ތަރައްގީކޮށްފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރި މައްސަލަ "ސޭވް ދަ ޑްރީމް މޯލްޑިވްސް"ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ.

ޝެއަރ ހޯލްޑަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި, ރިސޯޓުގެ މައްސަލަ ހޫނުވެ, އެންމެ ފަހުން ރިސޯޓު ހިންގުމުގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. ސިވިލް ކޯޓުގެ އަމުރަށް ރިއާޔަތް ކުރުމަށްފަހު، ރިހިވެލި ބީޗް ރިސޯޓުގެ ހިންގުމުގެ ލައިސަންސް ބާތިލުކޮށްފައި ވަނީ 2 ސެޕްޓެމްބަރުގައެވެ.

އެރިސޯޓުގެ ކުރީގެ މެނޭޖްމަންޓާ މިހާރުގެ މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މާހަލް ޓުއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް، 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު