Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރޯގާ އިތުރުވުން

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަނީ، ސަމާލުވޭ!

އޮކްޓޫބަރު މަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް ޕޮޒިޓިވް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2021 | ބުރާސްފަތި 17:35
މާލެ ސިޓީގެ މަޖީދީ މަގު

މާލެ ސިޓީގެ މަޖީދީ މަގު

މާލެ ސަރަހައްދުން އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާތީ، އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން، އޮކްޓޫބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ވަނީ ރިޕޯޓްކޮށްފައިވާ ކަމަށާއި، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ އަދަދު ވެސް ގިނަވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އޮކްޓޫބަރު މަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލުގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރު ވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ކޮވިޑް-19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑް-19ން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެގޮތުން 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަށް ފަރުވާދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑު މީހުން، ދިފާއީ ނިޒާމު ބަލިކަށި މީހުން، އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމާއި، އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުމާއި، އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައި ވެސް މާސްކް އަޅައިގެން އުޅުމާއި، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅެންޖެހޭ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމާއި، ކޮވިޑް-19 އަށް ނެގެޓިވް ވީކަމުގައި ވިޔަސް، ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ގޭގައި މަޑުކުރުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ޚާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުމާއި، ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން، އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު