Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގެ ހާލަތު

ޖިހާދަށް ފޮނުވުމަށް ޖަލުގައި ޓްރެއިން ކުރޭ – މުހައްމަދު ރަޝީދު

ވާނުވާ ބަންދުގައި ބިދޭސީންނާއެކު މިހާރު ޖަލުގައި ތިބި މީހުންގެ އަދަދު 370ށްވުރެ އިތުރުވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އޮކްޓޯބަރު 2021 | އަންގާރަ 08:38
މުހައްމަދު ރަޝީދު - މައްޗަންގޮޅި އުތުރު ދާއިރ

މުހައްމަދު ރަޝީދު - މައްޗަންގޮޅި އުތުރު ދާއިރ

ޖިހާދަށް ފޮނުވުމަށް ޖަލުގައި ޓްރެއިން ކުރާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އަންގާރަ ދުވަހުގައި ހުށަހެޅުނު، ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭނގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ދެމުން ނުދާ ކަމަށްބުނެ ހުށަހެޅުނު މައްސަލައަށް ވާހަކަދައްކަވަމުންނެވެ. މުހައްމަދު ރަޝީދު ވިދާޅުވީ، މިހާރުވެސް އެތައް ސަތޭކަ ބަޔަކު ވާނުވާގައި ތިބިއިރު އެތަނުގައި ކުރާ މައިގަނޑު ކަންތަކަކީ، މަސްތުވާތަކެތި ވިއްކުމާއި، ބޭންކް އެކައުންޓްތަކުގައި ހުންނަ ފައިސާ އޮޅުވާލައިގެން ހޯދުމާއި، މޮބައިލް ފޯނު ވައްދައިގެން މިޝަންތައް ހިންގުން ކަމުގައެވެ.

Advertisement - newsAdvertisement

ސިއްޙީ ޚިދުމަތް ނުދެވި ފަރުވާ ނުދެވޭ ވަހަކައަކީ އައު ވާހަކައެއް ނޫން ކަމަށެވެ. އެމްޑީޕީން ތަކުރާރުކޮށް މި ވާހަކަ ދައްކާ ކަމަށާއި، ބޯނެ ފެންފޮދެއް ނުދީ ވެސް އެތަނުގައި ބައިތިއްބާފައި އެބަހުރި ކަމަށެވެ. އެވާހަކައަކީ ތަކުރާރުކޮށް އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ވާނުވާ ޖަހާ ޖަލަށް މީހުން ގެންގޮސް އެމީހުން ރިހެބިލިޓޭޓް ކުރުމަށް ޕްރޮގްރާމްތަކެއް ޖަލުގައި ނުހިންގާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މުޖުތަމަޢަށް ރިހެބިލިޓޭޓްކޮށް ޖަލުން ރިހެބިލިޓޭޓް ނުކޮށް މިކަން ރަނގަޅު ނުވާނެ ކަމަށާއި، މިއީ ޚާއްސަ ނިޒާމެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވާނުވާ ބަންދުގައި ބިދޭސީންނާއެކު މިހާރު ޖަލުގައި ތިބި މީހުންގެ އަދަދު 370ށްވުރެ އިތުރުވާނެކަން ޔަގީން ކަމަށާއި، ބިދޭސީންނާއެކު ތިބީ ކިހާ ބައެއްތޯ މަޖިލީހަށް އެނގޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މުޖުތަމަޢަށް ކުށްވެރިން ބަލައިގަނެވޭނެ ސިޔާސަތެއް ހެދުން މުހިއްމު ކަމަށާއި، ޖަލުން ނުކުންނަ އެތައް ބަޔަކު ޖިހާދަށް ދާން ތައްޔާރަށް ތިބޭކަމަށް ވިދާޅުވިއެވެ. މިކަމަށް ޖަލުގައި ޓްރެއިން ކުރާކަން އެއީ އެނގޭ ހަގީގަތެއް ކަމަށްވާއިރު އެކަން ބަލަންޖެހޭ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ހުރިހާ ކުށްވެރިން އެއްތަނެއްގައި ގެންގުޅުމަކީ އެކަމުން ނުރަނގަޅު އަސަރު އެންމެންނަށް ކުރާ ކަމެއް ކަމަށާއި، މިކަން ބެލުމަށް ރަނގަޅު ނިޒާމެއް މިކަން އެކުލަވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. ސިސްޓަމް ރަނގަޅަށް ހިނގާނެ ގޮތެއް މަޖިލީހުގެ ތެރެއިން ވެސް ހޯދަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

ޮކޮމިޝަނަރ އޮފް ޕްރިޒަންސްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު