Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮސްލޯ ފްރީޑަމް ފޯރަމް

ރާއްޖެ އޮތީ އަދިވެސް ވަރަށް ނުތަނަވަސް ހާލަތެއްގައި، އުންމީދު ދޫކޮށްނުލަން: ރައީސް ނަޝީދު

23 މެއި 2017 | އަންގާރަ 18:11

ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅަށް ބައްލަވާލެއްވި

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 23 މެއި 2017 | އަންގާރަ 18:11
ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮސްލޯގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮސްލޯގައި

ރާއްޖެ އޮތީ އަދިވެސް ވަރަށް ނުތަނަވަސް ހާލަތެއްގައި ކަމަށްވީ ނަމަވެސް، އުންމީދު ދޫކޮށް ނުލައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ އޮސްލޯ ފްރީޑަމް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Advertisement - newsAdvertisement

"އާފްޓަރ ދަ ކޫ އިން މޯލްޑިވްސް" (ރާއްޖެ ބަޢާވަތަށްފަހު) މި މައުޟޫއަށް ދެއްކެވި ވާހަކަފުޅުގައި ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ރާއްޖެ، ޑިމޮކްރަސީގެ މަގަށް ގެނައުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ބައްލަވާލަައްވާފަ އެވެ. އެގޮތުން، 1989 އަހަރުން ފެށިގެން މިއަދާއި ހަމައަށް ކުރައްވަމުން ގެންދެވި ދަތި ހާލަތާއި އޭރާއި މިހާރުގެ ސަރުކާރުތަކުން ކުރިމަތިކުރުވަމުން ގެންދިޔަ ދަތިތަކަށް އަލިއަޅުއްވާލެއްވި އެވެ.

"ކުޅަދާނަ ޑިކްޓޭޓަރުން ބޭނުންވަނީ ހަމައެކަނި މައުލޫމާތެެއް ނޫން. ޑިކްޓޭޓަރުން ބޭނުންވަނީ ދައުލަތަށް އެމީހަކު އެއްކޮށް ސަރެންޑަރ ކޮށް، އެކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް... އަޅުގަނޑު ބޯހަރުކަމުން، (އެބޭފުޅުން ކުރަމުން އައި ތުހުމަތުތަކަށް) އިއުތިރާފު ނުވީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެބުރަ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔަ ކަމަށާއި އެނަތީޖާ ފެނިގެންދިޔައީ ރައްޔިތުންނަށް އެމީހުންގެ އަމިއްލައަށް ގައުމުގެ ކަންކަން ނިންމުމުގެ ހިތްވަރު ލިބި، 2008 ވަނަ އަހަރު މިނިވަން އިންތިހާބެއް ބާއްވާ، އެ އިންތިހާބުން ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްވުމުން ކަމަށެވެ. ނަމަވެސް، 2012 ވަނަ އަހަރުގެ ބަޣާވަތާއި ގުޅިގެން އެ ހާލަތް ބަދަލުވެގެންދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ ތެރެއިން އައި ބަޣާވަތަށް އެންމެ ބޮޑަށް އެއްބާރުލުން ލިބިގެންދިޔައީ ދީނީ ހައްދު ފަހަނައަޅާފައިވާ ފިކުރުކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ނަޝީދު ވަނީ ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރުގެ ސަރުކާރަށް ގަބޫލުނުކުރެވި، އެތަށް ފަހަރެއްގެ މަތިން ބާތިލްކޮށް، ކެންސަލް ކުރި ކަމަށް ވިދާޅުވި އެވެ. އަދި، އިންތިހާބުގެ ނަތީޖާއާ ހަމައަށް ދެވިފައިވަނީ މިހާރުގެ ސަރުކާރަށް ކާމިޔާބުވުމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިނިވަން މީޑިޔާ އާއި މިނިވަން ވިސްނުމަށް ގިނަ ދަތިތަކެއް ކުރިމަތިކުރުވަމުންދާ ކަމަށް ފާހަގަކުރައްވަވާ، ރައީސް ނަޝީދު ވަނީ ބްލޮގަރ ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގައި އިދިކޮޅު ފަރާތްތަަކަށް ނުތަނަވަސްކަން އޮތް ނަމަވެސް، އިދިކޮޅު ފަރާތްތައް އެއްކޮށް ނައްތާުލުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވަނީ ވަރަށް ކުރު މެސެޖެއް. އެއްވެސް ގޮތަކަށް އުންމީދު ދޫކޮށްނުލާ. ކުރަމުންދާ މަސައްކަތް ހުއްޓާލުމަކީ ވަރަށްވެސް ފަސޭހަކަމެއް... އެހެންވެ، ބޮޑު އަދަދުތަކުން މީޑިޔާތައް ޖޫރިމަނާ ކުރަނީ. ޚިޔާލުފާޅު ކުރާ މީހުން މަރަނީ. އުންމީދު ދޫކޮށްލުމަކީ ޑިކްޓޭޓަރުން ބޭނުންވާ ގޮތް. އެމީހުން ބަލިކުރެވޭނޭ ހިތްވަރު ދޫނުކޮށް (ކުރަމުންދިޔަ މަސައްކަތް ކުރިއަށް ގެންދިޔުމުން). ޑިކްޓޭޓަރުންނަށް ވަރަށް ގިނަ ކަންތައްތައް ކުރެެވޭނެ. އެކަމަކު، އެމީހުންނަކަށް މަޖުބޫރެއް ނުކުރެވޭނެ އުންމީދު ދޫކޮށްލާކަށް. އެބާރު އޮތީ ހަމަައެކަނި ތިފަރާތުގައި،" ނަޝީދު ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

އޮސްލޯ ފްރީޑަމް ފޯރަމް އަކީ، އަމާންކަމާއި، ތަރައްޤީ އާއި މިނިވަންކަން ޕްރޮމޯޓްކުރާ ފޯރަމެކެވެ. މި އަހަރު ބާއްވާ މި ފޯރަމް އަކީ މި ސީރީޒްގައި ބާއްވާ 9 ވަނަ ފޯރަމްއެވެ. ފޯރަމްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެކްޓިވިސްޓުންނާއި، އާޓިސްޓުންނާއި، ނޫސްވެރިން ބައިވެރިވާނެ އެވެ. މީގެ އިތުރުން އެކި ޤައުމުތަކަށް އަރުވާލެވިގެން އުޅޭ ސިޔާސީ ކުށްވެރިންނާއި، މިހާރު ސަލާމަތްވެފައިވާ ސިޔާސީ ކުށްވެރިންވެސް މި ފޯރަމްގައި ބައިވެރިވެ، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެއެވެ.

ހޯމަ ދުވަހު މި ފޯރަމް ރަސްމީކޮށް ފަށާއިރު، ހޮނިހިރު ދުވަހުން ފެށިގެން ފޯރަމްގެ އެކިއެކި ނުރަސްމީ ހަރަކާތްތައް ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް