Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީންގެ ޝަރީއަތް

އަމީންގެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި

3 އޮކްޓޯބަރު 2021 | އާދީއްތަ 09:00

ގާނޫނު މާނަކުރުމުގައި އޮޅުންތަކެއް ހުރިކަން ފާހަގަކުރެވުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޮކްޓޯބަރު 2021 | އާދީއްތަ 09:00
ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީންގެ ޝަރީއަތް ކުރިއަށްދަނީ

ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީންގެ ޝަރީއަތް ކުރިއަށްދަނީ

ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އަމީންގެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު އޮތް އަޑުއެހުމަކީ މި މައްސަލައިގެ ގޮތް ނިންމެވުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އެބޭފުޅުންގެ ރައުޔު އިއްވަވާފައެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވެވުމަށްފަހު ވިދާޅުވީ، އަމީންގެ މައްޗަށް ދައުވާ ކުރުމަށް މުއްދަތު ގުނާނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އަމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށާއި، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ހައިކޯޓުން ބާތިލުކޮށްފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ އުސޫލުތަކާ ޚިލާފަށްކަމަށް ޤަބޫލު ކުރައްވާކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.

"މިގޮތަށް މި މައްސަލަ ނިމުމުން، ކްރިމިނަލް ކޯޓުން ބަލަމުންދިޔަ (853 އަދި 854 ވަނަ ގަޒިއްޔާ) ތަކުން ބަލަމުންދިޔަ މައްސަލަތައް ހައިކޯޓުން އެ ގަޒިއްޔާތައް ބާތިލު ކުރުމުގެ ކުރިން ބަލަމުން ދިޔަ ހިސާބުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ކުރިއަށް ގެންދަންޖެހޭނެކަމަށް ދެކެން، މިގޮތުން މައްސަލަ ބަލާއިރު އިދާރީ ގޮތުން ހުރި ކަންކަން ފުރިހަމަ ކުރުމަށްޓަކައި މި މައްސަލައަށް އާ ގަޒިއްޔާ ނަންބަރުތަކެއް ދީގެން ކުރިއަށް ގެންދިއުމަށް ހުރަހެއް އޮތްކަމަށް ނުދެކެން"

ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުވެސް ވަނީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ތާއީދު ކުރައްވާފައެވެ. އެއާއެކު މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

މައްސަލައިގެ ޚުލާސާއެއް:

އަމީނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުކޮށްފައިވާ މީހެއްކަމަށްވާތީ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭ މުއްދަތުގައި ދައުވާކޮށްފައި ނުވާކަމަށް ބުނެ އަމީންގެ ފަރާތުން ދައުވާތައް ބާތިލުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅިއެވެ. ހަމައެއާއެކު، ދެ ދައުވާއަކީވެސް އެއް ވާގިއާތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއްކަމަށް ބުނެ އަމީންގެ ފަރާތުން ވަނީ ދައުވާތައް ބާތިލުކޮށްދިނުން އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. ނަމަވެސް އެ ހުށައެޅުން ޤަބޫލު ނުކުރުމުން އަމީންގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހައިކޯޓުން މި މައްސަލަ ނިމުނީ އަމީންއާ އެއްކޮޅަށެވެ. ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އަމީން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަލާއިރު އަމީންގެ މައްޗަށް ހައްޔަރުކުރިތާ 30 ދުވަސް ތެރޭ ދައުވާ ކުރަން ޖެހެ އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ދުވަސް ހަމަވި ފަހުންނެވެ. އެއީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ މުއްދަތަށް ބަލައި، ބަންދުކުރިތާ 45 ދުވަސްވުމުގެ ކުރިންނެވެ.

އެހެންނަމަވެސް، ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ މައިގަނޑު 2 ނުކުތާއެއްގެ މައްޗަށެވެ. އެގޮތުން އަމީންގެ މައްޗަށް ހިނގާނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު ކަމަށާއި، މި މައްސަލައަކީ ކްރިމިނަލް ކޯޓުން މައުޟޫޢީ ގޮތުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ދައުލަތުން ބުނެފައިވަނީ މި މައްސަލައަކީ ކްރިމިނަލް ކޯޓުން މައުޟޫޢީ ގޮތުން ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިފައެވެ. ދައުލަތުގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރައްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގައި މާނަކުރެއްވުން އެނޫން ގޮތަކަށް މާނަކުރައްވައިގެން ހައިކޯޓުން މައްސަލަ ނިންމަވާފައިވާތީ ހިތްހަމަ ނުޖެހުން އެބައޮތް ކަމަށެވެ. އަދި ޚާއްސަ ގާނޫނާއި އާންމު ގާނޫނު އެއްތަނެއްގައި އޮވެއްޖެނަމަ ސުޕްރީމް ކޯޓުން މީގެކުރިން ނިންމަވާފައިވާ ޤަޟިއްޔާތަކުގައި ނިންމަވާފައިވާ ގޮތަކީ ޚާއްސަ ގާނޫނުގައި އެވާހަކަ އެބައޮތްތޯ ބެލުން ކަމަށާއި، އެ ސުވާލުގެ ޖަވާބަކީ އާއެނކޭ ކަމުގައިވާނަމަ ހާއްސަ ގާނޫނަށް އަމަލުކުރަންވާނެ ކަމަށެވެ. އަދި ނޫން ނަމަ އާންމު ގާނޫނަށް ރުޖޫއަވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
23 ސެޕްޓެމްބަރު 2024

ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!

23 ސެޕްޓެމްބަރު 2024
ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!
19 ސެޕްޓެމްބަރު 2024

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

19 ސެޕްޓެމްބަރު 2024
ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް