Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހުން ބިނާކުރުން

މީހުން ބިނާ ކުރުމުގައި، ދުވަހަކު ވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން ކޮށްފި – މިނިސްޓަރ ހަސަން

3 އޮކްޓޯބަރު 2021 | އާދީއްތަ 06:37

މި ޕެންޑެމިކްގައި އެންމެ ދަތިއުނދަގޫ ދުވަސްވަރުގައި ވެސް މި ސަރުކާރުން މީހުން ބިނާކުރުމަށް ޓަކައި އެކުލަވައިލި އެއްވެސް ޕްރޮޖެކްޓަކަށް އުނިއިތުރެއް ނުގެންނަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 އޮކްޓޯބަރު 2021 | އާދީއްތަ 06:37
ޑރ. އިބްރާހީމް ހަސަން - ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ

ޑރ. އިބްރާހީމް ހަސަން - ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ

މީހުން ބިނާ ކުރުމުގައި، ދުވަހަކު ވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން ކޮށްފި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މީހުން ބިނާކުރުމަށް ޓަކައި އަދި ޚާއްޞަކޮށް މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާއި، އޭގެ އެކްސެސަބިލިޓީއާއި އެފޯޑިބިލިޓީއަށް ބަލާއިރު، ދުވަހަކު ވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން ކޮށްފައިވާކަމަށެވެ. ރިޔާސީ ވަޢުދުތަކަށް ބައްލަވައިލެއްވިޔަސް އެކަން ވަރަށް ސާފުކޮށް އެނގިވަޑައިގެންނަވާނެ ކަމަށާއި، އެންމެ ފުރަތަމަ ކަމަކަށް ފަސްޓް ޑިގްރީ ސްކީމުގައި ރާއްޖޭގައި މިހާރު މި އޮތީ ފުރަތަމަ ޑިގްރީއަށް ތަޢުލީމު ހާސިލުކުރުން މި އޮތީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންގޮސްފައި ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މި ޕެންޑެމިކްގައި އެންމެ ދަތިއުނދަގޫ ދުވަސްވަރުގައި ވެސް މި ސަރުކާރުން މީހުން ބިނާކުރުމަށް ޓަކައި އެކުލަވައިލި އެއްވެސް ޕްރޮޖެކްޓަކަށް އުނިއިތުރެއް ނުގެންނަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، މާއްދާތަކުން މަތީ ވަނަ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕް ވެސް ދެމުން އައި ކަމަށް ވިދާޅުވިއެވެ. ބޭނުން ތަނަކަށް ބޭނުން ދާއިރާއަކުން ކިޔަވައިދިނުމުގެ ފުރުޞަތު ރައްޔިތުންނަށް ޕެންޑަމިކްގައި ވެސް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.  

މި ޕެންޑެމިކުގެ ހާލަތުގައި ފާހަގަކުރެވުނު، ފަތުރުވެރިކަމުގެ ދާއިރާއިން ވަރަށް ގިނަ ބަޔަކު ރާއްޖެ ދޫކޮށްލާފައި ދިޔުމުން، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ޓަކައި ޚާއްޞަ ޕްރޮޖެކްޓެއް 'ސްކިލްޑް ފޯރ ރެޒިލިއަންޓް ވޯކްފޯސް'ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފެށިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ވޯލްޑް ބޭންކުގެ އެހިތެރިކަމާއެކު ކުރިއަށްދާ މި ޕްރޮޖެކްޓު މިހާރު ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. ޕްރައިވެޓް ސެކްޓަރަށް އެކަނިވެސް ހަ ސަތޭކައަށް ވުރެ ގިނަ ޒުވާނުން ތަމްރީންކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މީހުން ބިނާކުރެވޭނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން އެކުގައި އެއް އަމާޒަކަށް، އެއް މަޤްޞަދެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ. މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ވެސް ފެންނަމުން އެބަދާ ކަމަށާއި، މި ކުރާ އިންވެސްޓުގެ ފުރިހަމަ ނަތީޖާ ފެންނާނީ ދެތިން އަހަރު ފަހުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް