Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، އިންޑިއާގެ ހާލަތު

މަސްތަކަކަށްފަހު، އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް

30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 02:09

ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 02:09
އިންޑިއާއިން ކޮވިޑް ޓެސްޓްކުރުން

އިންޑިއާއިން ކޮވިޑް ޓެސްޓްކުރުން

ބުދަ ދުވަހަކީ އިންޑިއާއިން މި ފަހަކަށް އައިސް, ކޮވިޑްގެ ކޭސްތަކާއި ބަލީގައި މަރުވި މީހުންގެ ކޭސްތަކުގެ އަދަދު އެންމެ ދަށް ދުވަސް ކަމަށް އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ މާޗް މަހަށްފަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް މައްޗަށް ދިޔަ ނަމަވެސް ބުދަ ދުވަހު ވަނީ ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައި ކަމަށެވެ. ހަމައެހެންމެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ.

އިންޑިއާއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 18،870 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވަނީ 378 މީހުންނެވެ.

ޕޮޒިޓިވްވާ އަދަދު ދަށްވާން ފެށުމުން އިންޑިއާގެ ސިއްހީ އޮފިޝަލުން ވަނީ މިއީ އުފާވެރި ޚަބަރެއްކަމަށް ބުނެފައެވެ. އަދި ކުރިޔަށް އޮތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

ކޮވިޑް ކޮންޓްރޯލްނުވެ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިންޑިއާއިން އޮކްސިޖަން ހުސްވެ, ބޭރު ގައުމުތަކުގެ އެހީއަށް ވެސް އެދެން ޖެހުނެއެވެ. އެހެންނަމަވެސް މި މަހުގެ ކުރީކޮޅުން ފެށިގެން އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.  

އިންޑިއާކޮވިޑް-19

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް