Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޫނިއަރ ކޮލެޖް

ޖޫނިއަރ ކޮލެޖްގައި 2023ވަނަ އަހަރު ކިޔަވާދޭނެ - މިނިސްޓަރ ޙަސަން

29 ސެޕްޓެމްބަރު 2021 | ބުދަ 11:55

އިންވެސްޓަރެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ސެޕްޓެމްބަރު 2021 | ބުދަ 11:55
ޑރ. އިބްރާހީމް ޙަސަން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ޑރ. އިބްރާހީމް ޙަސަން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ހއ. ދިއްދޫ ޖޫނިއަރ ކޮލެޖްގައި 2023ވަނަ އަހަރު ކިޔަވައިދޭން ފެށޭވަަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ, ދިއްދޫގައި ގާއިމްކުރަން ނިންމާފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެމްބަރު ކުރެއްވި ސުވާލަކީ, ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދަކަށް ވީހިނދު، އަދި އެ ޕްރޮޖެކްޓަކީ2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ހިމެނިފައިވާ ޕްރޮޖެކްޓެއްކަމާއި, 2021 ވަނަ އަހަރުގެ މިހިސާބަށް އައިއިރުވެސް، އެ ކޮލެޖް ޤާއިމުކުރެވިފައިނުވާތީ، އެ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިއޮތް ހިސާބަކީ ކޮބައިތޯއެވެ؟ އަދި އެ ކޮލެޖް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނީކޮން ތާރީޚަކުތޯއެވެ؟ އަދި އެ ކޮލެޖް ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފެށޭނީ ކޮން ތާރީޚަކުތޯއެވެ. މިނިސްޓަރ ވަނީ މިކަމުގެ ތަފްސީލް ހިއްސާ ކުރައްވައި, މިހާރު ކުރެވިފައި ހުރި މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ, ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް 2022ގެ ފަހުކޮޅަށް ނިމި ކޯސްތަކަށް އިއުލާން ކުރެވޭވަރުވާނެ ކަމަށެވެ. އަދި 2023ވަނަ އަހަރު އެތަނުގައި ކޯސްތައް ފެށި ކިޔަވައިދޭން ފަށާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ, ކޮލެޖްގެ މަސައްކަތް ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންގޮސް ނިންމާލުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. ފަހަރަކު ތަންކޮޅެއްގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެއްކޮށް މަސައްކަތް ގެންދިޔުމަށްޓަކައި, ޕީޕީއައިގެ ދަށުން އިންވެސްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ. މިގޮތަށް ނިންމީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ. ޖޫނިއަރ ކޮލެޖްގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލާވެސް މަޝްވަރާ ކުރުމާއެކުގައި ކަމަށާއި, ޖޫނިއަރ ކޮލެޖް ވަކި ދާއިރާއަކަށް ޚާއްސަ ކުރުުމަށް މަސައްކަތްތަކެއްވެސް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކޮލެޖް އެޅުމަށް ބޭނުންވާ ބިން ހޯދުމަށްވެސް ކައުންސިލާއެކު މަޝްވަރާކުރެވި, ބިން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިންވެސްޓަރެއް ހަމަޖެހުމާއެކު އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަ ގޮތުގައި ގެނެސް ދިނުމަށް މަސައްކަތް ކުރިން 11 އޮކްޓޯބަރގައި ރައީސާއެކު މަޝްވަރާ ކުރެއްވިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިއްދޫގައި ޖޫނިއަރ ކޮލެޖް އެޅުމުގެ މަސައްކަތަށް 2019 ވަނަ އަހަރު 1.6 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި 3 ލައްކަ ރުފިޔާ ކަނޑައެޅިއެވެ. މި ބަޖެޓުގެ ތެރެއިން ޑިޒައިންގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް މުޅިން އަލަށް ތަޢާރަފްވާ މޮޑެލްއެކެވެ. މި މޮޑެލްގެ ކޮލެޖުތައް ޚާއްސަކުރާނީ އޯލެވެލް ނިންމާފައި ނުކުންނަ އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. މި ކޮލެޖްތަކުގައި ހިންގާނީ 2 އަހަރުގެ މުއްދަތުން ހިންގާ ކޯސްތަކާއި ތަމްރީންތަކެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް