Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

އެކަކު މަދުކޮށް ކުޅެ ޑޯޓްމުންޑަށް ނާކާމިޔާބު

ތާވަލުގެ ހަތަރުވަނައިގައި ޑޯޓްމުންޑް އޮތީ ހަ މެޗުން 12 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 21:59
މޮންޗެންގްލަޑްބަކާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މޮންޗެންގްލަޑްބަކާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެކަކު މަދުކޮށް ކުޅެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮންޗެންގްލަޑްބަކް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑާއި، އެ ޓީމުގެ ކެޕްޓަން މާކޯ ރެއުސް ކުޅެފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މޮންޗެންގްލަޑްބަކުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ޒަކަރިއާއެވެ.

އޭގެ ތިން މިނެޓު ފަހުން ޑޯޓްމުންޑުގެ މަހްމޫދު ދާއޫދަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރެފުރީ ދެވަނަ ރީނދޫ ކާޑު ދައްކާފައިވަނީ މޮންޗެންގްލަޑްބަކުގެ ޖޯސެފް ސްކޭލީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ ދެވަނަ ހާފު އެއްކޮށް ޑޯޓްމުންޑުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މި ހާފުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކުރަން ޑޯޓްމުންޑުގެ ތޯގަން ހަޒާޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ހުހަށްހުރެ އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ހޮފެންހެއިމް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމާއެކު ވުލްފްސްބާގަށް ވަނީ ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ހަ މެޗުން 13 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު