Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
މީލަސްގެ ޑައިރީ

ޙަޔާތުގެ ދަތުރަށް "ކާބަފައިން ދިން ސަމުގާ" ވީ ކޮންތާކު؟

ފިކުރުކުރި ފަރާތުން ފިކުރުހިންގި މަސްދަރަކީ މޫދު

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 09:18
ދޯންޏެއްގަ މީހަކު ހުއްޓިލައިގެން

ދޯންޏެއްގަ މީހަކު ހުއްޓިލައިގެން

ކަންކަމާމެދު ފުންކޮށް ފިކުރު ކުމުން، ކޮންމެ މީހަކަށްވެސް ރަނގަޅު ޚިޔާލާއި ވިސްނުން ހޯދެއެވެ. ހަމަ އެހެންމެ ކުއްލިއަކަށްވެސް އިންސާނާއަށް ޚިޔާލުތައް އައުދެއެވެ. ފިކުރަކީ " ތޯޓު" އެވެ. ތޯޓަކީ ވިސްނުމުން އުފަންވާ "އައިޑިއާ" އެއް ނުވަތަ " އޮޕީނިއަން" އެކެވެ.  

ކަމަކާމެދު މީހަކަށް "އޮޕީނިއަން" އެއް ދެވެނީވެސް، ލޮލަށް ފެންނަ ކަންކަމުގެ މައްޗަށާއި ލޮލަށް ނުފެންނަ ކަންކަމާމެދު ފިކުރު ކޮށްލުމުންނެވެ. ބައެއް ފަހަރަށް ހަމަ ކުއްލިއަކަށްވެސް ވިސްނުމަށް ޚިޔާލެއް ނުވަތަ ވިސްނުމެއް އާދެއެވެ.

މި ނަޒަރިއްޔާތުން، ދިވެހީންގެ އިހު ކާބަފައިން ވަނީ، ދިވެހި ވެށީގެ ތެރޭގައި ޒަމާނުއްސުރެ ހިނގަމުންދާ ކަންކަން، އެމީހުންގެ އަމިއްލަ ލޮލުންދެކެ، ތަޖުރިބާ ކުރުމަށްފަހު، އެ ކަންކަމުގެ މައްޗަށް ފިކުރު ކޮށްފައެވެ. އެ ފިކުރުތަކުން، އުފަންވީ، ވަރަށް ތެދު ބުނުންތަކެކެވެ. މޮޅު ޚިޔާލު ތަކެކެވެ. އަގުބޮޑު ވިސްނުން ތަކެކެވެ.

ދިވެހީންގެ މިދެންނެވި އަގުބޮޑު ފަލްސަފާތައް އިހު ކާބަފައިން ނެރުނީ، އެމީހުންގެ ފަސް ޙިއްސުގެ ބޭނުން ހިފައިގެންނެވެ. އެއިން ކޮންމެ ފަލްސަފާއެއް، ވިސްނުމެއް، ޚިޔާލެއް ތެދެވެ. އެއީ ޙަގީގަތެވެ. މިއަދުވެސް އެ އުސޫލުން ބަރާބަރަށް ކަންކަން ހިނގަމުން އެބަދެއެވެ. ނަމަވެސް އެ ފިކުރުތައް ކޮށްފައިވި މަސްދަރުތައް އޮތީ ހިމޭން ވެއްޓެއްގައެވެ. ހަމަ އެހެންމެ، އެ ޚިޔާލުތަކާ، ފަލްސަފީ ބުނުންތައްވެސް އޮތީ އެހާމެ ހިމޭނުންނެވެ. އޭގެ ބޭނުން ހިފާބަޔަކު ނެތޭ ބުނާހާ ހިމޭނުންނެވެ. ސުވާލަކީ، އެ ފަލްސަފާތަކުގައި، ފިކުރުތަކުގައި، ޚިޔާލު ތަކުގައި، އަދި ވިސްނުންތަކުގައި ހަމަ ބަރުދަނެއް ނެތީ ހެއްޔެވެ؟

ދިވެހި ރައިވަރުތައް މޮޅުވެފައި އޭގައި ވިދުން ގަދައީވެސް، މިދެންނެވި، ފިކުރުތަކުން ވިރުވާ އަޅައިދިން ވިސްނުންތަކާއި، ޚިޔާލުތަކާއި، ފަލްސަފާތައް، ޖަވާހިރު ފަދައިން، ރައިވަރުގައި ހިމެނޭތީއެވެ. މިސާލަކަށް އަންނަނިވި ރައިވަރުގައި އެ ބުނާ ތެދު ޙަގީގތަށް ވިސްނާލަމާ ހެއްޔެވެ؟

"ހުންނަވަރު މިކަމުގާ، ތުންކަ އަހަމޭ ތީ ބުނާ، ފުންސަ ކަޅުއޮށު މަތީގާ، ހުންނަ ފަނިހަނދި ބޮޑުވެފާ، ދުންއަމު އެސޮރު ފަހައިގެންފާ، ހުންދާނީ ކައިގެންފާ"

މި ރައިވަރުން އެ ދޭހަކޮށްދޭ ޙަގީގަތަކީ، ކަޅު އޮށް އޮންނަ ސަފުގެ މަތީގައި، އޭގެ ޙިމާޔަތުގައި ހުރެ ބޮޑުވާ ފަނިހަނދި، ހެޔޮ ވަރުގެ އިސްކޮޅަކަށް އައުމާއެކު، ކަޅުއޮށް ފަހައިގަނެގެން، ކާލައިފަ ދުއްވައިގަންނަ ވާހަކައެވެ.

މިއީ، މިއަދުވެސް ހިނގަހިނގާ އޮތް މަންޒަރެކެވެ. އިންސާނުންގެ ތެރޭގައިވެސް ކަން ހިނގަނީ މި ބީދައިންނެވެ. ހެޔޮކަމެއް ކޮށްދޭ މީހާއަށް ތެޔޮ ނާށްޓެއް ދީފައި ދާ މީހުން، ކޮންމެ ޒަމާނެއްގައިވެސް ފެނެއެވެ. މި ޙަގީގީ ފަލްސަފީ ޚިޔާލު ނުވަތަ ވިސްނުން ކާބަފައިން ނެރެދިނީ ދިވެހި ވެށީގައި ހިނގާ، މިފަދަ ކަންކަމާމެދު ފިކުރު ހިންގައިގެންނެވެ.

އެހެން މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ މިފަހަރު ބަލައިލަން ޖެހެނީ، އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމު ލިޔުއްވި "މަންމަ" ވާހަކައިގެ ބޭރުގަނޑުގެ ފަހު ސަފުހާއެވެ. އެ ސަފުޙާގައި ޅެންބަހުން، އެ ވާހަކަ ޚުލާސާ ކުރަމުން އޭނާ ލިޔުއްވި ޅެންބައިތު ތިރީގައި އެވަނީއެވެ.

"ތެޔޮފެން ލެވޭހިނދު މާބަނޑު، ތޮޅެމުން އެދާއިރު ހީވެޔޭ، ހެޔޮކަމުގެ ތިލަފަތް ބަރުކުރާ، ހެވަކަށް މި ދަރިފުޅު ވާނެއޭ، ހެޔޮކޮށް ހިތާ މަރުވެސްބަލާ، ހޭހަންފަށެއް ކޮށްދޭނެއޭ، ހެޔޮވާނެތޯ އެހެނަސް މިއީ ކަންތައް ހިނގާ ހަމަ އާދައޭ"

ނަޢީމު ޅެންބައިތަކުން އެ ނެރެދެއްވަނީވެސް، މުޖުތަމަޢުގައި ހިނގަހިނގާ އޮތް ކަމަކާމެދު ފިކުރު ހިންގައިގެން، ނެރެދޭ ޚިޔާލެކެވެ. ވިސްނުމެކެވެ. ބައެއް ދަރިން މިއަދުވެސް މައިންބަފައިންނާމެދު، ކަންކުރާ އިހާނެތި ކަމުގެ ވާހަކައެވެ".

އަނެއްކާވެސް ދިވެހި ރައިވަރެކެވެ. މިފަހަރު ފިކުރު ހިނގައިގެން ޚިޔާލު ނެރެދީފައިއެވަނީ، އޭގެ މަސްދަރު މިހާރުވެސް ފެންނާން އޮތް ކަމަކުންނެވެ. ރައިވަރުގައި ބުނަނީ ކީކޭކަން ވިސްނުމަށް ގެންނަން ތިރީގައިއެވާ ރައިވަރު ވިދާޅުވެ ލައްވާށެވެ.

"ހަރުތެރޭ ތިބޭ ވެން، ބަރުޚަވެ ނުކުމެދާނެ ދެން، ކަރުތާފެނަށް އެރިތިހެން، ކަރުގޮހޮރު ނުއުކަނި ގަ ދެން, މަރުވެދާނޭ ކަމެއް ނަމަކަ، ވަރު އާލާތް ނެތް ނަމަކަ"

މި ރައިވަރުންވެސް ދޭހަކޮށްދޭ މާނައަކީ، ތިމާގެ އަމިއްލަ ބާރު ނުފޯރާ ތަނެއްގައި، ޖާނު ސަލާމަތް ކުރެވޭނެ އާލަތް އަތުގައި ނެތި، ނުރައްކަލަކާ ކުރިމަތި ނުލާށޭ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިމާގެ މަރާވެސް ކުރިމަތިލާން ޖެހިދާނެ ކަމެވެ.

ފިކުރުކުރި ފަރާތުން ފިކުރުހިންގި މަސްދަރަކީ މޫދެވެ. މޫދުގެ ހަރުތަކުގާ ތިބޭ ވެނުގެ ނުރައްކާތެރިކަން އޮންނަ މިންވަރެވެ. ތިމާއަށް ޖާނު ސަލާމަތް ނުކުރެވޭފަށުގައި، އަމުދުން އަތުގާ އެފަދަ އާލާތެއްނެތި ހުރެގެން، ވެން ހަރުން ނިކުމެ އައިސް، ހިފައިފާނެ ފަދަ ޢަމަލެއް ކުރަން ނުވާނެކަމެވެ.

މި ދެންނެވި ފަލްސަފީ މާނަ މޫދުން އެއްގަމަށް ލަމާތޯއެވެ؟ އެއްގަމުގައި ހުންނަ މީހަކުވެސް، އޭނާގެ ޖާނު ސަލާމަތްނުވާ ތަނެއްގައިހުރެ، ނުރައްކަލަކާ ކުރިމަތި ލައިފިނަމަ، ކަން ހިނގާނީ، ކަރުތާފެނުގައި ހުރެ، ވެނަށް ކަރުގޮހޮރު އުކުމުން ކުރިމަތިލާން ޖެހޭފަދަ ނުރައްކަލަކާއެވެ.

ތެދެކެވެ "ނުބީހެންޏާ ކަނޑާ ހަމައެވެ" ހަމަ އެހެންމެ" އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ" އެވެ. އަމްދުން "ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ" އެވެ. "އެކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުން" ނެވެ. " ކުއްލިއަކަށް ނަގާ ރާޅެއް ނުފެންނާނެ" އެވެ. "ލަނޑަޔާ ވާނީ ލަނޑަޔާ" އެވެ. މި ދަންނަވާލީ ކާބަފައިން ދިވެހި ވެއްޓަށް ފިކުރު ހިންގައިފައި އޮތް މިންވަރުގެ ކުޑަކުޑަ މިސާލެކެވެ. އަދި ކުރި ފިކުރުތަކުން އައި ޚިޔާލުތައް ތިލަކޮށްދިން ގޮތުގެވެސް ވަރަށް މަދު މިސާލެކެވެ.

މިފަދަ ޢިބްރަތްތެރި ފަލްސަފާތަކާއި، ޚިޔާލުތަކާއި، ވިސްނުން ތަކަކީ، އެއިން ޢިބުރަތް ހޯދައިގެން، ހަމަ ކޮންމެ މީހަކަށްމެ، ކާމިޔާބު ޙަޔާތެއް ހޯދިދާނެ ކަންކަމެވެ. މި ޚިޔާލުތަކާ، ބަސްތަކާ، ފަލްސަފާތާއި ފިކުރުތަކަކީ، ޙަޔާތުގެ މަގުހިނގަން ބޭނުންކުރާ ސަމުގާއެއް ފަދަ އެއްޗެކެވެ. "ޖީޕީއެސް"ގެ އެހީގައި ފަރަށް އޮޑި އަރުވާނުލައި ދުއްވާހެން، ޙަޔާތުގެ އޮޑިވެސް މި ފަލްސަފީ ޢިބްރަތްތަކުގެ ސަމުގާގެ އެހީގައި، އަމާން ކަމާއެކު ދުއްވި ދާނެއެވެ. ސުވާލަކީ، ޙަޔާތުގެ ދަތުރަށް " ކާބަފައިން ދިން ސަމުގާ" ވީ ކޮންތާކު ހެއްޔެވެ.

ހަޔާތުގެ ދަތުރު

ކޮމެންޓް

އިތުރަށް ކިޔާލަން

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

"ދެއްވާށި ކުޑަކުދިންނަށް، ހިތްގައިމު ފޮނި އުފާތައް، އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް" ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ނިސްބަތްވަނީ

16 މެއި 2023
އުފެއްދުންތެރިކަން ކުރިއެރުވުމަށް ދިވެހީންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން މުހިންމު - ކާބަފައިން ވެފައިވަނީ ނަމޫނާ މަސައްކަތްތެރިންނަށް

އުފެއްދުންތެރިކަން ކުރިއެރުވުމަށް ދިވެހީންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން މުހިންމު - ކާބަފައިން ވެފައިވަނީ ނަމޫނާ މަސައްކަތްތެރިންނަށް

01 މެއި 2023
އެން.ސީ.އައި.ޓީ.އަށް 19 އަހަރު - ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ!

އެން.ސީ.އައި.ޓީ.އަށް 19 އަހަރު - ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ!

26 މާރިޗު 2022
ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟

ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟

07 ޖުލައި 2021

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު