Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

އުފެއްދުންތެރިކަން ކުރިއެރުވުމަށް ދިވެހީންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން މުހިންމު - ކާބަފައިން ވެފައިވަނީ ނަމޫނާ މަސައްކަތްތެރިންނަށް

ގައުމަށް ލާބަޔާއި މަންފާހުރި ކޮންމެ މަސައްކަތެއް ކުރުމަކީ އުފަލެއް ކަމުގައި ދެކެންޖެހޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 1 މެއި 2023 | ހޯމަ 16:17
1973ގައި ބަނޑޮސް އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް

1973ގައި ބަނޑޮސް އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ މަސައްކަތު އާބާދީގައި ބިދޭސީ މަސައްކަތްތެރިން ގިނަކަމުގެ މައްސަލައަކީ އެންމެ މައްސަލައެކެވެ. ރާއްޖޭގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ކުރިއެރުވުމަށް ދިވެހީންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަޒުމު ކަނޑައެޅުން މުހިންމެވެ. ގައުމަށް ލާބަޔާއި މަންފާހުރި ކޮންމެ މަސައްކަތެއް ކުރުމަކީ އުފަލެއްކަމުގައި ދެކެން އެބަޖެހެއެވެ. ޚާއްސަކޮށް ދިވެހި ޒުވާނުންގެ ތެރެއިން މަސައްކަތު އާބާދީގައި ނުހިމެނޭ ޒުވާނުން މަސައްކަތު އާބާދީގައި ހިމެނުން މުހިންމެވެ. ދިވެހިންނަކީ އެންމެ ކުރީ ޒަމާންތަކުން ފެށިގެން ހީވާގި މުރާލި މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމެވެ. ދަނޑުވެރިކަމެވެ. ރާވެރިކަމެވެ. ކަނބުރުވެރިކަމެވެ. ތިލޭރުކަމެވެ. ގަލުވަޑާމެވެ. ކިއްސަރުވަޑާމެވެ. ތެދުއިވަޑާމެވެ. އަތްތެރިކަމުގެ ތަފާތު މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތްތަކަކީ ދިވެހީން މީގެ 1000 އަހަރު ކުރިންވެސް ވަރަށް މޮޅުކޮށް ކުޅަދާނަކަމާއެކު ކޮށްއުޅުނު މަސައްކަތްތަކެކެވެ.

މަސްވެރިކަމުގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައިވަނީ، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން 1970ގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގެ އެންމެ ބޮޑު ސިނާއީ މަސައްކަތްތައް ކަމުގައެވެ.

މީގެ 111 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 1912ގައި ރާއްޖޭގެ 72،000ގެ އާބާދީގެ މަސައްކަތު ފިރިހެނުންގެ 40 އިންސައްތަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. އެއީ 14،000ށްވުރެ ގިނަ ފިރިހެނުންނެވެ. އަދި 1912 ގަައި ރާއްޖޭގެ މަސައްކަތު އަންހެނުންގެ އާބާދީގެ 34 އިންސައްތަ އަންހެނުންނަކީ ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތްކުރި އަންހެނުންނެވެ. އެއީ 10،000ށްވުރެ ގިނަ އަންހެނުންނެވެ.

މިއިން ސާބިތުވަނީ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ. ރާއްޖޭގެ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓަރ)ގައި ނިޒާމީ ލޭބަރ ފޯހެއް ނުވަތަ ވަޒީފާ އަދާކޮށް މުސާރަ ލިބޭ ނިޒާމެއް، ރާއްޖޭގައި ފުރަތަމަ ތަޢާރަފުވީ 1950ގެ އަހަރުތަކުގެ ފަހުކޮޅު އައްޑުއަތޮޅުގައެވެ. މީގެ 51 އަހަރުކުރިން، 1970ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކު ރާއްޖޭގައި ޒަމާނީ ލޭބަރ ފޯހެއް އުފެދުނެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރުވީއިރު، ފަތުރުވެރިކަން ވަނީ ރާއްޖޭގެ އިގުތިސާދުގެ 1 ވަނަ ސިނާއަތަށް ވެފައެވެ. ފާއިތުވެ މިދިޔައީ ފަތުރުވެރިކަމުގެ 50 އަހަރު ފުރުނު ރަންޔޫބީލު މުނާސަބަތު ކަމަށްވީ ހިނދު، މީގެ 20 އަހަރުކުރިން 2000ގެ އަހަރުތައް ފެށުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ލިބެން ވަނީ ފަށާފައިކަން ފާހަގަކުރެއެވެ.

އޭގެ ފަހުގެ އަހަރުތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އެތައް ރޮނގަކުން ދުނިޔޭގެ 1 ވަނަ ދަރަޖާގައިކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އިގްތިސާދުގެ އަދި ވަޒީފާގެ ބާޒާރާއި މަސައްކަތްތެރިކަމުގެ މައިގަނޑު ސިނާއަތްތަކަށް ބަލާއިރު؛ ފަތުރުވެރިކަމުގެ ސިނާއަތު، ދަތުރުފަތުރާއި މުވާސަލާތާއި ޓެކްނޮލޮޖީގެ ސިނާއަތު، އިމާރާތްކުުރުމުގެ ސިނާއަތު، އާންމު ވިޔަފާރީގެ ސިނާއަތު، މަސްވެރިކަމުގެ ސިނާއަތު، ދަނޑުވެރިކަމުގެ ސިނާއަތު ހިމެނެއެވެ. މިއަދު ރާއްޖޭގެ ލޭބަރ ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރުކުރަން ޖެހިފައެވެ. ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެކެވެ. މިގައުމު ކުރިއެރުން ވަނީ މަސައްކަތުންނެވެ. މިތާނގެ ހުނަރުވެރިންގެ ހިންމަތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

ވޯލްޑްކަޕް ދިވެހީންނަށް ވަގުތުން ފެނުނުތާ 36 އަހަރު - މުޅިދުނިޔޭގައާއި ރާއްޖޭގައިވެސް ވޯލްޑްކަޕުގެ ފޯރި

22 ނޮވެމްބަރު 2022
އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

16 އޮކްޓޯބަރު 2022
އިންސާފަށް އެޅޭ ހުރިހާ ހުރަހެއް ނައްތާލަން ޖެހެއެވެ.

އިންސާފަށް އެޅޭ ހުރިހާ ހުރަހެއް ނައްތާލަން ޖެހެއެވެ.

31 މާރިޗު 2022
ހުރިހާ ގޮތަކުންވެސް ބައިނަލްއަގުވާމީ ހަފުލާއެކެވެ.

ހުރިހާ ގޮތަކުންވެސް ބައިނަލްއަގުވާމީ ހަފުލާއެކެވެ.

20 މާރިޗު 2022
ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު