Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮތްތަކުގައި ކުށް ހުރުން

އިސްލާމާއި ޤުރުއާން ފޮތުގައި ކުށެއްވާނަމަ އެކަން އެންގުމަށް އެދިއްޖެ

ލިޔުމުން މިނސިްޓްރީއަށް އެންގުމަށް ވަނީ އެދިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 18:24
ޑރ.އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

ޑރ.އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށެއްހުރިކަން ފާހަގަވާނަމަ، އެކަން ހިއްސާކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލްތަކުގައި ކިޔަވައިދިނުމަށް މިހާރު ބޭނުންކުރަމުން އަންނަ އިސްލާމް އަދި ޤުރްއާން ފޮތްތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މި ފޮތްތަކުގައި އިސްލާހުކުރަންޖެހޭކަމަށް ފެންނަ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާނަމަ، އެފަދަ ކުށެއް ހިމެނޭ ފޮތާއި ޞަފްޙާ އެނގޭނެހެން އެ މިނިސްޓްރީއަށް އަންގައި ދިނުމަށެވެ.މިނިސްޓްރީން ބުނީ އެފަދަ ކުށެއް ފާހަގަ ވެއްޖެނަމަ curriculum@nie.edu.mv އީމެއިލްކުރެއްވުމަށް އެދޭ ކަަމަށެވެ.

Advertisement - newsAdvertisement

ބައެއް ގްރޭޑްތަކުގެ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކާ ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ޕްރޫފް ރީޑްކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެެވެ.

ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް އާންމުންގެ ސަމާލުކަމަށް ގިނަ ބަޔަކު ގެނައުމާ ގުޅިގެން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންމިނިސްޓަރު ވިދާޅުވީ ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ފޮތްތައް ބޭނުންކުރަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެކެއް އަދި ދޭއްގެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ފޮތްތަކެއް ކަމަށެވެ. އެ ފޮތްތަކުގައި ކުށް ހުރިކަން ސަމާލުކަމަށް އައި ހިސާބުން އެ މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ މީހުން ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ މިއީ ކުޑަ މައްސަލައެއް ނޫން ކަމަށާއި މިކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް ނިންމާނެ ކަމަށެވެ. އަދި މިހާރު ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމުގެ މަސައްކަތް މިނިސްޓްރީން އެހެން ބަޔަކާ ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ވަރަށް ދެރަ މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު ވެސް ގުރުއާން ފޮތުގައި ކުށެއް ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ޓީޗަރުންނާއި އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އޭރުއްސުރެ ކުދިންނަށް ކިޔަވައިދެމުން ދިޔައީ އެ ކުށް އިސްލާހުކޮށްގެން ކަމަށް ޓީޗަރުން ބުނާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުދިންނަށް ފިލާވަޅުތައް ނަގައިދިނުމުގައި މައްސަލަ ދިމާވެފައިނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ސޫރަތްތައް ނަގަނީ ބޭރުގެ އެޕްލިކޭޝަނަކުން ކަމަށް މިނިސްޓްރީން ބުނެފައިވާއިރު އެކަންތައްތައް ވެސް ހަރުދަނާކޮށް ދެވަނަ ފަހަރަށް މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމުގެ އިންތިމާޒުތައް މިނިސްޓްރީން ހަމަޖައްސަމުން ގެންދާ ކަމަށް ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފޮތްތައް ޗާޕުކުރުމުގެ ކުރިން އެންއައިއީ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ފަރާތަކުން މިކަމުގައި އިހުމާލުވެފައިވާއިރު މިހާރު ކުށް ހުރި ފޮތްތަކުގައި ރަނގަޅު ސޫރަތް ޕްރިންޓް ކުރުމަށްފަހު ފޮތްތަކުގައި ތަތްކޮށްދިނުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މިކަން ދިމާވީ ގޮތުގެ ތަހުގީގު މިހާރު ފަށާފައިވާއިރު އިތުރު ފޮތްތަކުން ކުށް ފެނިއްޖެނަމަ މިނިސްޓްރީން އެކަން އިސްލާހު ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އައިޝަތު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

10 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު