Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓްރެޓީޖިކް އިންޓެލިޖަންސް

ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ދައުރު ބޮޑު: މާރިޔާ

މިނިސްޓަރ މާރިޔާ ވަނީ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:43
ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ

ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ

ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގުދައްކައި, އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، 20އަށްވުރެ ގިނަ ޤައުމުގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އަދި މިމަހުގެ 6އިން 8އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް، ހޯމަދުވަހު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ކޮންފަރެންސްގެ މަޢުޟޫޢަކީ "އޯވަރކަމިންގ ގްލޯބަލް އިންޓެލިޖަންސް ޗެލެންޖަސް ތުރޫ ޕާޓްނަރޝިޕްސް"، ނުވަތަ ބައިނަލްއަޤްވާމީ އިންޓެލިޖަންސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، 2 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ޤައުމުތަކުން ގުޅިގެން، އިންޓެލިޖަންސް މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންގތައް ހިންގުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށާއި، މި ކޮންފަރެންސް މެދުވެރިކޮށް، އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް، މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ފެނުގެ މައްޗަށް 99.7 އިންސައްތަ އެކުލެވިފައިވުމުގެ އިތުރުން، އެއްހާހަށްވުރެ ގިނަ ރަށުގެ ތެރެއިން، އެއްބައި ރަށްރަށުގައި މީސްކޮޅު މަދު، އަދި ތޮއްޖެހި ފިތިފައި އޮންނަ މާލެއަކީ ވެރިރަށްކަމުގައިވާ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު