Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރައީސް އިބްރާހީމް ނާސިރުގެ ހަނދާނީ ޒިކުރާގެ ދުވަހެއް

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީގެ 95 އަހަރު ކުރިން 2 ސެޕްޓެމްބަރު 1926 ގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:50
އިބްރާހިމް ނާސިރު (ކ) ގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ސިފައިންގެ އޮނަރ ގާޑެއް އިންސްޕެކްޓް ކޮށްދެއްވަނީ

އިބްރާހިމް ނާސިރު (ކ) ގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ސިފައިންގެ އޮނަރ ގާޑެއް އިންސްޕެކްޓް ކޮށްދެއްވަނީ

ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ މީގެ 95 އަހަރު ކުރިން މިއަދުއެވެ. ސެޕްޓެމްބަރު ދޭއް 1926 ގައެވެ. އުމުރުފުޅުން 82 އަހަރުގައި އެމަނިކުފާނު އަވަހާރަވީ 22 ނޮވެމްބަރ 2008 ގައެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާއަކީ، ރާއްޖެ މިހާރު މިދެކޭ މިނިވަންކަމުގެ ބާނީއެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވި ތޫނު ވިސްނުންފުޅާއި ނުގުޑާފަދަ އަޒުމާއި ހަރުދަނާ ހިކުމަތުއަމަލީގެ ސިޔާސަތަކީ ދިވެހި ތާރީޚުގައިވެސް ލާމަސީލު މިސާލެކެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ހާލަތަކަށް ގައުމު ގޮސްފައިވަނިކޮށް ރާއްޖޭގެ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ފިސާރި ސާބިތުކަމާއެކު އަދާކުރައްވައި ރާއްޖޭގެ ގައުމީ މިނިވަންކަން ދިފާއުކުރެއްވުމަށް އެހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަމުގެ "މޭވާ" ލިބުނެވެ.

ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. ދިވެހި ދައުލަތުގެ ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީވެސް ޚުދު ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. މިނިވަންކަން ލިބުނުތާ މަހެއްވެސް ނުވަނީސް 21 ސެޕްޓެމްބަރ 1965 ގައި ރާއްޖެއިން އ.ދ. މަޖިލީހުގައި ބައިވެރިވެ 12 އޮކްޓޫބަރ 1965 ގައި އ.ދ. ގެ މައިމަރުކަޒުގައި ރާއްޖޭގެ ދިދަނެގި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވެންފެށިއެވެ.

މިނިވަންކަން ލިބުމާއެކު ދުނިޔޭގެ ގައުމުތަކާއެކު ސިޔާސީގުޅުން ގާއިމްކުރައްވަން ސަރުކާރުން ފެއްޓެވިއެވެ. ބޮޑުވަޒީރުކަމުގެ މަގާމުގައި 12 ޑިސެމްބަރ 1957ން 11 ނޮވެމްބަރ 1968ށް އަދާކުރެއްވި 11 އަހަރާއި، 11 ނޮވެމްބަރ 1968ން 11 ނޮވެމްބަރ 1978ށް ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމް އަދާކުރެއްވި 10 އަހަރު އެމަނިކުފާނު ވަނީ ގައުމަށް އެތައް ދާއިރާއަކުން އަދި އެތައް ރޮނގަކުން ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

އިބްރާހީމް ޒައިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ކާށިދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި

ކާށިދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި

17 ސެޕްޓެމްބަރު 2025
އޮނަރަބްލް އިބްރާހީމް މަނިކު - ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިންގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ

އޮނަރަބްލް އިބްރާހީމް މަނިކު - ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިންގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ

30 ނޮވެމްބަރު 2022
75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

25 ޖުލައި 2022
ރައީސް ޔާމީނަކީ ކުށުން ތާހިރުވެގެންވާ އިންސާނަކީތަ؟

ރައީސް ޔާމީނަކީ ކުށުން ތާހިރުވެގެންވާ އިންސާނަކީތަ؟

05 ސެޕްޓެމްބަރު 2021
ރައީސް ޔާމީނަކީ އޯޑިއޯ އާއި ވީޑިއޯގެ އެންމެ އައުލާ މިސާލެވެ.

ރައީސް ޔާމީނަކީ އޯޑިއޯ އާއި ވީޑިއޯގެ އެންމެ އައުލާ މިސާލެވެ.

30 އޯގަސްޓު 2021

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު