Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް

އިތުރު 334 މީހަކު ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފި

އާދީއްތަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 412 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 19:15
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން

އިތުރު 334 މީހަކު ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، އާދީއްތަ ދުވަހު 334 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 165 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 247 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 301،857ށް އަރާފައެވެ.

އާދީއްތަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 412 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަަހައްދުން ވެކްސިން ޖެހި 189 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 145 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 383،089ށް އަރާފައެވެ.

ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި 1 ސެޕްޓެމްބަރުން ފެށިގެން, ވެކްސިން ޖެހުމަށް ޝަރުުހަމަވެ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ މީހުންނަށް އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާގުޅޭ އާންމު ޚިދުމަތް ނުދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އަންގާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި ޑޮމެސްޓިކް ވައިގެ ދަތުރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތްދިނުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް އަންގާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތް ދޭފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް ވެސް އެދޭކަމަށެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް, ސެޕްޓެމްބަރ މަހުން ފެށިގެން އޮފީހަށް ނުކުމެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހިފައިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު, "ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ ސަރކިއުލާ"ގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ)ގެ 3ވަނަ ނަންބަރުގެ ދަށުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިޢުލާނުގެ 5ވަނަ ނަންބަރުގެ ދަށުން، ކޮވިޑް-19އިން ރައްކާތެރިވުމަށް، ސިވިލް ސަރވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާއި، އަދި ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުން، ސެޕްޓެމްބަރ 1ން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށެވެ. މިގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން ސެޕްޓެމްބަރ 1ވަނަ ދުވަހުން ފެށިގެން, ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވެ، ވެކްސިން ޖަހާފައި ނުވާ މުވައްޒަފުން، އެގޮތުގެ މަތިން އަމަލުކުރުމަށާއި، އަދި މުވައްޒަފުން އެ ގޮތުގެ މަތިން އަމަލުކުރާކަން ސިވިލް ސަރވިސްގެ އިދާރާތަކުން ކަށަވަރުކުރަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު