Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާގައި އެއްދުވަހާ 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީ ރިކޯޑެއް ހަދައިފި

ވެކްސިން ޖަހަންޖެހޭ 944 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވަނީ ފުރަތަމަ ޑޯޒް ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޯގަސްޓު 2021 | ހޮނިހިރު 04:24
އިންޑިޔާގެ އަހުމަދުއާބާދުގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ

އިންޑިޔާގެ އަހުމަދުއާބާދުގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ

އިންޑިޔާގައި ހުކުރު ދުވަހު 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީގެން ރިކޯޑެއް ހަދައިފިއެވެ.

އިންޑިޔާއަށް ކޮވިޑް-19ގެ އިތުރު ރާޅެއްގެ ބިރުވެރިކަން މިހާރު ކުރިމަތިވެފައިވާއިރު ވެކްސިން ދިނުމުގެ ކަންކަން އެގައުމުގެ ސަރުކާރުން އަންނަނީ ހަލުވިކުރަމުންނެވެ. އެއާއެކު ހުކުރު ދުވަހު ވަނީ 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީގެން އެގައުމުގައި ރިކޯޑެއް ހަދާފައެވެ.

އިންޑިޔާގައި މިހާރު 628 މިލިއަން ޑޯޒް ވަނީ ދީފައެވެ. އެގައުމުގައި ވެކްސިން ޖަހަންޖެހޭ 944 މިލިއަން މީހުންގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 15 އިންސައްތަ މީހުންނަށް ވަނީ ދެވަނަ ޑޯޒް ދީފައެވެ. އިންޑިޔާ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޑިސެމްބަރ މަސް އަންނަންވާއިރަށް އެގައުމުގެ ބޮޑެތި ހުރިހާ މީހުންނަށް ވެކްސިން ދިނުމަށެވެ.

10 މިލިއަން މީހުންނަށް ވެކްސިން ދިންކަން ހާމަކުރައްވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެންމެފަހުން އެންމެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދެވިފައިވަނީ އެއް ދުވަހާ 9.2 މިލިއަން މީހުންނަށެވެ.

އިންޑިޔާގައި ހަލުވިކަމާއެކު ކޮވިޑް ވެކްސިން ދެމުންދާއިރު ވެކްސިން އުފައްދާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެގައުމުގެ ސެރަމް އިންސްޓިޓިއުޓުން ވަނީ މިމަސްތެރޭގައި 150 މިލިއަން ޑޯޒް އުފައްދާފައެވެ.

އިންޑިޔާގައި ހަލުވިކަމާއެކު ވެކްސިން ދިނުން ކުރިޔަށްދާއިރު ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އެގޮތުން ހުކުރު ދުވަހު ކޮވިޑް ޖެހުނު މީހުންގެ އަދަދު ހުރީ 40،000ށް ވުރެ މަތީގައެވެ.

މިމަހުގެ މެދުތެރޭގައި އިންޑިޔާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ 25،166ށް ވެސް ދަށްވެފައެވެ. ނަމަވެސް ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ ދެކުނުގެ ކެރެލާ ސްޓޭޓްގައި ގިނަ ބަޔަކު އެއްވެގެން ފެސްޓިވަލްތަކެއް ބޭއްވިފަހުންނެވެ.

އިންޑިޔާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ހުރީ 32.6 މިލިއަންގައެވެ. އަދި މިބަލީގައި 436،861 މީހުން ވަނީ މަރުވެފައެވެ.

ފާއިތުވި ހަފުތާގައި އިންޑިޔާއިން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ 60 އިންސައްތަ ހިއްސާކުރަނީ ކެރެލާ ސްޓޭޓުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ދެބައި ކުޅަ އެއް ބައި ހިއްސާކުރަނީ ވެސް ކެރެލާ ސްޓޭޓުންނެވެ.

ކެރެލާ ސްޓޭޓުން ބުނެފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން އާދިއްތަ ދުވަހުން ފެށިގެން ލޮކްޑައުންކުރަން ނިންމާފައިވާކަމަށެވެ.

ކޮވިޑް-19އިންޑިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު