Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިންޑިޔާގެ ހާލަތު

މަސްދުވަސް ފަހުން އިންޑިޔާގައި ކޮވިޑް ނަންބަރުތައް މައްޗަށް

އެންމެ ފަހުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް 45،000 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ 7ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 16:56
އިންޑިޔާގައި ކޮވިޑް ޓެސްޓްކުރަނީ

އިންޑިޔާގައި ކޮވިޑް ޓެސްޓްކުރަނީ

އިންޑިޔާގައި ފާއިތުވި 24 ގަޑިއިރު ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 46،164ށް އަރައިފިއެވެ.

އެގައުމުގައި ދާދިފަހުން ގިނަ ބަޔަކު އެއްވެގެން ކުރިޔަށް ގެންދިޔަ ފެސްޓިވަލްތަކުގެ ސަބަބުން ކޮވިޑްގެ ކޭސްތައް މައްޗަށް ހިނގައިދާނެކަމުގެ އިންޒާރު, ކަމާބެހޭ މާހިރުން ވަނީ ދީފައެވެ. އައު ސަރޖެއް އައިސްފައިމިވަނީ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ކެރެލާއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އިންޑިޔާގައި ދުވާލެއްގެ މައްޗަށް 45،000 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. ބުދަ ދުވަހުގެ އަދަދަކީ އަންގާރަ ދުވަހު ކޮވިޑް ޖެހުނު 25،467 މީހުންނާ އަޅާބަލާއިރު 45 އިންސައްތައިގެ މަތިވުމެކެވެ.

ކެރެލާއިން އެކަނިވެސް 31،445 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެއީ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ 68 އިންސައްތައެވެ. ކޭސްތައް އިތުރުވެފައިވަނީ އެސަރަހައްދުގައި ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީފައިވުމުގެ ސަބަބުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ މައި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ކެރެލާއިން ފެނިފައިވާ ކޭސްތަކުގެ ސަބަބުން ވައިރަސް އެހެން ސަރަހައްދުތަކަަށް ފެތުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މިއާއެކު ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އިންޑިޔާއަށް ކުރިމަތިވެދާނެކަމަށް މައި ސަރުކާރުން ދެކެއެވެ.

އަނެއްކޮޅުން އައު ވޭރިއަންޓާ ގުޅިގެންވެސް ކޭސްތައް ފެތުރޭ މިންވަރު އިތުރުވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޒާސްޓަރ މެނޭޖްމަންޓުން އަންދާޒާކުރާ ގޮތުގައި އައު ސަރޖެއް އަންނާނެކަމަށް ބެލެވެނީ އޮކްޓޯބަރ މަހުގެ ކުރީކޮޅުއެވެ.

އިންޑިޔާއަކީ އެމެރިކާއަށްފަހު ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން ފެންނަމުންދާ ގައުމެވެ. އެގައުމުގެ 32.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު 436،300ށް އަރައެވެ.

އަނެއްކޮޅުން އިންޑިޔާގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމަށްވެސް ވަނީ މަޑުޖެހުންތައް ކުރިމަތިވެފައެވެ.

600 މިލިއަން ޑޯޒް މިއަހަރު ނިމެންވާއިރު ޖަހާ ނިމޭނެކަމަށް ބެލެވެއެވެ. އެއީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 32 އިންސައްތައެވެ.

ކޮވިޑް-19އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު