Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތާލިބާނުންގެ ނުރައްކާ

ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލަދޭން ތާލިބާނުން ބޭނުންވާނެ: ރައީސް ނަޝީދު

19 އޯގަސްޓު 2021 | ބުރާސްފަތި 18:20

އަފްޣާނިސްތާނުގެ ވެރިކަމަށް ތަލިބާނުން އައިސް އަތްގަދަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޯގަސްޓު 2021 | ބުރާސްފަތި 18:20
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު،

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު،

ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ތާލިބާނުން ހަމަލާ ދޭން ބޭނުންވާނެ ކަމަށާއި، އެފުރުސަތު އެޖަމާއަތަށް މިހާރު ލިބިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ޓައިމްސް ނައު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައިސް އަތްގަދަ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަމުގެ ބިރު މިހާރު ދެކުނު އޭޝިޔާގެ ގައުމުތަކަށް ފޯރާފައިވާ ކަމަށެވެ. އަދި މިސަރަހައްދުގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ވަރުގަދަކޮށް އެފިކުރު ފެތުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތާލިބާނުން ދެކުނު އޭޝިއާގެ ގައުމުތަކަށް ހަމަލާ ދިނުމަށް ފަސްނުޖެހޭނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތާލިބާނުން ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، އަދި ޕާކިސްތާނަށް ހަމަލާ ދޭން ބޭނުންވާނެ ކަމަށެވެ. މިހާރު މިކަންކަން ކުރުމަށް އެތައް ގުނައަކުން ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން އަފްޣާނިސްތާނުގެ މައްސަލައިގައި އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަސްކަރިއްޔާ ފޮނުވައިގެން ނޫނަސް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ތާލިބާނުން ހަމަލާ ދޭން ބޭނުންވާނެ ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެގެން ހިނގައިދާނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެދިވަޑައިގެންފައިވެއެވެ.

އީވާ ވަނީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ހޯމަ ދުވަހު ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ވަނީ އަފްޣާނިސްތާނު މިހާރުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބަލައި، ކަމާގުޅޭ އިދާރާތަކުން ހަދާފައިވާ ރިސްކު އެސެސްމަންޓް ދެނެގަތުމަށް އެފަދަ ރިސްކް އެސެސްމަންޓެއް ހެދުމަށް ހުށަހަޅުއްވާ ކަމަށެވެ.

މީގެ އިތުރުން އީވާ ވަނީ އަފްޣާނިސްތާނުގައި އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖެއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވެސް ހުށަހަޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް