Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުން

ރަންޔޫބީލްގެ ތީމް ލަވައިގެ ޕްރޮޑަކްޝަނަށް 50،000 ރުފިޔާ

18 އޯގަސްޓު 2021 | ބުދަ 11:14

ޝަރުތު ހަމަވާނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތައް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 އޯގަސްޓު 2021 | ބުދަ 11:14
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރަންޔޫބީލްގެ ތީމް ލަވައިގެ ޕްރޮޑަކްޝަނަށް 50،000 ރުފިޔާ ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނިންމައިފިއެވެ.

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު، އެ އަހަރުގެ ތީމް ލަވައިގެ ޕްރޮޑަކްޝަނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއާ އެކު ޕާޓްނާޝިޕެއް ހަދާފައެވެ. މި ޕާޓްނާޝިޕްގެ ދަށުން ތީމް ލަވަ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއުޒިޝަންސް ޔޫނިއަން އިން މިހާރު ވަނީ ހުޅުވާލާފައެވެ.

މިއުޒިޝަންސް ޔޫނިއަނުން ވަނީ ލަވަ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތައް ކަމަށް ފާހަގަކޮށްފައެވެ. އަދި އެކަކަށް ވުރެ ގިނަ މީހުންނަށް ގުޅިގެން މިކަމަށް ކުރިމަތިލެވޭނެ ކަމަށް ޔޫނިއަނުން ބުނެއެވެ. މި ލަވަ ޕްރޮޑިއުސްކުރުމަށް ހުށަހަޅާއިރު، ތަފާތު ބަހުރުވަތައް ބޭނުންކޮށްގެން އުފެއްދޭ ލަވަތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި މަދުވެގެން 3 ބަސް ހިމެނޭ ލަވަތަކަށް ފުރުސަތު ބޮޑުވާނެ ކަމަށް ޔޫނިއަނުން ބުނެއެވެ. ލަވައިގައި ދިވެހި ބަހުގެ އިތުރުން ރަޝިއާ ބަސް، އަރަބި ބަސް، ސްޕެނިޝް ބަސް އާއި ޖަރުމަނު ބަސް ފަދަ ބަސްތައް ހިމެނޭ ނަމަ ފުރުސަތު ބޮޑުވާނެ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހުށަހެޅޭ ލަވައަކީ މިހާތަނަށް ޕަބްލިޝްކޮށް ނުވަތަ ރިލީސްކޮށްފައިވާ ލަވަޔަކަށް ވެގެން ނުވާނެއެވެ. އަދި އެލަވަޔަކީ ހުށަހަޅާ ފަރާތުގެ ފުރިހަމަ ހައްގެއްކަން ކަށަވަރުވާން ވާނެއެވެ.

ހުށަހެޅޭ ލަވަތަކަކީ ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ތަމްސީލުކުރެވޭ ލަވަތަކަކަށް ވާންވާނެއެވެ. އަދި އެ ލަވައަކީ ޕްރޮމޯޝަނަށް ބޭނުން ކުރެވޭނެ ލަވަޔަކަށް ވާން ޖެހޭނެ ކަމަށާއި މީހުން ގަޔާވާނެ މިއުޒިކަކަށް ވާންވާނެ ކަމަށް މިއުޒިޝަންސް ޔޫނިއަނުން ބުނެއެވެ.

ރަންޔޫބީލްގެ ތީމް ލަވަ އުފެއްދުމާ ގުޅޭ މައުލޫމާތުތައް މިއުޒިޝަންސް ޔޫނިއަނުން މިހާރު ވަނީ ވަރަށް ތަފުސީލުކޮށްއާންމުކޮށްފައެވެ.

ރަންޔޫބީލަށް ތައްޔާރުކުރެވޭ މި ލަވަ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މުޅި އަހަރުގެ ޕްރޮމޯޝަންތަކުގައި ބޭނުން ކުރާނެއެވެ. އެގޮތުން ލޯކަލް އަދި އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މި ލަވަ ބޭނުންކުރެވޭނެއެވެ.

ދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލްޓޫރިޒަމް މިނިސްޓްރީމިޔުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
18 ސެޕްޓެމްބަރު 2023

ރިސޯޓް ކުއްޔާއި ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރޭ، ކުޑަކުރީ ޖޫރިމަނާގެ ރޭޓް: ސަރުކާރު

18 ސެޕްޓެމްބަރު 2023
ރިސޯޓް ކުއްޔާއި ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރޭ، ކުޑަކުރީ ޖޫރިމަނާގެ ރޭޓް: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް