Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ދަތުރުފުޅު

ރައީސް ތ. އަތޮޅަށް ވަޑައިގަންނަވަނީ

މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޯގަސްޓު 2021 | އަންގާރަ 08:10
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ވޭމަންޑޫ، ތ. ވަންދޫ، ތ. ކަނޑޫދޫ އަދި ތ. ގާދިއްފުށި ހިމެނެއެވެ.

Advertisement - newsAdvertisement

3 ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަންނަވާނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި މި 7 ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަށްރަށުގެ މުއައްސަސާތަކަށް ވަޑައިގަންނަވާނެ ކަމަށާއި، އެތަންތަނުގެ ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކައުންސިލަރުން އައްޔަންކޮށް އެ ގާނޫނުގެ ދަށުން ކައުންސިލްތައް ހިނގަމުން ދާއިރު، ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށުން ކައުންސިލްތައް ހިނގަމުން ދިއުމަކީ ރައީސްގެ އަމާޒެއް ކަމަށާއި، މީގެ ކުރިން ވެސް ރައީސް ވަނީ ވާޗުއަލްކޮށް ކައުންސިލްތަކާއި ބައްދަލުކުރައްވާފައި ކަމަށެވެ. އަދި ރައީސްގެ މި ދަތުރުފުޅުގެ އެއް އަމާޒަކީ ކައުންސިލްތަކާ ގާތުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މިވީ ދޮޅު އަހަރުގެ ތެރޭގައި ރައީސް ވަޑައިގެން ބެއްލެވިފައި ނެތުމާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގެ އަނެއް އަމާޒަކީ ތަރައްގީގެ ކަންކަން ގާތުން ބެއްލެވުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ އަތޮޅު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު