Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑުގެ ނުރައްކާ ބޮޑު

ކޮވިޑުގެ ނުރައްކާ ނެތް ކަމަށް ބަލަން އަދި އަވަސް: ޑރ. މަޢުޞޫމް

ސައުތު އޭޝިއާ މީހުން ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 އޯގަސްޓު 2021 | ހޮނިހިރު 17:51
މާލޭގެ ބޮޑުތަކުރުފާނު މަގު

މާލޭގެ ބޮޑުތަކުރުފާނު މަގު

ކޮވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 9 މީހަކު ސައުތު އޭޝިއާއަށް ނިސްބަތްވާ ކަމަށެވެ. މީގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 6 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ މީހަކާއި، ސްރީލަންކާއަށް ނިސްބަތްވާ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހަކު ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވުމާއެކު ކޮވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ކުރާއިރު ވެސް އިންތަކާއި މިންތަކާއި އެއްގޮތަށް މިކަން ކުރުމަށް ސަމާލުވުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ބަންދުކޮށްފައި އޮތުމަށްފަހު އެމީހުންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައިވަނީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ބަންދުކޮށްފައި އޮތީ އެ ސަރަހައްދުގައި ވަރަށް ބޮޑަށް ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާތީއެވެ. މިފަދަ ހާލަތެއްގައި އެސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލްކުރެވިއްޖެ ކަމަށް ބުނެ، މީގެ ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފައެވެ. މިއާއެކު ގިނަ ބަޔަކު އެއްވެގެން ކުރެވޭ ގިނަ ކަންކަން ކުރުމުގެ ފުރުސަތު ފަހިވެފައިވާއިރު، އަދަދު ކަނޑައެޅުމެއް ނެތި, ގިނަ ބަޔަކު އެއްވެ ހަފުލާތައް ބޭއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މީގެ އިތުރުން ކެފޭ/ރެސްޓޯރެންޓުތައް އާންމު ހާލަތުގައި ހުޅުވާ ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

އެޗްޕީއޭމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު